މިނިސްޓަރު މުއްތަލިބް.. ފޮޓޯ: ޕީއެންސީ
ހަބަރު
07 Feb 2026 | 09:27
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅިޔަނުދޭން އެމްޑީޕީން ވަރަށް މަސައްކަތްކުރި: މުއްތަލިބް

އިދިކޮޅު އެމްޑީޕީން ހދ.ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅިޔަނުދޭން ވަރަށް މަސައްކަތްކުރިކަމަށް މި ސަރުކާރުގެ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ކުޅުދުއްފުށީ ސިޓީ އިންތިހާބް ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބް ވަނީ، ރައީސް ޔާމީނު ދައުރުގައި ކުޅުދުއްފުށީ އެއާޕޯޓް އެޅުމުގެ މަރުހަލާތައް ކުރިއަށްދިޔައިރު، އެމްޑީޕީގެ ފަރާތުން ކުރިމަތިވި ދުއްތުރާތަކުގެ ހަނދާންތައް އާކުރައްވާފައެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް އޭރު ކުރަމުންދިޔަ މަސައްކަތައް ހުރަސްއަޅައި ފިއްތުންތައް ކުރިމަތިކުރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގެ މަސައްކަތްތަކެއް އެމްޑީޕީން ކުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެކަމުގައި އޭރު އެމްޑީޕީގެ އެކި ފަރާތްތަކުން ސަރުކާރުގެ މިނިސްޓަރުންގެ ފަސްފަހަތުން ގޮސްފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުށިން މިއަދު މި ދެކޭ ތަރައްޤީ އައިސްފައިވަނީ އެކްސިޑެންޓަކުން ނޫން ކަމަށައި، މިއީ ކުޅުދުއްފުށީސިޓީ ރައްޔިތުންގެ މިންނަތް މަސައްކަތް ކަމަށެވެ. އެގޮތުން ތަރައްޤީ ގެނައުމަށް އޭރު ސަރުކާރާ އެއްކޮށް ކުޅުދުއްފުށީގެ ރައްޔިތުން ތިބީ ވަރުގަދަ ރޫހެއްގައި ކަމަށާއި، އެއާޕޯޓަކީވެސް އެގޮތުން ތަރައްޤީކުރެވިގެން ދިޔަ ތަނެއްކަމަށެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅަން އުޅުނުއިރު، އެ މަޝްރުޢުގެ މަސައްކަތް ކުރިއަށް ގެންދެވޭނެމަގު ބަންދުކޮށްލުމަށް ގިނަ މަސައްކަތެއް ކުރިކަމަށެވެ.

އެމްޑީޕީގެ ބޭފުޅުން މަސައްކަތް ކުރެއްވީ ރާއްޖެއާ ރާއްޖޭން ބޭރުގައި އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ހުރިހާ މަގެއް ހޯދުމަށްޓަކައި. އަޅުގަނޑުމެންގެ ވަޒީރުންގެ ފަރާތުން ދުނިޔޭގެ އެކި ޖަމިއްޔާތަކުން މީހުން ހިންގާވަރު ކޮށްލި. ރާއްޖޭގެ އެކި ރަށްރަށުގެ ރައްޔިތުން އެކަމަށް ނަފްރަތު ކުރާވަރު ކޮށްލި.

މިނިސްޓަރު ޢަބްދުﷲ މުއްތަލިބް

އިދިކޮޅުން އޭރު އެ މަސައްކަތް ކުރިނަމަވެސް އެކަން ފުރިހަމަ ކުރެވުނީ ކުޅުދުއްފުށީސިޓީ ރައްޔިތުންނާއި ސަރުކާރާއެކު އެއް ފިކުރެއްގައި ތަރައްޤީ ގެނައުމަށް އެއް ރޫހެއްގައި ތިބުމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކޮށް ކުޅުދުއްފުށީ އެއާޕޯޓަކީ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ގެނެސްދޭނެ އެއްޗަކަށް ހަދައިދިނީ މިހާރުގެ ވެރިކަމުގައި އޮތް ޕާޓީގެ ފިކުރުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ސަރުކާރު ހޮވައިފިނަމަ އިހު ލިބުނު ތަރައްޤީ ގެނައުމަށް ފަސޭހަވެގެންދާނޭކަމަށެވެ.

ކުޅުދުއްފުށީ ސިޓީއަކީ ބްލޮކް ގްރާންޓުން ވަރަށް ބޮޑު އަދަދެއް ލިބޭ ސިޓީއެއްކަމަށާއި، އުތުރުގެ އިގްތިސާދީ މައި ނާރެހުގެ ގޮތުގައި މި ރަށަކީ ކައުންސިލަށް ވަރަށް ގިނަ އާމްދަނީ ހޯދޭނެ ފަދަ މަގުތައް ފަހިވެފައިވާ ތަނެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.  އެހެންނަމަވެސް އެކަން ކުރެވޭނީ އެކަމުގެ އިލްމާއި ގާބިލުކަން ހުރި ފަރާތްތަކަށް ކަމަށާއި، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ނިކުމެތިބި ޓީމުގައި ސަރުކާރާ ގުޅިގެން ކަންކަން ކުރުމުގެ ގާބިލްކަން އެބައޮތްކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.