މިނިސްޓަރު ހަސަން ޒަރީރު --
ހަބަރު
22 Sep 2026 | 00:47
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް ނިސްބަތްވާ މަޝްހޫރު ޑިވެލޮޕަރ، އީގަލް ހިލްސްއިން ދިވެހި ސަރުކާރާއެކު 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްގީ ކުރަނީ އެ ކުންފުންޏަށް ރަސްމާލޭގެ ބިމުން ބައެއް ވިއްކާލައިގެން ކަމަށް ބުނެ ފަތުރަމުންދާ ވާހަކަަތައް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދޮގުކުރައްވައިފި އެވެ.

ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބިޔަ މަޝްރޫއު އަކީ ރަސްމާލޭ ބިމުން ބައެއް ވިއްކާލައިގެން ހިންގާ މަޝްރޫއުއެއް ކަމަށް ބުނެ ފަތުރަނީ ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގައި ހިންގާ އެހެނިހެން އިންވެސްޓްމަންޓް ފަދަ އިންވެސްޓްމަންޓެކެވެ. ތަފާތަކީ އިންވެސްޓްމަންޓްގެ ބިޔަ ކަމާއި މި އިންވެސްޓްމަންޓުން ގައުމާއި ރައްޔިތުން ލިބޭ މަންފާ އާއި ފައިދާ އެވެ. ރާއްޖެއަކީ ޓޫރިޒަމްގައި އެއް ނަންބަރުކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ އިންޑަސްޓްރީގައި ކުރެވިފައިވާ އިންވެސްޓްމަންޓްތަކަކީ 99 އަހަރަށް ބިން ކުއްޔަށް ދީގެން ހިންގަމުންދާ އިންވެސްޓްމަންޓެވެ.

އީގަލް ހިލްސްއާއެކު ވެވުނު އެއްބަސްވުމަކީ ވެސް އެފަދަ އެއްބަސްވުމެއް ކަމަށާ މި މަޝްރޫއުގެ މިލްކުވެރިކަން އޮންނާނީ ދިވެހިރާއްޖެ އަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އީގަލް ހިލްސްއިން މަޢުލޫމާތު ދޭ ގޮތުގައި އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ތެރޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތައް، ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތައް، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް، ވޯޓާފްރަންޓް ޕްރޮމެނާޑްތައް، ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ އިތުރުން ވެލްނަސް ސެންޓަރުތައް ހިމެނެއެވެ.

އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ އިޤްތިޞާދީ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ

މަޝްރޫޢުގެ ދައުރުގެ ތެރޭގައި ޖުމްލަ 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން 18 ބިލިއަން ޑޮލަރަކީ ސީދާ ރާއްޖެއަށް ލިބޭނެ ނެޓް އިންވެސްޓްމަންޓެވެ.

54،000 އަށް ވުރެ ގިނަ ސީދާ އަދި ނުސީދާ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ