ފަލަސްތީން
20 Aug 2026
ހިންދު ރަޖަބު ޝަހީދު ކޮށްލި ކަމަށް އިސްރާއިލުން އެއްބަސްވެއްޖެ
ޣައްޒާ ޤަތުލްޢައްމުގައި ކުޑަކުދިންނަށް ލިބެމުންދާ އަނިޔާގެ ރަމްޒެއްގެ ގޮތުގައި ދުނިޔެ ދެކެމުން އައި ފަސް އަހަރުގެ ހިންދު ރަޖަބު ޝަހީދުކޮށްލި ހާދިސާއަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީފަހުން އިސްތިއުމާރީ އިސްރާއީލުގެ އަސްކަރިއްޔާއިން އެ ކުއްޖާ ޝަހީދު ކޮށްލި ކަމަށް އެއްބަސްވެއްޖެއެވެ. އަދި އެކަމާ ގުޅޭ ތަހުގީގެއް ކުރާ ކަމަށް ނިރުބަވެރިން ބުނެފައިވެއެވެ.
18 Aug 2026
ހަމާސްއިން ހަތިޔާރު ނުބަހައްޓަނީސް ޣައްޒާ އާރާސްތުކުރަން ފުރުސަތު ނުދޭނަން
ހަމާސް ޖަމާއަތުން ހަތިޔާރު ނުބަހައްޓަނީސް، އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ބުނެފިއެވެ.
17 Aug 2026
ޣައްޒާގެ ހަގީގަތް އޮޅުވާލަން އިސްރާއީލުން އޭއައި މެދުވެރިކޮށް ބޮޑު ކެމްޕޭނެއް
ޣައްޒާގެ ޤަތުލްޢާއްމާއި އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅޭގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތަކުން މީހުންނަށް ދޭ މައުލޫމާތުތައް އެ ޖަމާއަތަށް ފަހިވާނޭހެން ބަދަލުކުރުމަށް އިސްރާއީލުން ސިއްރު ކެމްޕޭނެއް ފަށައިފިއެވެ.
16 Aug 2026
ޗެލްސީ އަންހެންޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް
މީސްމީޑިއާ ޕްލެޓްފޯމް "ތްރެޑްސް" ގައި އެންމެ ގިނަ ބައެއްގެ ތާއީދު ލިބޭ ކޮމެންޓެއް އެ ޓީމުގެ ބަޔޯ އަށް ބަދަލުކުރާނެ ކަމަށް ބުނެ ވީ ވައުދާ ޚިލާފުވެ، ޕަލަސްތީނަށް ތާއީދުކޮށް ލިޔުނު ކޮމެންޓަކާ ގުޅިގެން މުޅި ޕޯސްޓް ޑިލީޓްކޮށްލުމުން ޗެލްސީގެ އަންހެން ފުޓްބޯޅަ ޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
12 Aug 2026
ފަލަސްތީނުގެ 1,700 މީހުންގެ ހަށިގަނޑު އިސްރާއީލުން ހިފަހައްޓާފައި
އިސްރާއީލުގެ ސަލާމަތީ ބާރުތަކުން، މުސްތަގުބަލުގައި ބަދަލުކުރެވޭ "ބާގޭނިންގ ޗިޕްސް"ގެ ގޮތުގައި ފަލަސްތީނުގެ 1,700 އެއްހާ މީހުންގެ ހަށިގަނޑު ހިފަހައްޓާފައިވާކަން ހާމަވެއްޖެއެވެ.
11 Aug 2026
ޣައްޒާ ޕްލޭން ބޭރުކޮށްލުމުންވެސް ގުޅުން ރަނގަޅު ކަމަށް ޓްރަމްޕް ބުނެފި
ނަތަންޔާހޫ އެމެރިކާގެ ޣައްޒާ ޕްލޭން ޤަބޫލުނުކުރި ނަމަވެސް ދެ ފަރާތުގެ ގުޅުން ރަނގަޅު ކަމަށް ޓްރަމްޕް ބުނެފައިވާ އިރު، ކުރިއަށް އޮތް އިންތިޚާބުގައި ނަތަންޔާހޫއަށް ގޮންޖެހުންތައް ކުރިމަތިވެއެވެ.
10 Aug 2026
އެމެރިކާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލެއް ނުކުރި
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން ގަބޫލުނުކުރާނެކަން އިިއުލާންކޮށްފިއެވެ.
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.