މިނިސްޓަރ އޮފް ހެލްތު، އަބްދުﷲ ނާޒިމް / ފޮޓޯ؛ ރައީސް އޮފީސް
ހަބަރު
09 Apr 2026 | 15:19
އާސަންދަ ލިބޭގޮތަށް އެހެން އެއާޕޯޓްތަކުންވެސް ބޭރަށް ފުރޭގޮތް ހަދަން މަޝްވަރާކުރެވެންޖެހޭ: ނާޒިމް

އާސަންދަ ލިބޭގޮތަށް އަތޮޅުތެރޭގެ އެއާޕޯޓްތަކުން ބޭރަށް ފުރޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަޝްވަރާ ކުރެވެން ޖެހޭކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްގެ ނޫސްވެރިޔާ ވަނީ، އާސަންދައިގެ ދަށުން އަތޮޅުތެރޭގެ އިންޓަރނޭޝަނަލް އެއާޕޯޓްތަކުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ނުދެވޭތީ އެކަން ފާހަގަކޮށްފައެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، އާސަންދައިގެ ދަށުން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އިންޓަރނޭޝަނަލް އެއާޕޯޓްތަކުން ފުރޭގޮތް ހެދުމުގެ ސިޔާސަތެއް އެކުލަވާލުމަށް ކަމާބެހޭ ފަރާތްތައް އެކުވެ މަޝްވަރާތައް ބޭއްވުން އެއީ ވަރަށް މުހިންމު ކަމެއްކަމަށް ފާހަގަކުރައްވާފައެވެ. 

އެއީ އަޅުގަނޑު ހިތުން ހެލްތު މިނިސްޓަރު އެކަނި މިތަނުގައި ހުރެފަ ދެވޭނެ ޖަވާބެއް ނޫން، އެއަށްވުރެ ބްރޯޑް ސުވާލެއް، ވަރަށް ރަނގަޅު ހިޔާލުފުޅެއް ތިދެއްވީ ޕޮލިސީ ލެވެލްގަ ޑިސްކަސް ކުރަން. އެއާ ގުޅޭ އެހެނިހެން ޓްރާންސްޕޯޓާއި، އާސަންދަ، ސޯޝަލްލް މިނިސްޓްރީ އާއި މިހުރިހާ ފަރާތްތަކެއް، ނުވާ ވަރުގެ ކަމެއް ނޫން ދެއްތޯ؟ އެހެންވީމަ ޑިސްކަސް ކުރަން ރަނގަޅު ޓޮޕިކެއް

މިނިސްޓަރު ނާޒިމް 

މިހާރު އުސޫލްތައް އޮންނަގޮތުން އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާކުރުމަށް މާލީ އެހީތެރިކަން ލިބެނީ ވެލާނާ އިންތަރނޭޝަނަލް އެއާޕޯޓުން ކުރާ ދަތުރުތަކަށެވެ. އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ދެ އެއާޕޯޓަކުން ދިވެހިން އާސަންދައިގެ ދަށުން ބޭސްފަރުވާ ހޯދުމަށް ދާ ދެ ޤައުމަކަށް އިންޓަރނޭޝަނަލް ޝެޑިއުލް ދަތުރުތައް ކުރެެވެ. 

އެގޮތުން ގަން އިންޓަރނެޝަނަލް އެއާޕޯޓުން ސްރީލަންކާއަށް ޝެޑިއުލް ދަތުރުތައް ކުރާއިރު، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުން އިންޑިއާއަށް އުދުހުންތައް ބާއްވައެވެ. ނަމަވެސް އެ ދެ އަތޮޅުގެ ރައްޔިތުންވެސް އާސަންދައިގެ ދަށުން ބޭސްފަރުވާ ހޯދަން ރައްޖެއިން ބޭރަށް ފުރަން ދާންޖެހެނީ ވެލާނަ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. 

އާސަންދައިގެ ދަށުން އައްޑޫ ގަން އަދި ހަނިމާދޫ އެއާޕޯޓުން ބޭރަށް ނުފުރޭ މައްސަލައަކީ އެ ސަރަހައްދުތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއަކަށް ވެފައި އޮންނަ މައްސަލައެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ