ނިރުބަވެރި އިސްރާއިލުން ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ އިމާރާތްތައް-
ދުނިޔެ
18 Aug 2026 | 08:56
ހަމާސްއިން ހަތިޔާރު ނުބަހައްޓަނީސް ޣައްޒާ އަލުން އާރާސްތުކުރަން ފުރުސަތު ނުދޭނަން: އެމެރިކާ

ހަމާސް ޖަމާއަތުން ހަތިޔާރު ނުބަހައްޓަނީސް، އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ބުނެފިއެވެ.

ޓްރަމްޕްގެ ދަނބިދަރި ކުޝްނަރ މިހެން ބުނީ ހޯމަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު، "ފޮކްސް ނިއުސް" އަށް ދިން އިންޓަވިއުއެއްގައެވެ. ހަމާސްއިން މިހާރުވެސް އެއްބަސްވެފައިވާ ރޯޑްމެޕެއް ތަންފީޒުކުރުމަށް މި ބައްދަލުވުމުގައި އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ކުޝްނަރ ބުނީ ޣައްޒާ އަލުން އާރާސްތުކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށާއި ނަމަވެސް އެކަން ކުރަން ހުއްދަ ދެވޭނީ އެ ސަރަހައްދު ފުރިހަމައަށް ހަތިޔާރުން ސާފުކުރުމުން (ޑީމިލިޓަރައިޒް ކުރުމުން) ކަމަށެވެ. އަދި އަނެއްކާވެސް ހަމާސްގެ ބާރުގެ ދަށަށް ގޮސް ގޮއްވާލާނެ ތަނަކަށް އިތުރަށް ފައިސާ ހަރަދުކުރަން އެއްވެސް ފަރާތަކުން ބޭނުންނުވާނެ ކަމަށް އޭނާ ބުންޏެވެ.

އެމެރިކާގެ އެހީތެރިކަމާއެކު ހުށަހެޅުނު އެއްބަސްވުމުގެ ދަށުން، އިޒްރޭލު ސިފައިން ޣައްޒާއިން ފޭބުމަށާއި ހަމަލާތައް ހުއްޓާލުމުގެ ބަދަލެއްގެ ގޮތުން ހަތިޔާރު ބަހައްޓަން ހަމާސްއިން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް، ޣައްޒާ އެއްކޮށް ހަތިޔާރުން ސާފުނުވަނީސް އެއްވެސް ދުލެއް ނުދޭނެ ކަމަށް ބުނެ އިޒްރޭލުން ވަނީ މި މަހުގެ ކުރީކޮޅު އެ ހުށަހެޅުން ދެކޮޅު ހަދާފައެވެ.

ނަތަންޔާހޫގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ކުޝްނަރގެ ވާހަކައިގައި ބޮޑަށް ބުރަވެފައިވަނީ އިޒްރޭލުގެ ވިސްނުމަށެވެ. އެގޮތުން، އިޒްރޭލަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތެއްގައި އަމިއްލަ ދިފާއުގައި ފިޔަވަޅު އެޅުމުގެ ހައްގު ހަނިނުކުރާނެ ކަމަށް އޭނާ ބުންޏެވެ.

އިޒްރޭލުން ދަނީ ޣައްޒާއަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަލާތައް ދެމުންނެވެ. އެގޮތުން، މިދިޔަ އަހަރު އަމަލުކުރަން ފެށި "ގަތުލްއާއްމު ހުއްޓާލުމުގެ" އެއްބަސްވުމަށް ފަހުވެސް އިޒްރޭލުން ވަނީ ފަލަސްތީނުގެ 1,265 މީހުން ޝަހީދުކޮށްލާފައެވެ. އަދި އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 73,399 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

ހޯމަ ދުވަހުގެ ކުރީކޮޅު ރައީސް ޓްރަމްޕް ވަނީ ހަމާސްއިން ހަތިޔާރު ބަހައްޓަން އެއްބަސްވެފައިވާތީ، އިޒްރޭލުން ދެން ހަމަލާދީގެން ނުވާނެ ކަމަށް ބުނެފައެވެ.

ޓްރަމްޕް މިހެން ބުނެފައިވާއިރު ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެމެރިކާއިން ވަނީ އިޒްރޭލަށް އަސްކަރީ އެހީގެ ގޮތުގައި ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރު ދީފައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލު ދިފާއުކޮށް، ޣައްޒާގެ ޖަރީމާތައް ތަހުގީގުކުރާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އެމެރިކާއިން ވަނީ އަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ