ފެނަކަ ކުރީގެ ސީ.އެފް.އޯ މުހައްމަދު ޖިހާދު؛ ފޮޓޯ / ފެނަކަ
ހަބަރު
07 Apr 2026 | 14:08
ފެނަކައިގެ ސީ.އެފް.އޯ މަގާމުން ވަކިކޮށްފި

ފެނަކައިގެ ޗީފް ފައިނޭންޝަލް އޮފިސަރު، މުހައްމަދު ޖިހާދު މަގާމުން ވަކިކޮށްފިއެވެ.

ޖިހާދު މަގާމުން ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ފެނަކަ ސީ.އެފް.އޯ ގެ މަގާމަށް ޖިހާދު އައްޔަނު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގައެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރީ އަބްދުﷲ ވަހީދު ސީ.އެފް.އޯ ގެ މަގާމުން އިސްތިއުފާ ދިނުމަށްފަހުއެވެ.

އިއްޔެއާއި މިއަދު ސަރުކާރުން ވަނީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ގިނަ ބަޔަކު މަގާމުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި، ފެނަކަ އެމް.ޑީ އަދި ޑީ.އެމް.ޑީ ވެސް ހިމެނެއެވެ.

ސަރުކާރުން ޖިހާދު މަގާމުން ވަކި ކުރުމާއި ބެހޭގޮތުން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jul 2026
މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނޯންނާނެ
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
14 Jul 2026
އާޖެންޓީނާ މެޗަށް ރައިސް ފިޓްވާނެކަން އެނގޭނީ އަދި ފަހުން: ޓުޗެލް
ޓުޗެލް ބުނީ ރައިސްގެ ބަލި ހާލަތަށް ހެޔޮ ބަދަލެއް އައިސްފައިވާކަމަށާއި، އާޖެންޓީނާ މެޗަށް ފިޓްވުމުގެ އުއްމީދު ބޮޑުކަމަށެވެ
14 Jul 2026
އެމެރިކާ ވަޢުދާ ޚިލާފުވާނަމަ އީރާނުންވެސް ފުއްދާނެ ވަޢުދެއް ނެތް: އީރާން
އެމެރިކާއިން ފަހިކޮށްފައިވާ ވަޢުދުތަކާ ޚިލާފުވަމުންދާ ކަމަށް ބުނެ، ޕާކިސްތާނުގެ ސެހިކަމުގައި ހެދި އެއްބަސްވުމުގެ ދަށުން ޢަމަލުކުރަން ޖެހޭ ކަންކަން ނުކުރާނެ ކަމަށް އީރާނުން އިންޒާރު ދީފިއެވެ.
14 Jul 2026
ބަންގްލަދޭޝްގެ ފެންބޮޑުވުމުގައި 51 މަރު
ބަންގްލަދޭޝްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ 51 މީހުން މަރުވެފައިވާއިރު 10 ލައްކައަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވެއެވެ. ބޮޑުވަޒީރު ވަނީ ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމަށް އަމުރުކުރައްވާފައެވެ.
14 Jul 2026
މާލެއަށް މިފްކޯ ހިކިމަސް ކާރުޚާނާ
މިފްކޯ އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފިއެވެ. މިއީ މާލެ ސަރަހައްދުގެ ފިހާރަތަކަށް ސީދާ ޚިދުމަތްދިނުމަށް ފެށުނު ފެށުމެކެވެ.
14 Jul 2026
ހިމަބިހީގެ ކޭސްތައް 144 އަށް
ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 23 ކޭސް ފެނި، މިއަހަރު ޖުމުލަ އަދަދު 144 އަށް އަރައިފިއެވެ. މިހާތަނަށް 7100 ފަރާތަކަށް ވެކްސިން ދެވިފައިވެއެވެ.
14 Jul 2026
މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން އޮފީހެއް ހެދީ އެންމެން ގުޅިގެން މަސައްކަތްކުރަން: ސައީދު
މިނިސްޓަރު ސައީދު ވިދާޅުވީ، މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އޮފީހެއް ގާއިމްކުރީ މިހާރު ހުރި ސިސްޓަމްގެ ތެރެއިން ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް ކަމަށެވެ
14 Jul 2026
އިސްލާޙްތަކާއެކު ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް މަޖިލީހުން ފާސްކޮށްފި
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ފާސްކޮށްފައިވަނީ ހާޒިރުވި 58 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވައެވެ.