ޝަހީމް އާންމުކުރެއްވި ކުރެހުންތައް --
ހަބަރު
22 Sep 2026 | 23:13
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި

ރާއްޖޭގެ އިމާމުން ނަމާދު ކުރާއިރުލާނެ ހެދުމެެއްގެ ނަކަލެއް އާންމުކޮށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވަނީ އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެއް އާންމުކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ މިއީ ނަކަލެއް ކަަމަށާ އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.

ޝަހީމް އާންމުކުރެއްވި ކުރެހުންތައް --<br>

އަދި ވިދާޅުވީ އިމާމުންނާއި ހަތީބުންނަށް ހާއްސަކޮށް ތައްޔާރުކުރާ ހެދުމަކީ ރާއްޖޭގެ ތާރީހާއި ސަގާފަތުގެ އަސަރު ހިމެނޭ ހެދުމަކަށް ވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިމާމުންގެ ހެދުން ފަރުމާކުރުމުގައި ބަލާނީ އާސާރީ މިސްކިތްތަކާއި ތާރީހުން ފެންނަން ހުރި ދިވެހިވަންތަ އިސްލާމީ ހަޝާރަތުގެ ބަހާތަކުގެ މައްޗަށް ކަމަށެވެ.

މިނިސްޓްރީގެ އަމާޒަކީ އަންނަ ރޯދަމަހަށް ތަންފީޒުވާ ގޮތަށް މިކަން ނިންމުން ކަމުގައިވެސް ވިދާޅުވި އެވެ.

ޝަހީމް އާންމުކުރެއްވި ކުރެހުންތައް --

އިމާމުވެ ނަމާދުކުރާއިރު ތާކިހާ ހިމެނޭހެން އަޅާނެ ހެދުމެއް ދިވެހި އިމާމުންނަށް އޮތުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.
22 Sep 2026
އދ ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ކުރާ ދަތުރު ނަތަންޔާހޫއަށް ބޮޑު ވޭނަކަށް
މިޑިއާގެ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިންވެސް ވަނީ މިފަހަރު ނަތަންޔާހޫއަށް ހާއްސަ ގޮތްތަކެއް ބެހެއްޓެން ނެތްކަމަށް ބުނެފައެވެ. ނަތަންޔާހޫ ނިއުޔޯކަށް އަންނައިރު އެ ސިޓީގެ ރައްޔިތުން އޭނާއާ ދެކޮޅަށް މުޒާހަރާ ކުރަން ނިންމުމަކީވެސް އެމެރިކާއިން މިފަހަރު ނަތަންޔާހޫ އެއްފަރާތްކުރުމުގެ އެއް ސަބަބެވެ