ހައުސިން މިނިސްޓަރު މުއްތަލިބް ނޫސްވެރިންނާއެކު... ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 May 2026 | 14:37
ފްލެޓް އަޅަން އަމިއްލަ ކުންފުނިތަކުގެ ޝައުގުވެރިކަން ވަރަށްބޮޑު: މުއްތަލިބް

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓްތައް އެޅުމަށް އަމިއްލަ ކުންފުނިތަކުގެ ވަރަށްބޮޑު ޝައުގުވެރިކަމެއް ލިބިފައިވާކަމަށް ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއްތަލިބް ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފްލެޓް އެޅުމަށް ހުޅުވާލި ފުރުސަތުގައި ދިވެހި ކޮންޓްރެކްޓަރުންގެ ފަރާތުން ވަރަށްބޮޑު ޝައުފުވެރިކަމެއް ލިބިގެންގޮސްފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާރުވެސް ދިވެހި ކޮންޓްރެކްޓަރުންގެ ފަރާތުން ގާތްގަނޑަކަށް ދިހަހާސް ޔުނިޓު އެޅުމަށްޓަކައި ޕްރޮޕޯސަލްތައް ލިބިފައިވާކަމަށެވެ. އޭގެ ތެރެއިން މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ބައެއް ޕްރޮޕޯސަލްތަކުގައި ސޮއިކުރުމަށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މުއްތަލިބް ވިދާޅުވީ، އެގާރަހާސް ޔުނިޓާއެކު އިތުރު ޔުނިޓްތައް އެޅުމަށް ކުންފުނިތަކާއެކު މިހާރުވެސް މުއާމަލާތްތައް ކުރިއަށްދާކަމަށެވެ. މާލެ ސަރަހައްދުގައި ފްލެޓް އަޅަން ބަލާއިރު، މިހާރު އެންމެ ގިނަވެގެންވެސް އިމާރާތްކުރެވެން އޮތީ ބާރަހާސް ޔުނިޓްކަން މިނިސްޓަރުގެ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގަ ބިން ހުރި ގޮތުން އަޅުގަނޑުމެންނަށް އިމާރާތް ކުރެވޭން އެ އޮންނަނީ މިހާރު ހުރި ބިންތަކުގަ ބާރަ ހާސް ވަރަކަށް ޔުނިޓް. އެހެންނަމަވެސް، ފޭސް ތިނެއްގެ އެއީ އެއާޕޯޓަށް ފްލައިޓްތައް ޖައްސަން އަންނަ ފްލައިޓް ޕާތާވެސް ދިމާވާ ސަރަހައްދަކަށް ވާތީވެ ނެގޭ އުސްމިންތައް ތަފާތުވޭ. އަޅުގަނޑު ކުރިން ސަތާރަ އަށާރަ ފޫޓަށް ނެގޭނެ ކަމަށް ބެލި ބައެއް ބިންތަކުގަ މިހާރު ސާދަ ފޫޓަށް ނެގޭނެ ކަމަށް ސިވިލް އޭވިއޭޝަނުން އެބަ އަންގާފަ. އެހެންވީމަ އަޅުގަނޑުމެންނަށް ހަގީގަތުގަ މިދެންނެވި ދިހަ ހާސް ހަސަތޭކަ ޔުނިޓަށް ވުރެ އިތުރަށް އިމާރާތް ކުރެވޭނެ ބިންތަކެއް މިނިސްޓްރީއަކަށް މިވަގުތުގަ ލިބިފައެއްނެތް

އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް

މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި ފްލެޓް އަޅަން ބިން ލިބުން ދަތިނަމަވެސް އެޗްޑީސީ އާ ވާހަކަދައްކައިގެން ހައުސިންގެ ކަންކަމަށް ބައެއް ބިންތައް ލިބޭތޯ ބަލަމުން އަންނަ ކަމަށެވެ. އަދި ހަމަ އެހެންމެ މާލެއިންވެސް ބައެއް ބިންތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އިސްވެދިޔަ ތަނުގައި ނަގާފައިހުރި ލޯނުތަކުގެ ސަބަބުން ބޯހިޔާވަހިކަމަށް ލޯނު ނެގުމަށް ބޮޑެތި ގޮންޖެހުންތައް ހުރިނަމަވެސް، ތަފާތު މޮޑެލްތައް ބޭނުންކޮށްގެން ގެދޮރޔު އެޅޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ފަންޑްގެ ތެރެއިން މިހާރުވެސް ބޯހިޔާވަހިކަމުގެ ބައެއް ތަންތަނުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، އަމިއްލަ ކުންފުނިތަކަށް ހާއްސަ އިނާޔަތްތަކެއް ހަމަޖައްސައިދީގެން ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.