ބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާއެޅުން -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
26 Aug 2026 | 17:30
ބޯހިޔާވަހިކަމަށް ހުށަހެޅި ފޯމްތައް އިސްލާހްކުރަން ދޭ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ފޯމްތައް އިވެލިއުއޭޝަން މަރުހަލާގެ ތެރޭގައި ސައްހަނޫން ފޯމްތައް އިސްލާހްކުރުމަށް ދިން މުއްދަތު 21 ދުވަހަށް އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، މި ބަދަލު ގެނެސްފައިވަނީ ފޯމު ހުށަހެޅި ފަރާތްތަކަށް އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ. މީގެކުރިން ފޯމުތަކުގައިވާ މައްސަލަތައް އިސްލާހުކުރުމަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ނުވަތަ ސައްހަނޫން ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން އިސްލާހުކުރަން ޖެހޭނީ "ހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.

މީގެއިތުރުން، އެޕްލިކޭޝަނާ ގުޅިގެން އަންނަ އެންމެހައި ބަދަލުތަކާއި ފޯމު އިސްލާހުކުރަން ޖެހޭކަމުގެ މައުލޫމާތު، ޕޯޓަލް މެދުވެރިކޮށް އަދި އެސް.އެމް.އެސް މެދުވެރިކޮށް އެޕްލިކަންޓުންނަށް އަންގަމުންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
އެއްގަމު އުޅަނދުފަހަރު ދެން އެންމެ ގިނަވެގެން ދުއްވޭނީ 20 އަހަރުވަންދެން
ބިލުގައިވާ ގޮތުން އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ފުރުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކުރެވޭނެއެވެ
26 Aug 2026
މިސްކިތް ތަރައްޤީކުރުމަށް ސްރީލަންކާ ސަރުކާރުން 10 މިލިއަން ރުޕީސް ދެނީ
މިސްކިތްތައް ތަރައްޤީކުރުމަށް ސަރުކާރުން ފައިސާ ދިނުމަށް ނިންމާފައިވަނީ، ހާއްސަ މުނާސަބާއަކާ ގުޅިވައިގެންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ލަންކާގެ ކަމާބެހޭ ވުޒާރާ އާއި މުސްލިމް ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓް ގުޅިގެންނެވެ.
26 Aug 2026
ފޯމްތައް އިސްލާހްކުރަން ދޭ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި
ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ނުވަތަ ސައްހަނޫން ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން އިސްލާހުކުރަން ޖެހޭނީ "ހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.
26 Aug 2026
މެންޗެސްޓަރ ސިޓީން 86 މިލިއަން ޕައުންޑްގެ އަގަކަށް ބޫއައްދީ ގެންގޮސްފި
މި ޓްރާންސްފާގެ ދަށުން ސިޓީން ދައްކާ ފީގެ ތެރެއިން 81.3 މިލިއަން ޕައުންޑަކީ ކަނޑައެޅިފައިވާ ޢަދަދެއް ކަމަށާއި ބާކީ 4.3 މިލިއަން ޕައުންޑަކީ ބޯނަސް ކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
26 Aug 2026
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި
މީގެ އިތުރުން ޕާޓީގެ ރައީސް، ނައިބު ރައީސް، ޗެއާޕާސަން އަދި ޑެޕިއުޓީ ޗެއާޕާސަނުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަކީ ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަކަމާއެކު އިންސާފުވެރިކޮށް ކަންކަން ކޮށްދޭންޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށް އެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ
26 Aug 2026
ދެވަނަ ދައުރު ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
މިއަހަރުގެ ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް ތާވަލުކުރެވިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ
26 Aug 2026
ޕީއެންސީގެ މެމްބަރުންގެ އަދަދު 71،000 އަށް އަރައިފި
މި އަދަދަށް މެމްބަރުން އިތުރުވި މައިގަނޑު ސަބަބަކީ ސަރުކާރާމެދު ރައްޔިތުންގެ އޮތް އިތުބާރުކަމަށް މުންދު ވިދާޅުވިއެވެ.
26 Aug 2026
ބޭރު ފައިސާ ކަޅު ބާޒާރުގައި ވިއްކުން ކުށަކަށް ހަދާ ބިލު މަޖިލީހުން ފާސްކޮށްފި
އެމްއެމްއޭގެ ރޭޓަށްވުރެ މަތިން ބޭރު ފައިސާ ވިއްކުމާއި އިސްތިހާރުކުރުން ޖިނާއީ ކުށަކަށް ހަދާ ބިލު 47 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކޮށްފިއެވެ.