ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން؛ ފޮޓޯ / ވިކިޕީޑިއާ
ދުނިޔެ
08 Apr 2026 | 13:09
އެމެރިކާ އާއި އީރާނުގެ ސުލްހައިގެ އެއްބަސްވުމުގައި ލުބުނާނު ހިމެނުމަށް ފަރަންސޭސިވިލާތުން ގޮވާލައިފި

އެމެރިކާ އާއި އީރާނުގެ ސުލްހައިގެ އެއްބަސްވުމުގައި ލުބުނާނު ހިމެނުމަށް ފަރަންސޭސިވިލާތުން ގޮވާލައިފިއެވެ.

ފަރަންސޭސިވިލާތުން މިހެން ބުނެފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު އެކުލަވާލާފައިވާ ވަގުތީ ސުލްހައިގެ އެއްބަސްވުމަށް ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން މިއަދު މަރުހަބާ ވިދާޅުވަމުންނެވެ.

މެކްރޮން ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެކެވެ. ނަމަވެސް، މި އެއްބަސްވުމުގެ ދާއިރާ މިހާރަށްވުރެ ފުޅާކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެކްރޮން ބަޔާންކުރެއްވި ގޮތުގައި ލުބުނާނުގެ މިހާރުގެ ހާލަތަކީ ވަރަށް ނާޒުކު ހާލަތެކެވެ. އެހެންކަމުން، އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ތެރޭގައި ލުބުނާނު ވެސް ހިމަނަން ޖެހޭ ކަމަށް ބުނެ އޭނާ ވަނީ ބާރުއަޅުއްވާފައެވެ. ލުބުނާނުގެ މަސްރަހު ހަމައަކަށް ނޭޅި، މުޅި ސަރަހައްދަށް ދާއިމީ ސުލްހައެއް ނާންނާނެ ކަމަށް ފަރަންސޭސިވިލާތުން ދެކެއެވެ.

މިހާރު އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ވަނީ މަގުފަހިވެފައެވެ. މި އެއްބަސްވުމުގައި އިސްރާއީލުގެ މަސްލަހަތުތައް ވެސް ހިމެނޭއިރު، މައިގަނޑު އަމާޒަކީ ސަރަހައްދީ ހަމަލާބަދަލުކުރުންތައް މަދުކުރުމެވެ. އެހެންނަމަވެސް، އިސްރާއީލާއި ލުބުނާނުގެ ހިޒްބުالله ޖަމާއަތާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަށް މި އެއްބަސްވުމުގައި ނުހިމެނޭކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ ދަނީ ބުނަމުންނެވެ.

ފަރަންސޭސިވިލާތަކީ ތާރީޚީ ގޮތުން ލުބުނާނާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށް ވުމާއެކު، އެ ގައުމުގެ ސަލާމަތީ ކަންކަމާ މެދު މެކްރޮން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދިންތާ މާ ގިނައިރެއް ނުވަނީސް އީރާނާއި އެމެރިކާއިން 2 ހަފްތާ ވަންދެން ހަމަލާބަދަލުކުރުން ހުއްޓާލަން އެއްބަސްވެފައިވާކަން އެ ގައުމުތަކުން ވަނީ އިއުލާން ކޮށްފައެވެ. އަދި މި އެއްބަސްވުމުގައި އީރާނުން ކޮށްފައިވާ ޑިމާންޑްތަކާއި ބެހޭ އިތުރު މަޝްވަރާތައް މި 2 ހަފްތާ ތެރޭގައި ކުރިއަށް ދާނެކަމަށް އެމެރިކާއިން ބުނެއެވެ.

ނަމަވެސް، ލުބުނާނުގެ މައްސަލަ މި އެއްބަސްވުމުގެ ތެރެއަށް ވަންނާނެތޯ ނުވަތަ ނޫންތޯ އަދި އޮތީ ސުވާލެއްގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.