އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ/ އެމްޑީޕީ
ހަބަރު
22 Sep 2026 | 12:33
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން؛ ބާއްވާނީ ސިޓީ ކައުންސިލް ހޯލުގައި ޓެންޓް ޖަހައިގެން: އެމްޑީޕީ

އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ލާޒިމްކުރާ މި ބޮޑު ބައްދަލުވުން ބޭއްވުމަށް އެކަށީގެންވާ ތަނެއް ސަރުކާރުން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ. އެހެންކަމުން، ކޮންގްރެސް ބޭއްވުމަށް މިހާރު ނިންމާފައިވަނީ މާލެ ސިޓީ ހޯލުގެ ގޮތުގައި އޮތް ހާމަ ބިމުގައި ޓެންޓު ޖަހައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ މި އަމަލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވަހީދު ފާހަގަކުރެއްވި ގޮތުގައި، ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސް ސޯޝަލް ސެންޓަރުގައި ބޭއްވިއިރު، މުޅި އެ ސަރަހައްދު ބަންދުކޮށް، ވަށައިގެން ހުރި ތިން ސްކޫލެއްވެސް ”ހިޞާރުކޮށްގެން“ ކަމަށެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަކަމާއެކު ފުރުސަތު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ އިދިކޮޅު ފަރާތްތަކަށް ޖެއްސުންކޮށް ދަތިކުރަމުންދާ މަންޒަރު ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އަޅުގަނޑުމެންނަށް ކޮންގްރެސް ބާއްވާނެ ތަނެއް ނުދީ، މާލޭގެ ތިން ސްކޫލް ހިސޯރުކޮށްގެން، ސޯޝަލް ސެންޓަރުގައި ކޮންގްރެސް ބޭއްވީ ތިން ސްކޫލް ހިސޯރު ކޮށްގެން. އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންނަށް ވެގެންވީ މިންވަރަކުން ކޮންގްރެސްއާއެކު ކުރިއަށްދާން. 

އިބުރޭ

އަންނަ އޮކްޓޫބަރު މަހުގެ 1 އިން 3 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގައި 980 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

ކޮންގްރެސްގެ އިންތިޒާމުތަކާ ގުޅޭގޮތުން ވަހީދު ވިދާޅުވީ، ބައިވެރިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 20 އިން 25 ގެ ނިޔަލަށް އޮންލައިންކޮށް ހުޅުވާލާފައިވާ ކަމަށެވެ. މީގެއިތުރުން، ކޮންގްރެސްގައި ބައިވެރިވާ މެންބަރުންނަށް ދޫކުރާ ކިޓުތައް ހަވާލުކުރުން މި މަހުގެ 29 އަދި 30 ވަނަ ދުވަހު އެމްޑީޕީގެ މައި ހަރުގޭގައި ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިބްރާހީމް ވަހީދު އިތުރަށް ވިދާޅުވީ، ސަރުކާރުން އެކި ގޮތްގޮތުން ހުރަސްއަޅައި ދަތިކުރި ނަމަވެސް، ޕާޓީގެ އާންމު މެންބަރުންގެ ބޮޑު ތަރުހީބަކާއި އެއްބާރުލުމަކާއެކު ކޮންގްރެސް ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.