އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް؛ ފޮޓޯ / ރިއުޓާސް
ދުނިޔެ
06 Apr 2026 | 10:50
ހޯރްމުޒް ކަނޑުއޮޅީގެ "ތަޅުދަނޑި" ގެއްލިއްޖެ ކަމަށް ބުނެ އީރާނުން ޓްރަމްޕަށް މަލާމާތްކޮށްފި

ޓްރަމްޕް އެދިވަޑައިގަންނަވާ ގޮތަށް ކަނޑުއޮޅި ހުޅުވަން ބޭނުންވި ނަމަވެސް، އެތަން ހުޅުވަން ބޭނުންވާ "ތަޅުދަނޑި" މިވަގުތު އޮތީ ގެއްލިފައި ކަމަ ޒިމްބާބްވޭގައި ހުންނަ އީރާނުގެ އެމްބަސީއިން ޓްރަމްޕްއަށް މަލާމަތްކޮށް ބުނެފިއެވެ.

މިއީ ސީދާ ޓްރަމްޕްގެ ސިޔާސަތުތަކަށާއި އޭނާ ކުރައްވާ އަމުރުތަކަށް ގޮންޖަހައި، ބައިނަލްއަޤްވާމީ މައިދާނުގައި އެމެރިކާގެ ނުފޫޒު ކުޑަކޮށްލުމަށް ދިން ބަހުގެ ހަމަލާއެކެވެ. އީރާނުން މިމޭރުމުން ވާހަކަ ދެއްކީ ހޯރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެގައުމުގެ އަތްމަތީގައި އޮތްކަން ހަނދާންކޮށްދެމުންނެވެ.

ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ ހޯރްމުޒް ކަނޑުއޮޅިއަކީ ސްޓްރެޓީޖިކް ގޮތުން ނުހަނު މުހިންމު ސަރަހައްދެކެވެ. ޓްރަމްޕް ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް އެއްވެސް ހުރަހެއް ނެތި ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. ނަމަވެސް އީރާނުން ދެކޭގޮތުގައި އެމެރިކާއިން އެ ސަރަހައްދުގެ ކަންކަމާ ބެހުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ.

ޒިމްބާބްވޭގައި ހުންނަ އީރާނުގެ އެމްބަސީއިން ކުރި ޕޯސްޓް

މި "ޖޯކު" ނުވަތަ މަލާމާތުގެ ރައްދާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ބައެއް މީހުން ވިދާޅުވާ ގޮތުގައި އީރާނުން މިފަދަ އުސްލޫބެއް ބޭނުންކުރީ އެމެރިކާގެ ޑިޕްލޮމެސީއަކީ އެއްވެސް ބުރަދަނެއް ނެތް ކަމެއްކަން ދެއްކުމަށެވެ. އަދި ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ބާރު އީރާނަށް ލިބިގެންވާކަން މި ޖުމްލައިން ދޭހަވާ ކަމަށްވެސް އެފަރާތްތަކުން ފާހަގަކުރެއެވެ.

އެމެރިކާގެ ވައިޓް ހައުސްއިން މިހާތަނަށް އީރާނުގެ މި ވާހަކަތަކަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، ޓްރަމްޕްގެ ސަރުކާރުން އަބަދުވެސް ބުނަމުންދަނީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް ބޭނުންވާ ކޮންމެ ފިޔަވަޅެއް އެމެރިކާއިން އަޅާނެ ކަމަށެވެ. 

ކަނޑުއޮޅީގެ ތަޅުދަނޑި "ގެއްލިފައި" ވާކަމަށް ބުނެ އީރާނުން ދެއްކި ވާހަކައަކީ ކުރިއަށް އޮތް ތަނުގައިވެސް އެމެރިކާއަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިޝާރާތެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.