އަޙްމަދު އާހިލް ސަޢީދު
އިންޓަރން ލިޔުންތެރިއެއް
އަޙްމަދު އާހިލް ސަޢީދު
02 May 2026
މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި
ރާއްޖެއަށް ހުޅަނގު މޫސުން މިހާރު ފެށިފައިވާއިރު، އެމްއެންޑީއެފް އިން ދަނީ މާލެއަށް ވިއްސާރަ ކުރާ ކޮންމެ ފަހަރަކުވެސް ފެން ހިންދުމަށްޓަކައި ޕަމްޕު ޖަހައިގެން މަސައްކަތް ކުރަމުންނެވެ.
02 May 2026
ހދ. އަތޮޅުން ގދ. އަތޮޅަށް ބޯކޮށް ވާރޭވެހޭނޭކަމަށް ލަފާކޮށް ހުދު ސަމާލް
މެޓް އޮފީހުން ލަފާކުރާ ގޮތުގައި، މިއަދު މެންދުރު 14:00 އިން ފެށިގެން 20:00 އަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައި
02 May 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން 2 މީހުން ހައްޔަރުކޮށްފި
ހައްޔަރުކޮށްފައި ވަނީ ނ. މާފަރު / އަނޫޝާހައުސް، ޢަލީ ފައިޞަލް އާއި ހއ. އުތީމު / ރޭނިގެ، މުޙައްމަދު ރާމިޒް
02 May 2026
އީރާން ހަނގުރާމަ ނިމިއްޖެ ކަމަށް ވައިޓް ހައުސްއިން ކޮންގްރެސްއަށް އަންގައިފި
މި ނިންމުން އައިސްފައިވަނީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިތާ 60 ދުވަސް ފަހުން، އިއްޔެ
02 May 2026
ޓޮޓެންހަމް ޕްރިމިއާ ލީގުން ރެލިގޭޓްވުމުގެ ބިރު ބޮޑުވެއްޖެ
މިވަގުތު ތާވަލުގެ 18 ވަނައިގައި ޓޮޓެންހަމް އޮތްއިރު، މިއީ ލީގުން ވަކިވާންޖެހޭ ތިން މަގާމުގެ ތެރެއިން އެއް މަގާމެވެ. ޖުމްލަ 34 މެޗު ކުޅެފައިވާއިރު އެ ޓީމަށް މިހާތަނަށް ލިބިފައިވަނީ އެންމެ 34 ޕޮއިންޓެވެ.
02 May 2026
އިންތިހާބު ބޭއްވުމަށް ރައީސް ނަޝީދުގެ ޓީމުން ފައިސާ އެއްކުރަން ފަށައިފި
މި މަސައްކަތް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން އިސްނަގައިގެން ފެށީ، އިއްޔެ ޕާޓީގެ ވަގުތީ ޗެއަރޕާސަން ޤަފޫރު މިވަގުތު އިންތިހާބެއް ބޭއްވުމަށްޓަކައި ޕާޓީގައި ފައިސާ ނެތުމުގެ ސަބަބުން އިންތިހާބު ފަސްކުރުމަށް ހުށެހެޅުމުން
02 May 2026
އެމެރިކާގެ ބާރުގެ ދަށަށް ކިއުބާ ގެންދާނަން: ޓްރަމްޕް
ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރީ މަނަވަރުތައް ކިއުބާގެ އައްސޭރިފަށަށް ފޮނުވާނެ ކަމުގެ އިޝާރާތެއް ކޮށްފައީ
01 May 2026
އިތުރު ގަޑީ ފައިސާ މައްސަލާގައި ޓީޗަރުންގެ ކަންބޮޑުވުން
ހިނގާލުމުގައި ޝުއޫރު ފާޅުކުރި ބައެއް ފަރާތްތަކުން ވަނީ، އިތުރު ގަޑިތަކުގައި މަސައްކަތް ކުރި ނަމަވެސް، ޓީޗަރުން ކުރާ މަސައްކަތައް އެކަށީގެންވާ ގޮތެއްގައި މުސާރަ ނުލިބޭކަން ފާހަގަކޮށްފައި
30 Apr 2026
ވަޒީރު އަލީ އިހްސާނަށް ވޯޓު ދިނީ ތާއިދުކުރާތީއެއް ނޫން؛ އެއީ ހެދުނު ގޯހެއް: މުހައްމަދު އިބްރާހިމް
ކުޑޫ ވިދާޅުވި ގޮތުގައި، އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓުގައި ހޯމް މިނިސްޓަރ އަލީ އިހުސާނަށް ވޯޓު ދިނުމުގައި އޭނާއަށް ހެދުނީ ވަރަށް ބޮޑު ގޯހެކެވެ. އަދި އޭނާ ވަނީ އެކަން ގަބޫލުކުރާ ކަމަށްވެސް ވިދާޅުވެފައެވެ. މީގެ އިތުރުން ކުޑޫ ވިދާޅުވީ، އެ ވަގުތު އެކަމާ މެދު އެންމެ ފުންކޮށް ނުވިސްނާ އަމަލުކުރެވުނީތީ، އެކަމަށްޓަކައި އޭނާ އިޚުލާޞްތެރިކަމާއެކު މާފަށް އެދޭކަމަށެވެ. އެގޮތުން، އެއީ ބަލައިގަންނަން އުނދަގޫ ކަމެއްކަން އޭނާ އަށް އެނގިވަޑައިގަންނަވާކަން ވެސް އޭނާ ވިދާޅުވިއެވެ. ކުރިޔަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނޭގޮތަށް އަމަލުތައް ބަހައްޓާނޭ ކަމުގެ ޔަޤީންކަން ކުޑޫ ވަނީ އަރުވާފައެވެ.
30 Apr 2026
ބޮޑެތި ގައުމީ މައްސަލަތަކުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާ ކުރާނަން: މީކާއިލް
އިއްޔެ އެމްޑީޕީ ޕީޖީ ގްރޫޕްގެ ގިނަ މެންބަރުން ވަޒީރު އިހްސާނަށް ރުހުން ދެއްވުމުން މީކާއިލް ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް، މީކާއިލްގެ ޗެއަރޕަރސަންކަމުގައި، ވަޒީރުންނަށް ރުހުން ދިނުންފަދަ ބޮޑެތި ގައުމީ މައްސަލަތަކުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާ ކުރާނެކަމަށެވެ.
30 Apr 2026
ޔޫއޭއީން އާސަންދައިގެ ހިދުމަތް ދޭން ވަރަށް އަވަހަށް ފަށާނެ: ތަރުޖަމާނު
މުންދު ވިދާޅުވީ މާ ލަހެއްނުވެ ޔޫއޭއީން އާސަންދައިގެ ހިދުމަތް ފަށާނޭކަމަށް
30 Apr 2026
އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ހާދިސާތައް ރިޕޯޓްކުރުމުގައި ޒިންމާދާރުވުމަށް އިލްތިމާސްކޮށްފި
މި އިރުޝާދުތަކަކީ ނޫސްތަކާއި، އެޑިޓަރުން އަދި ނޫސްވެރިން މިފަދަ ހައްސާސީ މައުލޫމާތުތައް ފެތުރުމުގައި ޒިންމާދާރުކަން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން އެކުލަވާލާފައިވާ އުސޫލުތަކެއްކަން އެ އިދާރާތަކުން ފާހަގަކުރެއެވެ.
30 Apr 2026
އަރިދަފުސް ރޯގާ އިތުރުވަމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އެދިއްޖެ
އެޗްޕީއޭއިން މިހެން އިލްތިމާސްކޮށްފައިވަނީ، މިދުވަސްވަރު އަރިދަފުސް ރޯގާގެ ކޭސްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިތުރުވެފައިވާތީ، މިއަދު އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓަކުންނެވެ.
30 Apr 2026
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ދަށަށް
ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އިން މިއަދު ނެރުނު ނޫސްވެރިކަމުގެ އިންޑެކްސް ރާއްޖެ ވަނީ 2025 ވަނަ އަހަރު އޮތް 104 ވަނަ ދަރަޖައިން 108 ވަނަ ދަރަޖައަށް ވެއްޓިފައެވެ. މީގެ އިތުރުން ރާއްޖޭގެ ސްކޯވެސް ވަނީ 2025 ވަނަ އަހަރު ހުރި 52.46 އިން 49.23 އަށް ވެއްޓިފައެވެ.
30 Apr 2026
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ އާ ޕްލޭންތަކެއް ޓްރަމްޕަށް ހުށަހަޅަނީ
އެކްސިއޯސް ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޑްމިރަލް ކޫޕަރ ހުށަހަޅުއްވާ ޕްލޭންތަކުގެ ތެރޭގައި އީރާނާ ދެކޮޅަށް އަސްކަރީ ގޮތުން ހަރަކާތްތެރިވެވިދާނެ އާ ގޮތްތަކާއި، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތަކުގެ ތަފްސީލު ހިމެނޭނެ ކަމަށް ބެލެވެއެވެ.
30 Apr 2026
އިންޑިއާ ރުޕީސްގެ އަގު ރިކޯޑް އަދަދަކަށް އަނެއްކާވެސް ވެއްޓިއްޖެ
ބައިނަލްއަގުވާމީ ބާޒާރުގައި ޑޮލަރެއްގެ އަގު 95.31 ރުޕީސްއަށް މިއަދު ވަނީ އަރާފައެވެ. މިއީ މިހާތަނަށް އިންޑިއާގެ ފައިސާގެ އަގު މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
30 Apr 2026
ބެންގަލޫރުގައި ބޯކޮށް ވާރޭވެހި ހޮސްޕިޓަލް ފާރެއް ވެއްޓި 7 މީހުން މަރުވެއްޖެ
މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރައި ކޮޅިގަނޑެއް އައި ވަގުތެއްގައެވެ. މޫސުމާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، އިރުއޮއްސި 5:30 އާ ހަމައަށް އެ ސިޓީއަށް 78.0 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ފާރު ވެއްޓުނު ވަގުތު، ވާރޭއިން ސަލާމަތްވުމަށްޓަކައި މަގުމަތީގައި އުޅުނު ގާޑިޔާ ވިޔަފާރިވެރިންނާއި ހިނގާފައި ދިޔަ ގިނަ ބަޔަކު އެ ފާރު ކައިރީގައި މަޑުކޮށްގެން ތިއްބެވެ.
30 Apr 2026
ރޮނާލްޑޯ އާއި ކޯމަންގެ ލަނޑުތަކާއެކު އަލް ނަސްރުން އަލް އަހްލީ ބަލިކޮށްފި
އަލްއައްވަލް ޕާކްގައި ކުޅުނު މި މެޗުން މޮޅުވުމާއެކު، ތާވަލުގެ އެއްވަނައިގައި އަލް ނަސްރުން އޮތް ލީޑު ވަނީ އިތުރަށް ފުޅާކޮށްފައެވެ.
29 Apr 2026
ފުލުހުންގެ ތަހުގީގީ މިންގަނޑު ކަނޑައެޅުމުގެ އިހްތިޔާރެއް ނެތް: އެމްއެމްބީސީ
އެމްއެމްބީސީން ބުނި ގޮތުގައި، ފުލުހުންގެ ހިދުމަތުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ އިހްތިޔާރު އެމްއެމްބީސީއަށް ލިބިގެނެއް ނުވެއެވެ. އެގޮތުން އެމްއެމްބީސީން ވަނީ، މީޑިއާތަކުން އާންމުކުރާ ކޮންޓެންޓާއި ގުޅުހުންހުރި މައްސަލަތައް ބަލައި ތަހުގީގު ކުރުމާއި އިދާރީ ފިޔަވަޅު އަޅަން ޖެހިއްޖެ ހިނދެއްގައި އެކަންތަންފީޒު ކުރުމުގެ ޒިންމާ އަދާކުރާނެ ކަމަށް ބުނެފައެވެ.
29 Apr 2026
ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފި
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މަހޭސް އިންދިރާޖިތް ސިލްވަ (42އ) އާއި ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަގެ (48އ) އާއި މަންޖުލަ ކުމަރަ ރަތްނަޔަކެ މުޑިޔަންސެ (50އ) އެވެ. މި ތިން މީހުންނަކީ ވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުންކަން ފުލުހުން މައުލޫމާތު ދެއެވެ.
29 Apr 2026
އަދަދު ނޫހުން ކުރަމުން އެދަނީ ސިޔާސީ މަސައްކަތެއް: މިނިސްޓަރ ޝިޔާމް
މިނިސްޓަރ ޝިޔާމް ވިދާޅުވި ގޮތުގައި، އަދަދު ނޫހުން މީގެ ކުރިން ވާނީ އޮން އެއަރގަ އެއީ ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރާ ނޫހެއް ކަމުގައި "ޑިކްލެއަރ" ކޮށްފައެވެ. އަދި ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، އަދަދު ނޫހުން މިހާރު ކުރަމުންދަނީ ސިޔާސީ މަސައްކަތެކެވެ.
29 Apr 2026
މިއަދުން ފެށިގެން ދިވެހީންނަށް ވިސާއަކާއި ނުލައި އަޒަރުބައިޖާނުގައި 90 ދުވަހަށް ހުރެވޭނެ
ކުރިން އޮތް އެއްބަސްވުމުގެ ދަށުން، އަޒަރުބައިޖާނުގައި ވިސާއަކާއި ނުލައި ހުރެވޭނީ ހަމައެކަނި ދެވެހި އޮފިޝަލް ނުވަތަ ޑިޕްލޮމެޓިކް ޕާސްޕޯޓް ހުންނަ ފަރާތްތަކަށެވެ. ނަމަވެސް، މި އާ އުސޫލުގެ ދަށުން ދިވެހި ޕާސްޕޯޓު އޮންނަ ކޮންމެ މީހަކަށްވެސް އަޒަރުބައިޖާނަށް އެތެރެވާ ތާރީޚުން ފެށިގެން 90 ދުވަހުގެ މުއްދަތަށް އެ ގައުމުގައި މަޑުކުރެވޭނެއެވެ.
29 Apr 2026
ހޯސޭ މޮރީނިއޯ އަލުން ރެއާލް މެޑްރިޑާ ގުޅުމުގެ ފުރުސަތު ބޮޑުވެއްޖެ
މި ރިޕޯޓްތައް އަންނަން ފެށީ، ރެއާލް މެޑްރިޑްގެ ކޯޗުކަމުން އެލޮންސޯ އިސްތިއުފާ ދިނުމުން، އެ ޓީމު އޭނާގެ ބަދަލުގައި ކޯޗުކުރަމުންދިޔަ އަރަބިއޯލާގެ ބަދަލުގައި ކޯޗެއް އައްޔަނުކުރުމަށް ރެއާލް އިން ނިންމުމުންނެވެ.
29 Apr 2026
އިންފްލުއެންޒާ ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އެދިއްޖެ
އިންފްލުއެންޒާ ފެތުރެމުންދާތީ އެޗްޕީއޭއިން ވަނީ ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމުށާއި، ބަލީގެ އަލާމަތް ހުރިނަމަ މީހުން ގިނަ ތަންތަނުގައި މާސްކް އެޅުމާއި، ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމުގެ އިތުރުން، ބަލިވެއްޖެނަމަ ގިނަގިނައިން ދިޔާ އެއްޗެހި ބުޔުމަށާއި، ބަލި އިތުރަށް ގޯސްވާނަމަ ސިއްހީ އެހީ ހޯދުމަށް އިލްތިމާސްކޮށްފައެވެ.
29 Apr 2026
ޓްރަމްޕްގެ ފޮޓޯ ޖެހި ޕާސްޕޯޓް ދޫކުރަނީ
މިކަން ހާމަކުރައްވަމުން އެ އިދާރާގެ އޮފިޝަލަކު އަންގާރަ ދުވަހު ވިދާޅުވީ، ވޮޝިންގޓަން ޕާސްޕޯޓް އެޖެންސީއަށް ހާޒިރުވެގެން ޕާސްޕޯޓް އާކުރާ ފަރާތްތަކަށް ދޫކުރާ މައިގަނޑު ޕާސްޕޯޓަކީ މިއީ ކަމުގައި ވެގެންދާނެ ކަމަށެވެ. ނަމަވެސް އޮންލައިންކޮށް ނުވަތަ އެހެން ސަރަހައްދުތަކުން ޕާސްޕޯޓް ހައްދާ ފަރާތްތަކަށް އަދިވެސް ލިބޭނީ މިހާރުވެސް ބޭނުންކުރަމުންދާ ޕާސްޕޯޓެވެ.
29 Apr 2026
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، ޓްރަމްޕަށް ހޫނު ރައްދެއް ދެއްވައިފި
މި ހަފްލާ ތެރޭގައި ވާހަކަފުޅު ދައްކަވަމުން ރަސްގެފާނު ޗާލްސް ވަނީ، މީގެ ކުރިން ރައީސް ޓްރަމްޕް ދައްކަވާފައިވާ ވާހަކަފުޅަކަށް އިޝާރާތް ކުރައްވާފައެވެ. އެގޮތުން، އެމެރިކާގެ އެހީތެރިކަން ނެތްނަމަ ޔޫރަޕްގެ ގައުމުތަކުގައި މިއަދު ވާހަކަ ދައްކާނީ ޖަރުމަނު ބަހުން ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ބަހަށް ރަސްގެފާނު ރައްދު ދެއްވިއެވެ. އެގޮތުން ރަސްގެފާނު ޓްރަމްޕަށް ރައްދު ދެމުން ވިދާޅުވީ، އިނގިރޭސިވިލާތުގެ އެހީތެރިކަން ނެތްނަމަ އެމެރިކާގެ ރައްޔިތުން މިއަދު ވާހަކަ ދައްކާނީ ފަރަންސޭސި ބަހުން ކަމަށެވެ.
29 Apr 2026
އައްޑޫ ފޭދޫ ސްކޫލްގައި އަލިފާން ރޯވެއްޖެ
މި ސްކޫލްގައި ޖުމްލަ 503 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު، 68 މުދައްރިސުންގެ އިތުރުން ސަރުކާރުގެ 26 މުވައްޒަފަކު މި ތަނުގައި މަސައްކަތް ކުރެއެވެ.
29 Apr 2026
5-4 ގެ ނަތީޖާއަކުން ބަޔާންގެ މައްޗަށް ޕީއެސްޖީން ކުރިހޯދައިފި
ރޭ ފްރާންސްގެ ޕެރިހުގައި ހުންނަ ޕާކް ޑެސް ޕްރިންސަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ސެމީ ފައިނަލެއްގެ ފުރަތަމަ ލެގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ފެނިގެންދިޔަ މެޗެވެ.
29 Apr 2026
އަނގަމަތި ނިވާކޮށްގެން ޒުވާބުކުރާ ކުޅުންތެރިންނަށް ރަތް ކާޑު ދައްކަނީ
މި އާ ގަވާއިދު ތައާރަފްކުރަން ނިންމީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވި ގޮތުގައި، ކުޅުންތެރިއަކު ކަމެއް ފޮރުވަން ނޫޅޭނަމަ ވާހަކަ ދައްކާއިރު އަނގަމަތީގައި އަތްއަޅަން ނުޖެހޭނެ ކަމަށާއި، މިގޮތަށް އަތްއަޅައިގެން ދައްކާ ވާހަކައަކުން ނަސްލީ ތަފާތުކުރުމުގެ މައްސަލައެއް ނުކުމެއްޖެނަމަ އެ ކުޅުންތެރިއަކަށް ވަގުތުން ރަތް ކާޑު ދައްކަން ޖެހޭނެއެވެ.
27 Apr 2026
އިސްރާއީލުން ޣައްޒާއަށް ހަމަލާދީ، ކުޑަކުއްޖަކު ޝަހީދުކޮށްލައިފި
މި ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 15 އަހަރުގެ އަހްޔަމް އަލް އޮމާރީ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.