އެމެރިކާ
13 May 2026
އީރާނު ހަނގުރާމަ ނިންމުމަށް ޗައިނާގެ އެހީ ބޭނުމެއް ނުވޭ
އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިންމުމަކަށް ގެނައުމަށްޓަކައި ޗައިނާގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ގަބޫލުނުކުރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
05 May 2026
އެމެރިކާގެ މަނަވަރުތަކަށް ހަމަލާދީފިނަމަ އީރާން ބިމާ ހަމަކޮށްލާނަން: ޓްރަމްޕް
ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ މަނަވަރުތަކަށް އީރާނުން ހަމަލާދީފިނަމަ، އެ ގައުމު "ދުނިޔޭގެ ޗާޓުން ފޮހެލާނެ" ކަމުގެ ވަރުގަދަ އިންޒާރެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.
02 May 2026
ސްޕިރިޓް އެއާލައިންސްގެ ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓާލައި އުވާލަނީ
މި އެއާލައިން ހުއްޓާލަން މަޖުބޫރުވީ، ދަރަނި ރީސްޓްރަކްޗާ ކުރުމަށާއި، ސަރުކާރުގެ ފަރާތުން ލިބޭނެ ކަމަށް ބެލެވުނު 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖު ނުލިބުމާ ގުޅިގެން
02 May 2026
އެމެރިކާގެ ބާރުގެ ދަށަށް ކިއުބާ ގެންދާނަން: ޓްރަމްޕް
ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރީ މަނަވަރުތައް ކިއުބާގެ އައްސޭރިފަށަށް ފޮނުވާނެ ކަމުގެ އިޝާރާތެއް ކޮށްފައީ
29 Apr 2026
ޓްރަމްޕްގެ ފޮޓޯ ޖެހި ޕާސްޕޯޓް ދޫކުރަނީ
މިކަން ހާމަކުރައްވަމުން އެ އިދާރާގެ އޮފިޝަލަކު އަންގާރަ ދުވަހު ވިދާޅުވީ، ވޮޝިންގޓަން ޕާސްޕޯޓް އެޖެންސީއަށް ހާޒިރުވެގެން ޕާސްޕޯޓް އާކުރާ ފަރާތްތަކަށް ދޫކުރާ މައިގަނޑު ޕާސްޕޯޓަކީ މިއީ ކަމުގައި ވެގެންދާނެ ކަމަށެވެ. ނަމަވެސް އޮންލައިންކޮށް ނުވަތަ އެހެން ސަރަހައްދުތަކުން ޕާސްޕޯޓް ހައްދާ ފަރާތްތަކަށް އަދިވެސް ލިބޭނީ މިހާރުވެސް ބޭނުންކުރަމުންދާ ޕާސްޕޯޓެވެ.
29 Apr 2026
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، ޓްރަމްޕަށް ހޫނު ރައްދެއް ދެއްވައިފި
މި ހަފްލާ ތެރޭގައި ވާހަކަފުޅު ދައްކަވަމުން ރަސްގެފާނު ޗާލްސް ވަނީ، މީގެ ކުރިން ރައީސް ޓްރަމްޕް ދައްކަވާފައިވާ ވާހަކަފުޅަކަށް އިޝާރާތް ކުރައްވާފައެވެ. އެގޮތުން، އެމެރިކާގެ އެހީތެރިކަން ނެތްނަމަ ޔޫރަޕްގެ ގައުމުތަކުގައި މިއަދު ވާހަކަ ދައްކާނީ ޖަރުމަނު ބަހުން ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ބަހަށް ރަސްގެފާނު ރައްދު ދެއްވިއެވެ. އެގޮތުން ރަސްގެފާނު ޓްރަމްޕަށް ރައްދު ދެމުން ވިދާޅުވީ، އިނގިރޭސިވިލާތުގެ އެހީތެރިކަން ނެތްނަމަ އެމެރިކާގެ ރައްޔިތުން މިއަދު ވާހަކަ ދައްކާނީ ފަރަންސޭސި ބަހުން ކަމަށެވެ.
26 Apr 2026
ބަޑިޖެހި މީހާ އުޅުނީ އަހަރެން މަރާލަން: ޓްރަމްޕް
އެމެރިކާގެ ވޮޝިންޓަންގައި ބޭއްވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރ" ހަފްލާގެ ތެރޭގައި ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕް އެ ސަރަހައްދުން ރައްކާތެރިކަމާއެކު ބޭރުކޮށްފިއެވެ.
26 Apr 2026
ޓްރަމްޕް ސަލާމަތުން ހުރީތީ އުފާކުރަން: މޯދީ
ބޮޑުވަޒީރު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޓްރަމްޕާއި، އަނބިކަނބަލުން މެލަނިއާ ޓްރަމްޕްގެ އިތުރުން ނައިބު ރައީސް ޖޭޑީ ވެންސް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތުން ތިއްބެވިކަން އެނގުމުން ހިތްހަމަޖެހުން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެބޭފުޅުންގެ ސަލާމަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.