ޣައްޒާ ކުދިން-
ދުނިޔެ
22 Sep 2026 | 09:39
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް: ފޮތް ފަންސުރެއް ނެތަސް އެކުދިން ތިބީ ކިޔެވުމުގެ އުއްމީދުގައި

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.

ޤަތުލްއާއްމުގެ ސަބަބުން އިމާރާތްތައް ބިމާހަމަވެފައި ވުމުން، ދަރިވަރުން ކިޔަވަމުން ދަނީ ހަލާކުވެފައިވާ އިމާރާތްތަކުގައްޔާއި، ވަގުތީ ގޮތުން ޖަހާފައިވާ ފޭލިގެ ތަކުގައެވެ. ގިނަ ޢާއިލާތަކުގެ އަތްމަތި ދަތިވެފައި ވުމުގެ ސަބަބުން ކުދިންނަށް ޔުނިފޯމާއި، ފޮތާއި، ގަލަން ފަދަ އަސާސީ ތަކެތި ހޯދައިދިނުމަކީ ވެސް ބޮޑު ތަކުލީފަކަށް ވަނީ ވެފައެވެ.

ޔުނިސެފް އިން ހާމަކުރި ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ ސްކޫލްތަކުގެ 98 އިންސައްތަ ވަނީ ސުންނާފަތިވެ ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި މި ގަތުލްއާއްމުގެ ސަބަބުން ގާތްގަނޑަކަށް 660,000 ދަރިވަރުންނަށް ޤަވާޢިދުން ތަޢުލީމު އުނގެނުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ. ޚާން ޔޫނިސްގެ އެޑިއުކޭޝަން ޑިރެކްޓަރ އިބްރާހީމް ރަމަޟާން ވިދާޅުވި ގޮތުގައި، އިސްރާއީލުގެ ޢުދުވާނުގައި ޣައްޒާގެ 22,000 އަށްވުރެ ގިނަ ދަރިވަރުންނާއި، 532 ޓީޗަރުން ހިމެނޭހެން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ 770 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ޚާން ޔޫނިސްގެ ޓެންޓެއްގައި ކިޔަވަމުންދާ މުއައްޔަދު އަބޫ މުޞްޠަފާ ބުނީ، މިއީ އުފާވެރިކަމާއި ކާމިޔާބީގެ އަހަރެއް ކަމަށެވެ. އެކަށީގެންވާ ވައިދައުރުނުވާ ޓެންޓެއްގެ ބިމުގައި އިށީނދެގެން، ބޫޓާއި ފޮތްފަންސުރު ނެތް ނަމަވެސް، އަދި ހަނގުރާމައިގައި ގާތް އެކުވެރިން ގެއްލިފައިވީ ނަމަވެސް ކިޔެވުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ބުންޏެވެ.

އަދި އުމުރުން 15 އަހަރުގެ ސަމަރު އަބޫ ސަލްމީ ބުނީ، "ފޯނުން ކިޔަވަމުން ގޮސް، ޓީޗަރުން ނުފެންނަތާ އެތައް ދުވަހަކަށްފަހު، އެއް ޓެންޓުން އަނެއް ޓެންޓަށް ގޮސްގެން ވެސް ހުވަފެންތައް ޙަޤީޤަތަކަށް ހަދަން އަނބުރާ އައީ" ކަމަށެވެ.

ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޔުނިސެފްގެ އެހީތެރިކަމާއެކު ފަލަސްޠީނުގެ އެޑިއުކޭޝަން މިނިސްޓްރީން ދަނީ ޓެންޓުތަކާއި، ފިލާ އަދި ޓިނު ބޭނުންކޮށްގެން ވަގުތީ ސްކޫލްތައް ހަދައި، މި އަހަރު މަދުވެގެން 540,000 ކުދިންނަށް ކިޔަވައިދިނުމަށް މަސައްކަތް ކުރަމުންނެވެ. އަދި ކްލާސްތަކަށް ހާޒިރުނުވެވޭ ކުދިންނަށް އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ.

ނަމަވެސް، އިސްރާއީލުން ޣައްޒާއަށް މުދާ އެތެރެކުރުން ހިފަހައްޓާފައި އޮތުމުގެ ސަބަބުން ސްޓޭޝަނަރީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި، ކުރިން 1 ޑޮލަރަށް ލިބުނު ފޮތެއްގެ އަގު މިހާރު ވަނީ 5 ޑޮލަރަށް އަރާފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން 73,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އަދިވެސް އެ ސަރަޙައްދުގެ 60 އިންސައްތައަށްވުރެ ބޮޑު ބައެއް އޮތީ އިސްރާއީލު ސިފައިންގެ ބާރުގެ ދަށުގައެވެ. މި ހުރިހާ ބިރުވެރިކަމާއި ދަތިތަކާއެކު ވެސް، ޣައްޒާގެ ކުޑަކުދިން ސާބިތުކޮށްދެމުން ދަނީ ކޮންމެ ހާލެއްގައި ވެސް ޢިލްމު ހޯދައި، އުންމީދު ދިރުވުމަށް އެކުދިންގެ ހިތްތަކުގައިވާ ވަރުގަދަ ޢަޒުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި