ތުރުކީގެ ރައީސް އެރުދޮޣާން؛ ފޮޓޯ / ރޮއިޓާސް
ދުނިޔެ
23 Sep 2026 | 00:42
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި

ޣައްޒާއަކީ މިހާރު ދުނިޔެ ދެކެމުންދާ އެންމެ އިންސާނިއްޔަތާ ޚިލާފު އަދި ލަދުވެތި އިސްތިޢުމާރީ ޖަލު ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އެރުދޮޣާން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުންނެވެ.

އދ. ގެ މައި މަރުކަޒުގައި ވާހަކަފުޅު ދައްކަވަމުން، ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ޣައްޒާގެ ހިތްދަތި ޙާލަތު ބަޔާންކުރައްވައި އެރުދޮޣާން ވިދާޅުވީ، ޣައްޒާއަކީ މިއަދު ދުނިޔޭގައިވާ ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުން ހަށިގަނޑުގެ ގުނަވަންތައް ބުރިވެފައިވާ ކުޑަކުދީން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށް އެމަނިކުފާނު ހިތާމައާއެކު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތުރުކީގެ ރައީސްގެ ތަޤުރީރުގައި އިތުރަށް ވިދާޅުވީ، ޣައްޒާގެ ރައްޔިތުން އަދިވެސް ހުއްޓުމެއް ނެތި ގެންދަނީ ވެއްޓިފައިވާ ޢިމާރާތްތަކާއި ގާކުނޑިތަކުގެ ދަށުން އެ މީހުންގެ ލޯބިވާ އަނބިދަރީންނާއި، ފިރީންނާއި އަދި މައިންބަފައިންގެ ހަށިތައް ހޯދައި ނެރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. ހަމައެއާއެކު، ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރީން ހިންގަމުންދަނީ ތާރީޚުގައި ވެސް ދުވަހަކު ދެކެފައި ނުވާ ފަދަ އަނިޔާވެރި ޢުދުވާނާއި ބިރުވެރިކަން ކަމަށާއި، މިސްކިތްތަކާއި ފައްޅިތަކަށް މުސްލިމުންނާއި ކްރިސްޓިއަނުން ވަނުމަށް ވެސް ޔަހޫދީން ހުރަސްއަޅަމުންދާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.

މީގެއިތުރުން، އެމެރިކާއިން ވިސާ ނުދިނުމުގެ ސަބަބުން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސަށް އދ. ގެ ޢާންމު މަޖިލީހަށް ވަޑައިނުގެންނެވުނު މައްސަލަ ވެސް އެރުދޮޣާންގެ ވާހަކަފުޅުގައި ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާ ދެކޮޅަށް ހިންގަމުންދާ މި އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން މުޅި އިންސާނިއްޔަތުގެ ޟަމީރު ކަތިލެވިފައިވާ ކަމަށެވެ.

އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަސްކަރީ ޙަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާ މި ދަނޑިވަޅުގައި، ބައިނަލްއަޤުވާމީ މައިދާނުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށް ގޮވައިލާ އަޑުތައް އަންނަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.