އެމެރިކާ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
23 Aug 2026
އެމެރިކާގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ލެޕްޓޮޕެއްގައި ރޯވެ ބަޔަކަށް އަނިޔާވެއްޖެ
ޖޯޖިއާގެ އެޓްލާންޓާއިން ފުރައިގެން ޓެކްސަސްގެ ޑެލަސް ފޯޓް ވޯތް އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި އެމެރިކަން އެއާލައިންސް ފްލައިޓް 2398 ގެ ޕައިލެޓް ވައިގެ ދަތުރުފަތުރު ކޮންޓްރޯލާ މުޢާމަލާތު ކުރަމުން ބުނެފައިވާ ގޮތުގައި އަލިފާން ރޯވީ ބޯޓުގެ ފަހަތު ބައިގައި ހުރި ލެޕްޓޮޕެއްގައެވެ. ރޯވެފައިވާ ކަމަށާއި ފްލައިޓް އެޓެންޑެންޓުން ކުރި މަސައްކަތުން އެ ނިއްވާލެވުނު ކަމަށާ ހާދިސާގައި ފަސްމީހަކަށް އަނިޔާވިކަމަށް އޭނާ ބުނި ކަމަށް ބީބީސީގައި ބުނެފައިވެއެވެ.
23 Aug 2026
ޓިކްޓޮކުން ކުޑަކުދިންގެ ޕްރައިވަސީއާ ޚިލާފުވި މައްސަލާގައި 400 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެއްޖެ
މީގެ ކުރިން ވެސް މި ޤާނޫނާ ޚިލާފުވެގެން އެމެރިކާ ސަރުކާރަށް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ދެއްކި މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ގޫގުލްގެ ޔޫޓިއުބް, އަދި އެޕިކް ގޭމްސް ހިމެނެއެވެ
20 Aug 2026
އީރާނާ ގުޅުން ބާއްވާ ޤައުމުތަކަށް ފިޔަވަޅު އަޅާނެ ކަމަށް ޓްރަމްޕް އިންޒާރު ދީފި
އީރާނާ އެކު ވިޔަފާރީގެ ގުޅުން ބާއްވާ ކޮންމެ ޤައުމަކާ ދެކޮޅަށް ބޮޑެތި އިޤުތިޞާދީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފިއެވެ. ޔޫއޭއީން ވަނީ އީރާނާ އޮތް މާލީ ގުޅުން ކަނޑައިލާނެ ކަމަށް އިއުލާނުކޮށްފައެވެ.
19 Aug 2026
ވެނެޒުއެލާގެ ތެލުގެ އުފެއްދުމުގެ ދެބައިކުޅަ އެއްބައި އެމެރިކާގެ ރިފައިނަރީތަކަށް
ވެނެޒުއެލާއިން މިހާރު އެ ޤައުމުގެ ޖުމްލަ ތެޔޮ އުފެއްދުމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދުވާލަކު 500,000 އަށް ވުރެ ގިނަ ފީފާ އެމެރިކާއަށް އެކްސްޕޯޓުކުރަމުންދާ ކަމަށް އެމެރިކާގެ އެނާޖީ ޑިޕާޓްމެންޓުގެ އިސް އޮފިޝަލަކު ބުނެފިއެވެ.
19 Aug 2026
އީރާނާ އެކު އެއްވެސް މަޝްވަރާއެއް ކުރުމަށް ރާވާފައި ނުވާނެ: ޓްރަމްޕް
މިއީ އީރާން މައްސަލައިގެ ތެރެއަށް އޮމާނުން ވަދެއްޖެނަމަ ބޮން އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފައިވަނިކޮށް ވެސް، ހޮރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އީރާނާއި އޮމާނުން މަޝްވަރާތައް ކުރިއަށް ގެންދާތީ އެކަމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
18 Aug 2026
ހަމާސްއިން ހަތިޔާރު ނުބަހައްޓަނީސް ޣައްޒާ އާރާސްތުކުރަން ފުރުސަތު ނުދޭނަން
ހަމާސް ޖަމާއަތުން ހަތިޔާރު ނުބަހައްޓަނީސް، އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ބުނެފިއެވެ.
18 Aug 2026
އީރާނާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އުރުދުޣާން ޓްރަމްޕަށް ގޮވާލައްވައިފި
އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި، އީރާނާ އެކު ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައްވައިފިއެވެ.