މަސްބޯޓުގައި ޖެހުނު ކާގޯ ބޯޓު
ދުނިޔެ
22 Sep 2026 | 09:05
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް؛ ބޮޑު ކާގޯ ބޯޓެއް ކުޑަ މަސްބޯޓެއްގައި ޖެހި ނުރައްކާތެރި ހާދިސާއެއް

ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ބެލެވެއެވެ. "ދަ މެރިޓައިމް އެގްޒެކެޓިވް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ޖެހިފައިވަނީ ޕެނަމާގެ ދިދަ ޖަހާފައިވާ "ފަސްޓް މާގޯ" ނަމަކަށް ކިޔާ ބޮޑު ކާގޯ ބޯޓަކާއި، ޗައިނާގެ 49 މީޓަރުގެ މަސްބޯޓެއް ކަމަށްވާ "ލޫޗިން ޔުއާންޔޫ 108" އެވެ.

އުޅަނދުފަހަރު ޓްރެކްކުރާ ޕޯލް ސްޓާ ގްލޯބަލްގެ އޭއައިއެސް (AIS) ޑޭޓާތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން، މި ދެ އުޅަނދުވެސް ސިންގަޕޫރު ކައިރީގައި އަޅާފައި އޮތުމަށްފަހު ފުރާފައިވަނީ ގާތްގަނޑަކަށް އެއް ވަގުތެއްގައެވެ. އަދި ދެ ބޯޓުވެސް ވަދެފައިވަނީ ކަނޑުއޮޅީގެ މައިގަނޑު ޝިޕިން ޗެނަލް ނުވަތަ ޓްރެފިކް ސެޕަރޭޝަން ސްކީމްގެ ތެރެއަށެވެ.

މަސްބޯޓުގައި ހުރި މީހަކު ނަގާފައިވާ ކަމަށް ބެލެވޭ ވީޑިއޯއިން ފެންނަނީ، ބިޔަ ބޯޓު އައިސް އެމީހުންގެ މަސްބޯޓުގައި ޖެހޭ މަންޒަރެވެ. ބޯޓުގައި ޖެހުމާއެކު މަސްބޯޓު އެއްފަރާތަކަށް ވަރަށް ބޮޑަށް އަރިއަޅާލައި، ޑެކް މައްޗަށް ބޮޑެތި ރާޅުތައް އަރައިގެންދާ މަންޒަރާއި، ބޯޓުގައި ތިބި ފަޅުވެރިން ސަލާމަތްވުމަށް ކޮޅަށް ހުންނަން މަސައްކަތްކުރާ މަންޒަރު ފެނެއެވެ. ވީޑިއޯ މެދުކެނޑެނީ ދެ އުޅަނދު ޖެހޭ ވަގުތާ ވަރަށް ކައިރިވެފައި ވަނިކޮށެވެ.

ނަމަވެސް، ޓްރެކިން ޑޭޓާތަކުން ދައްކާ ގޮތުގައި މި ހާދިސާއަށްފަހު މަސްބޯޓު އަޑިއަކަށް ނުދެއެވެ. އޭގެ ސިގްނަލް މެދުނުކެނޑި ލިބެމުންދިޔަ ކަމަށާއި، ބޯޓު ކައިރީގައިވާ ބަނދަރަކަށް ވާސިލުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން މި ހާދިސާއާ ގުޅޭ ރަސްމީ ބަޔާނެއް އަދި ނެރެފައި ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި