ދިވެހި ފުލުހުންގެ ހިދުމަތް؛ ފޮޓޯ / ވޮއިސް
ހަބަރު
06 Apr 2026 | 17:27
އެންޓި ސްކޭމް ސެންޓަރުގެ ފުރަތަމަ އަހަރު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރު އުފެއްދި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރު ވުޖޫދަށް އައުމަށްފަހު އެތަނުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ އެ ސެންޓަރުގެ ހިދުމަތް ދޭންފެށިފަހުން ކާމިޔާބުކަމާއެކު ސްކޭމްތަކާ ގުޅޭ މައްސަލަތައް ބަލަމުން އަންނަކަމަށެވެ. މިދިޔަ އަހަރުގެ މާޗްމަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ އެދުވަހާ ހަމަޔަށް އެންޓި ސްކޭމް ސެންޓަރަށް ޖުމްލަ 2،259 މައްސަލަ ވަނީ ހުށަހަޅާފައެވެ. އެ މުއްދަތުގައި ސްކޭމްތަކުގެ ސަބަބުން ޖުމުލަ 27,564,410 ރުފިޔާ ގެއްލިފައިވެއެވެ. މީގެ ތެރެއިން މިހާތަނަށް 10,190,879 ރުފިޔާ އަނބުރާ ހޯދުނުކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މިހާތަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 785 މައްސަލައެއް ހައްލުކުރެވިފައިވާއިރު، ސްކޭމްތަކާ ގުޅުންހުރި 3,852 ބޭންކިން އެކައުންޓް ފްރީޒްކޮށްފައިވާކަމަށެވެ. އަދި މި މައްސަލަތަކާ ގުޅިގެން 36 މީހަކު ހައްޔަރުކޮށް، ސްކޭމް ހިންގުމަށް ބޭނުންކުރި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 235 ނަންބަރަކާއި 452 ޑިވައިސެއް ބްލޮކްކޮށްފައިވާކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ހުށަހެޅޭ މައްސަލަތަކުގެ %50 އަކީ އީ-ކޮމާރސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި މައްސަލަތަކެވެ.

ފޔުލުހުން ބުނީ އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތްތައް ޤާނޫނީ އޮނިގަނޑެއްގެ ދަށުން ބައްޓަން ކުރެވިފައިވުމަކީ، ބޭންކުތަކާއި މާލީ އިދާރާތަކާއެކު ސީދާ މުއާމަލާތްކޮށްގެން އަވަސް ފިޔަވަޅުތައް އެޅުމަށް ލިބުނު ބޮޑު ފަސޭހައެއް ކަމަށެވެ. ނަމަވެސް، ސްކޭމް ކުރާ ފައިސާ ރާއްޖެއިން ބޭރުގެ ބޭންކުތަކަށް ފޮނުވުމަކީ ފައިސާ އަނބުރާ ހޯދުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ. މީގެ އިތުރުން، މައްސަލަ ރިޕޯޓު ކުރުން 48 ގަޑިއިރަށްވުރެ ލަސްވުމަކީވެސް ފައިސާ ހޯދުމަށް އޮތް ހުރަހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.