ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް؛ ފޮޓޯ / އޭޕީ
ދުނިޔެ
24 Sep 2026 | 19:17
ޗައިނާއާއި އެމެރިކާއިން އޭއައިއާ ބެހޭ ފުރަތަމަ މަޝްވަރާތައް ބާއްވައިފި

ޗައިނާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން އެ ޤައުމާއި އެމެރިކާގެ އިސް ވިޔަފާރި މަންދޫބުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ރަސްމީ މަޝްވަރާތަކެއް ބާއްވާފައިވާކަން މިއަދު ކަށަވަރުކޮށްދީފިއެވެ.

އެ ވުޒާރާގެ ތަރުޖަމާނު ހީ ޔާޑޮންގް ނޫސްވެރިންނަށް ވިދާޅުވީ ދެ ފަރާތުން ޓެރިފް ދަށްކުރުމާއި މިދިޔަ އޮކްޓޫބަރު މަހު ކުއާލަ ލަމްޕޫރުގައި ވެވުނު ވިޔަފާރީގެ އެއްބަސްވުން ދެމެހެއްޓުމާ ބެހޭ ގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. މި މަޝްވަރާތައް ހިނގީ ޗައިނާގެ ނައިބު ބޮޑުވަޒީރު ހީ ލީފެންގް އާއި އެމެރިކާގެ ޓްރެޝަރީ ސެކެޓރީ ސްކޮޓް ބެސެންޓާ ދެމެދު ނިއުޔޯކުގައި މި ހަފުތާގެ ސަމިޓަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެމެރިކާއަށް ވަޑައިގެންނެވި ދުވަހު ބެސެންޓް ބުނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރުގައި ވެވުނު ވިޔަފާރީގެ ހަމަނުޖެހުން މެދުކަނޑައިލުމުގެ އެއްބަސްވުން ޖެނުއަރީ އާ ހަމައަށް ދެމެހެއްޓުމަށް ދެ ޤައުމުން އެއްބަސްވި ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ޓެރިފް ދަށްކޮށް ސެމީކޮންޑަކްޓަރާއި ދިފާޢީ ސާމާނު އަދި ގޭބީސީ ތަކެތީގައި ބޭނުންކުރާ ރެއާ އާތް މެޓީރިއަލް އެކްސްޕޯޓުކުރުން ޗައިނާއިން ހިފެހެއްޓި މިންވަރު ކުޑަކުރެވުނެވެ. ހަމައެއާއެކު ހަފުތާގެ ކުރީކޮޅު ބެސެންޓް ބުނީ އޭއައިއާ ގުޅޭ ރިސްކުތައް ދެ ފަރާތުން ދެ ފަރާތަށް ހިއްސާކުރެވޭ ނިޒާމެއް ޤާއިމުކުރުމާ ބެހޭ ގޮތުންވެސް ވާހަކަ ދެކެވުނު ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓްރުތް ސޯޝަލް މެދުވެރިކޮށް އެމެރިކާގެ އިތުރުން ޗައިނާއިން ވެސް ބޭނުންވަނީ އޭއައި އެ ހުރި ހިސާބެއްގައި ބޭއްވުން ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ވަނީ އޭއައި ރެގިއުލޭޓުކުރުމާ ދެކޮޅަށް ތަކުރާރުކޮށް ވާހަކަ ދައްކައިފައެވެ. ޗައިނާގެ ވިޔަފާރީގެ ވުޒާރާއިން އިތުރަށް ބުނީ މަޝްވަރާތައް ކާމިޔާބުކަމާ އެކީ ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ދިޔަ ކަމަށާއި އެތައް ކަމެއްގައި ދެ ފަރާތުން އެއްގަލަކަށް އެރި ކަމަށެވެ.

އޭއައި ނިޒާމުތަކާ ގުޅޭ ފަހުގެ ހާދިސާތަކުގެ ސަބަބުން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މި ޓެކްނޮލޮޖީން ނުކުމެދާނެ ނުރައްކާތަކާ ކުރިމަތިލާނެ ގޮތެއް ހޯދުމުގެ މަސައްކަތް ދެ ޤައުމުންވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.