ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކުރުން
ހަބަރު
20 Sep 2026 | 15:47
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި

ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުގެ ދުވަސްވަރު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ރާއްޖޭގެ އެޑިޔުކޭޝަން ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ސިލަބައި އިން "ސްޓޫޑަންޓް ދުޢާ" ގެ ނަމުގައި ހިލޭ ބޭނުންކުރެވޭ އޮންލައިން ޓޫލެއް ތަޢާރަފުކޮށްފި އެވެ.

މި ޚިދުމަތް މިހާރު syllabi.mv/dua މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.

ކޮންމެ ދުޢާއެއް ޢަރަބި ބަހުން އަދި  އިނގިރޭސިއާއި  ދިވެހި ބަހުން ތަރުޖަމާ ވެސް މި ޓޫލްގައި ހިމެނެއެވެ. މީގެއިތުރުން، ދުޢާގެ ނަން ހޯދުމުގެ ބަދަލުގައި އެވަގުތަކު ދަރިވަރު އިޙްސާސްކުރާ ގޮތް އިޚްތިޔާރުކޮށްގެން ދުޢާތައް ފެންނާނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. އޭގެ ތެރޭގައި "އިމްތިޙާނެއް އޮތްކަން" ނުވަތަ "ހާސްވެ ކަންބޮޑުވާކަން" ފަދަ ހަ އިޚްތިޔާރެއް ހިމެނެއެވެ.

"ސްޓޫޑަންޓް ދުޢާ" ގައި އިމްތިޙާނު ކަރުދާސް ހުޅުވާލުމުގެ ކުރިން ސަމާލުކަން ގެއްލުވައިނުލައި ކިޔާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ "އެގްޒާމް މޯޑް" އަދި ކިޔަވަން ފެށުމުގެ ކުރިން 30 ސިކުންތުގެ ވަގުތުކޮޅެއް ނިޔަތް ރަނގަޅުކުރުމަށް ޚާއްޞަކޮށްފައިވާ "އައިމް އެބައުޓް ޓު ސްޓަޑީ" މޯޑު ހިމެނެއެވެ. މީގެއިތުރުން ދުޢާއަކީ ކޮބައިކަމާއި، އިސްތިޚާރާ ނަމާދު ކުރާނެ ގޮތާއި، ދުޢާ ކުރާނެ ގޮތުގެ  އިރުޝާދުތަކުގެ އިތުރުން ކިޔެވުމާއި ދުޢާއާ ގުޅޭގޮތުން ދަރިވަރުން ޢާންމުކޮށް އުފައްދާ ސުވާލުތަކުގެ ޖަވާބުވެސް ހިމެނެ އެވެ.

ފޯނު، ޓެބްލެޓް ނުވަތަ ކޮމްޕިއުޓަރު ބްރައުޒަރުން އެއްވެސް އެޕެއް ޑައުންލޯޑްނުކޮށް އަދި ސައިން-އަޕް ވުމަކާ ނުލައި މިއަށް ވަދެވޭނެއެވެ. އަދި ހޯމް ސްކްރީނަށް އެޑްކޮށްގެން އެޕެއް ފަދައިން ބޭނުންކުރުމުގެ އިތުރުން، ޑާކް މޯޑާއި ފަހުން ބެލުމަށް ސޭވްކުރުމާއި ފޮޓޯ ކާޑެއްގެ ގޮތުގައި ޝެއާކުރުމުގެ ފުރުޞަތުވެސް ލިބެ އެވެ.

ސިލަބީގެ ފައުންޑާ ޖުމައިލް މުހައްމަދު ވިދާޅުވީ، މި އެޕްގެ މަޤްޞަދަކީ ދަރިވަރުންނާއި ޓީޗަރުންނަށް މިހާރު ދިމާވާ ދަތިތައް ޙައްލުކުރުމަށް ޓެކްނޮލޮޖީ ބޭނުންކުރުން ކަމަށެވެ.

"މިއީ ދަރިވަރުންނާއި ޓީޗަރުންނަށް އުނގެނުމާއި އުނގަންނައިދިނުމުގެ ބުރަ ލުއިކޮށްދިނުމަށް އަޅުގަނޑުމެން ތައްޔާރުކުރާ ހިލޭ ޓޫލްތަކުގެ ފެށުން. އަޅުގަނޑުމެންގެ މަޤްޞަދަކީ ދަރިވަރުންނާއި ޓީޗަރުންނަށް މިހާރު ދިމާވާ ދަތިތައް ޙައްލުކުރުމަށް ޓެކްނޮލޮޖީ ބޭނުންކުރުން،"ޖުމައިލް ވިދާޅުވި އެވެ.

ސިލަބައިން ބުނިގޮތުގައި މިއީ މި ޓޫލްގެ ފުރަތަމަ ރިލީޒް ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ފީޗާތަކާއި ދުޢާތައް އިތުރުކުރަމުން ގެންދާނެއެވެ. އަދި ދަރިވަރުން ބޭނުންވާ ކަންކަމާއި ޚިޔާލުތައް syllabi.mv/contact ނުވަތަ ޓެލެގްރާމް ކޮމިއުނިޓީ މެދުވެރިކޮށް ހުށަހެޅުމަށް ވަނީ ދަޢުވަތު ދީފަ އެވެ. ރާއްޖޭގެ ދަރިވަރުން އިމްތިޙާނުތަކަށް ތައްޔާރުވަމުންދާ މިދަނޑިވަޅުގައި، މިއީ އެކުދިންގެ މަސައްކަތަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށް އެ ކުންފުނިން އުންމީދުކުރާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.
20 Sep 2026
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456"
ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.