ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކި ރެޕާ މެކްލެމޯ ޓުއާއިން ވަކިކުރުމުން އުފެދުނު ބޮޑު ޚިޔާލުތަފާތުވުމަށް ފަހު އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ އެޑް ޝީރަން ފިލަޑެލްފިއާގައި ރޭ ބޭއްވި ކޮންސެޓުގައި "ގޯހެއް ހެދިއްޖެ" ކަމަށް ބުނެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދި ބަހަނާތަކެއް ދައްކައިފިއެވެ.
މި ކޮންސެޓްގެ ތެރެއިން މެކްލެމޯ ސްޓޭޖުގައި ފަލަސްޠީނަށް ތާއީދުކޮށް ޣައްޒާގައި ހިންގަނީ ގަތުލުޢާންމެއް ކަމަށް ބުނުމާ ގުޅިގެން ޓުއާ ޕްރޮމޯޓްކުރާ ފަރާތްތަކުން ވަނީ ޓްއާއިން އޭނާ ވަކިކޮށްފައެވެ. އެ ނިންމުމާ ގުޅިގެން ޝީރަންގެ ހުރިހާ ސަޕޯޓަރުން ކަހަލަ ގޮތަކަށް ވަނީ ޓްއާ ބޮއިކޮށްކޮށްފައެވެ. އެކަމުގެ ސަބަބުން ޓިކެޓްގެ އަގުތައް ވެއްޓި އެތައް އެތައް މައްސަލަތަކެއް ކުރިމަތިވިއެވެ. މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
ކޮންސެޓު ފެށީ މި ހަމަނުޖެހުމާ ބެހޭ ގޮތުން ސީދާ ބެލުންތެރިންނާ ވާހަކަ ދައްކަމުންނެވެ. ޝީރަން ބުނީ މިއުޒީޝަނަކަށްވެ ހުރެ އެކްޓިވިސްޓެއްގޮތަށް މަސައްކަތްކުރުމަކީ އޭނާ ބޭނުންވިކަމެއް ނޫންކަމަށެވެ. ނަމަވެސް ކުރިމަތިވި މި ކަންތައްތަކާއެކު އެކްޓިވިސްޓް މިއުޒީޝަނަކަށް ވާން ދުވަހަކުވެސް ބޭނުމެއް ނުވި ކަމަށާއި ނަމަވެސް ކުރިމަތިވެގެންދިޔަ ކަންތައްތަކަށްފަހު ބޮޑު ސިޔާސީ މައްސަލައިގެ ތެރެއަށް އޭނާ ވެއްޓިގެން ގޮސްފައިވާ ކަމަށެވެ.
ފަލަސްތީނު މައްސަލާގައި ޝީރަންއަށް ފާޑުކިއުންތަކާ ކުރިމަތިލާން ޖެހުނުއިރު ޝީރަން ޔުކްރެއިންގެ ދިދައެއް ހިފަހައްޓައިގެން ހުރި ފޮޓޯއެއްގެ ސަބަބުބް އަނެއްކާވެސް އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
ފަލަސްތީނު މައްސަލާގައި މަދު އާޓިސްޓުން ޔަހޫދީންނާ އެއްކޮޅަށް ވާހަކަދެއްކި ނަމަވެސް ގިނަ އާޓިސްޓުން ދަނީ ޣައްޒާގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަމުންނެވެ. އަދި ފަންނާނުންގެ ކޮންސެޓްތަކުގައިވެސް މި މައްސަލައާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރާކަން ފާހަގަކޮށްލެވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists