ތެޔޮބޯޓު ތަކެއް-
ދުނިޔެ
19 Aug 2026 | 10:53
ވެނެޒުއެލާގެ ތެލުގެ އުފެއްދުމުގެ ދެބައިކުޅަ އެއްބައި އެމެރިކާގެ ރިފައިނަރީތަކަށް ފޮނުވަނީ

ވެނެޒުއެލާއިން މިހާރު އެ ޤައުމުގެ ޖުމްލަ ތެޔޮ އުފެއްދުމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދުވާލަކު 500,000 އަށް ވުރެ ގިނަ ފީފާ އެމެރިކާއަށް އެކްސްޕޯޓުކުރަމުންދާ ކަމަށް އެމެރިކާގެ އެނާޖީ ޑިޕާޓްމެންޓުގެ އިސް އޮފިޝަލަކު ބުނެފިއެވެ.

އެމެރިކާގެ ހިއުސްޓަންގައި އަންގާރަ ދުވަހު ބޭއްވި ތެލުގެ ސިނާޢަތުގެ ހަރަކާތެއްގައި ވާހަކަ ދައްކަމުން އެ ޤައުމުގެ އަންޑާ ސެކެޓްރީ އޮފް އެނާޖީ ކައިލް ހައުސްޓްވީޓް ބުނީ ވެނެޒުއެލާގެ ޖުމްލަ އުފެއްދުން ގާތްގަނޑަކަށް ދުވާލަކު 1.25 މިލިއަން ފީފާގައި އޮތް އިރު އޭގެ ތެރެއިން 500,000 އަށް ވުރެ ގިނަ ފީފާ މިހާރު އެމެރިކާއަށް ބަދަލުކުރަމުންދާ ކަމަށެވެ."އެ ކްރޫޑް ޕްރޮސެސް ކުރުމަށް ޚާއްޞަކޮށް ބިނާކޮށްފައިވާ" ރިފައިނަރީތަކަށް އެ ތެޔޮ ފޮނުވަމުންދާ ކަމަށް އޭނާ ބުންޏެވެ.

ވެނެޒުއެލާގެ ތެލުގެ އުފެއްދުން އިތުރުކުރުމަށް ވޮޝިންގޓަނުން އެހީތެރިވަމުންދާ ކަމަށް ވެސް ހައުސްޓްވީޓް ބުނީ ދުވާލަކު 100,000 އަށް ވުރެ ގިނަ ފީފާ ނެފްތާ ވެނެޒުއެލާއަށް ފޮނުވައި ބަރު ކްރޫޑާ އެއްކުރާ ކަމަށް ފާހަގަކޮށެވެ. އޭނާ މި އިންތިޒާމު ސިފަކުރީ "ރީތި ހަކަތައިގެ ޕާޓްނާޝިޕެއް" ގެ ގޮތުގައެވެ. އަދި "ވިޔަފާރީގެ ދެ ފަރާތަށްމެ ހަޤީޤީ ފައިދާ ލިބެމުންދާ" ކަމަށް ބުންޏެވެ.

ހަމަ އެ ހަރަކާތުގައި ވެނެޒުއެލާގެ ސަރުކާރު ތެޔޮ ކުންފުނި ޕީޑީވީއެސްއޭގެ ނައިބު ރައީސް ޖޯވާނީ މާޓީނެޒް ބުނީ އޮގަސްޓް މަހުގެ ނިޔަލަށް އެ ޤައުމުގެ ކްރޫޑް އުފެއްދުން ދުވާލަކު 1.245 މިލިއަން ފީފާއަށް އެރުވުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މި އަހަރު އެކްސްޕޯޓް %19.7 އިތުރުވެފައިވާ ކަމަށާއި ތެލުން އުފައްދާ ޕެޓްރޯލް ފަދަ ބާވަތްތައް %12.9 އިތުރުވެ ޤައުމީ ފެންވަރުގައި %5.4 އިތުރަށް ސަޕްލައި ކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން ބުނާ ގޮތުގައި ދުނިޔޭގައި ސާބިތުވެފައިވާ އެންމެ ބޮޑު ތެލުގެ ރިޒާވް 303 ބިލިއަން ފީފާއާ އެކު އޮތީ ވެނެޒުއެލާގައެވެ. އެއީ ދުނިޔޭގެ ޖުމްލައިގެ ގާތްގަނޑަކަށް %17 އެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން 2025 ވަނަ އަހަރު ނިމުނުއިރު ވެނެޒުއެލާއިން ދުވާލެއްގެ މައްޗަށް އުފެއްދީ ގާތްގަނޑަކަށް އެއް މިލިއަން ފީފާ ކަމަށް ވެފައި އެމެރިކާއަށް ފޮނުވީ ގާތްގަނޑަކަށް 135,000 ފީފާއެވެ.

ވެނެޒުއެލާގެ ތެލުގެ އުފެއްދުން އިތުރުކުރުމުގެ ފިޔަވަޅުތައް އަޅަންފެށީ ވޮޝިންގޓަނުން ރައީސް ނިކޮލަސް މަދޫރޯ ވެރިކަމުން ދުރުކޮށް ވަގުތީ ސަރުކާރެއް ޤާއިމުކުރި ފަހުންނެވެ. ޓްރަމްޕް ބުނީ ވެނެޒުއެލާ ހިންގައި އެ ޤައުމުގެ ތެލުގެ ރިޒާވް ބޭނުންކުރާނެ ކަމަށެވެ. މަދޫރޯ ބޭލި ފަހުން ޓްރަމްޕް ބުނީ "ފައިސާ ކޮންޓްރޯލް ކުރާނީ ތިމަންނާ" ކަމަށާއި "ވެނެޒުއެލާ ރައްޔިތުންނާއި އެމެރިކާ ރައްޔިތުންނަށް ފައިދާވާ ގޮތަށް ބޭނުންކުރާނެ" ކަން ކަށަވަރު ކުރާނެ ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ކޮންގްރެސްގައި ބުނީ ވެނެޒުއެލާގެ ތެލުގެ ވިޔަފާރީން ލިބޭ ފައިސާ ޖަމާކުރާނީ ވޮޝިންގޓަނުގެ ބެލުމުގެ ދަށުގައި އޮންނަ އެކައުންޓަކަށް ކަމަށެވެ. ކެރެކާސް ސަރުކާރުން ކޮންމެ މަހަކު އެ އެކައުންޓުން ބޭނުންކުރާނެ ބަޖެޓެއް ހުށަހަޅާނެ ކަމަށާއި ހޭދަ ނުކުރެވޭނެ ކަންކަން ކުރީބައިގައި ވޮޝިންގޓަނުން ކަނޑައަޅާނެ ކަމަށް ވެސް ރޫބިއޯ ބުންޏެވެ.

ފައިނޭންޝަލް ޓައިމްސުން ޖުލައި މަހު ރިޕޯޓުކުރި ގޮތުގައި މި އަހަރު ވެނެޒުއެލާގެ ތެޔޮ ވިއްކައިގެން ލިބުނު 13 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޢާމްދަނީ އެމެރިކާއިން ބަލައިގެންފައިވެއެވެ. ޖުލައި 27 ގައި އެ ރިޕޯޓާ ގުޅޭ ގޮތުން ޓްރަމްޕް ބުނީ އަސްލު ޢަދަދު އެއަށްވުރެ ބޮޑު ކަމަށެވެ. ނަމަވެސް އެ ފައިސާއަށް ވީ ގޮތާ މެދު ޓްރަމްޕް ސަރުކާރުން ވާހަކަ ދައްކާފައި ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ