މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ ތެޔޮ މަސްދަޅު ވިއްކާ މިންވަރު ކޮންޓްރޯލްކޮށް، ކޮންމެ ކަސްޓަމަރަކަށް އެއް ކޭސް މަސްދަޅު ދޫކުރާ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފިއެވެ.
މިފްކޯއިން ބުނީ ތެއޮ މަސްދަޅު ވިއްކުމަށް ނިންމި އާ އުސޫލުގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް ގަނެވޭނީ ތެޔޮ މަސްދަޅުގެ އެންމެ ކޭހެއް ކަމަށެވެ. އެކުންފުނިން ވަނީ އާންމު ފަރުދުންގެ އިތުރުން ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް ވަނީ ސަޕްލައި ލިމިޓްކޮށްފައެވެ. ނަމަވެސް، މިއީ ހަމައެކަނި ތެޔޮ މަސްދަޅަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެއް ކަމަށް އެކުންފުނިން ބުނެއެވެ.
އަދި މިފްކޯއިން އުފައްދާ އެހެނިހެން އެއްވެސް އުފެއްދުމަކަށް މި ކޮންޓްރޯލްތަކެއް ނޯންނާނެއެވެ. ލިމިޓް ކޮށްފައިވަނީ ހަމައެކަނި "ކޭންޑް ޓޫނާ ޗަންކްސް އިން އޮއިލް" ނުވަތަ ތެޔޮ މަސްދަޅު އެކަންޏެވެ. މިއީ ފަސްމީރު ބްރޭންޑްގެ އެންމެ މަގުބޫލު އެއް އުފެއްދުމެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، މަސްދަޅު އުފެއްދުމުގެ ހަރަދު ބޮޑުކަމަށް މިފްކޯއިން ވަނީ މީގެކުރިން ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists