އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަން ފެއްޓެވުމާއެކު އީރާނުގެ ވަފްދުން ޖަލްސާ ދޫކޮށް ނިކުމެއްޖެއެވެ.
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
ޓްރަމްޕްގެ މިފަހަރުގެ ތަޤުރީރުގައި އޭނާ ވަނީ އީރާނަށް ނިސްބަތްކޮށް ވަރަށް ގިނަ ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން، އީރާނަށް ނިއުކްލިއާ ހަތިޔާރާ ހަމަޔަށް ވާސިލުވާން ފުރުސަތު ނުދޭނޭކަމަށާއި، އިޤުތިސާދީ ގޮތުން އެޤައުމު އެކެހެރި ކުރުމަށް ވެސް ޓްރަމްޕްގެ ތަޤުރީރުގައި ވަނީ ގޮވާލާފައެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން އީރާނުގެ ބާރު އޮންނަ ހޮރްމޫޒް ކަނޑުއޮޅި އެތައް ފަހަރަކު މިހާރު ވަނީ ބަންދުކޮށް އަލުން ހުޅުވާފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އިޤުތިސާދުގައި ތެލުގެ އަގަށް އަސަރުކުރަމުން ދާއިރު، އެމެރިކާ އިން ދަނީ އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists