ޒުވާނުންގެ ވަޒީރު-
ހަބަރު
20 Sep 2026 | 13:06
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ތަޢާރަފުކޮށްފި

ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތަކީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު ކޮންމެ ޒުވާނަކަށްވެސް މުޅިން ހިލޭ ލިބޭނެ ޚިދުމަތެކެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި މި ހޮޓްލައިންގެ ޚިދުމަތް މެދުކެނޑޭނެއެވެ.

ޔޫތު މިނިސްޓްރީން ބުނިގޮތުގައި، މި ހޮޓްލައިން ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ކޮންމެ ޒުވާނަކަށްވެސް އެމީހެއްގެ ޙާލަތާއި ބޭނުންތަކާ އެއްގޮތަށް، އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ކައުންސެލިންގއާއި، ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަން އަދި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުދައްކައިދޭ އިރުޝާދު ފޯރުކޮށްދިނުމެވެ.

1456 ހޮޓްލައިން މެދުވެރިކޮށް ލިބޭނެ މުހިންމު ޚިދުމަތްތައް:

ވަކިވަކި ފަރުދުންނަށާއި ޢާއިލާތަކަށް ބޭނުންވާ ކައުންސެލިންގ: ދިރިއުޅުމުގެ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމާއި އިރުޝާދު: ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ ފަންނީ ލަފާ ދިނުން.

ނަފްސާނީ ކުއްލި އެހީތެރިކަން: ކުއްލި ނަފްސާނީ ނުތަނަވަސްކަމެއް ކުރިމަތިވާ ޙާލަތްތަކުގައި ދެވޭ އަވަސް އެހީ.

ޞިއްޙީ ސްކްރީނިންގ: ނަފްސާނީ އަދި ޢާންމު ޞިއްޙަތު ދެނެގަތުމަށް ކުރެވޭ ސްކްރީނިންގ.

ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަމުގެ ސެޝަންތައް: ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތުގެ ހުނަރުތައް ދަސްކޮށްދިނުން.

ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަން.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، ރާއްޖޭގައި ނަފްސާނީ އެހީތެރިކަން ހޯދާ މީހުންގެ 60 އިންސައްތައަށްވުރެ ގިނައީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ޒުވާނުންނަށް ޚާއްސަކޮށް މިފަދަ ހޮޓްލައިނެއް ތަޢާރަފްކުރި އިރު، މިހާރުވެސް ޤައުމީ ފެންވަރުގައި ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން "1677" މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
މިސްޓަ ބީސްޓް ގާނާގައި 10 މިލިއަން ޑޮލަރު ހޭދަކޮށް އަވަށެއް ބިނާކޮށްފި
"އެބްނާ ޑެކުވާ ވިލެޖް" ގެ ނަމުން ނަންދީފައިވާ މި އަވަށް ބިނާކޮށްފައިވަނީ ގާނާގެ ކޮކޯ ދަނޑުތަކުގައި ޣައިރު ޤާނޫނީ ގޮތެއްގައި މަސައްކަތްކުރުވަމުންދިޔަ އެތައް ސަތޭކަ ކުޑަކުދީން އެ ޙާލަތުން ސަލާމަތްކުރުމުގެ މަޤްޞަދުގައެވެ. މި މަޝްރޫޢު ރޭވުމަށް އެއް އަހަރު ހޭދަވީ އިރު ޢިމާރާތްކުރުމުގެ މަސައްކަތަށް އެކަނި ވެސް އަށް މަސް ދުވަސް ނެގިކަމަށް މިސްޓަ ބީސްޓް މައުލޫމާތު ދެއެވެ. މީހުން ދިރިނޫޅޭ ހުސް ބިމެއްގައި ބިނާކުރި މި އަވަށުގައި ބޯހިޔާވަހިކަމާއި ސާފު ބޯފެނާއި ހިލޭ ތަޢުލީމުގެ ޚިދުމަތް އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.
20 Sep 2026
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456"
ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
20 Sep 2026
ދަރިފުޅަށް އެހީވުމަށް ބެލެނިވެރިންނަށް ކުރެވޭނެ ކަންކަން
ދިވެހިރާއްޖޭގައި މިއަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު މިއަދު މިވަނީ ރަސްމީކޮށް ފެށިފައެވެ. މިއީ ހަމައެކަނި ދަރިވަރުންގެ އިމްތިހާނެއް ނޫނެވެ؛ މިއީ ބެލެނިވެރިންގެ ވެސް އިމްތިހާނެކެވެ. އިމްތިހާނުގެ މި ދުވަސްވަރަކީ ކިޔަވާ ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ޕްރެޝަރުތަކަކާ ކުރިމަތިލާންޖެހޭ ދުވަސްވަރަކަށް ވާއިރު، މި ދަނޑިވަޅުގައި ބެލެނިވެރިންގެ ފަރާތުން ލިބޭ ލޯތްބާއި އެއްބާރުލުމަކީ ދަރިފުޅަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ.
20 Sep 2026
"ވޯލްޑް ކްލީނަޕް ޑޭ 2026" ހަރަކާތުގެ ތެރެއިން 282 ކިލޯގެ ކުނި ނަގައިފި
"ސާފުމާދަމާއެއް" ގެ ނަމުގައި ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދިޔަ މި ހަރަކާތުގައި ޒުވާނުންގެ ޖަމްޢިއްޔާތަކާއި ތިމާވެށީގެ ޖަމާޢަތްތަކުގެ އިތުރުން ޢާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ. ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް ދެމެހެއްޓެނެވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމުގެ އާދަ ފެތުރުމަކީ މި ހަރަކާތުގެ އެންމެ ބޮޑު އެއް ލަނޑުދަނޑިއެވެ.
20 Sep 2026
ގަމުގެ ރޭސިންގ މުބާރާތުގައި ސައިކަލެއް މޫދަށް ވެއްޓި ޒުވާނަކަށް ފަރުވާދެނީ
ލ. ގަމުގައި ބޭއްވި ރާސް ޗެމްޕިއަންޝިޕް ރޭސިންގ މުބާރާތުގައި ކޮންޓްރޯލުން ނެއްޓުނު ސައިކަލެއް މޫދަށް ވެއްޓި، ދުއްވަން އިން 20 އަހަރުގެ ޒުވާނާއަށް ގަމު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
20 Sep 2026
ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ކޮމްޕިއުޓަރުތަކަށް އިންސާނުން ވިސްނާ ގޮތަށް ވިސްނުމުގެ ޤާބިލުކަން ދޭ ޓެކްނޮލޮޖީއެކެވެ. މިއަދު ޗައިނާ އާއި އެމެރިކާ ފަދަ ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ޤައުމުތަކުގެ ކުޑަކުދީންނަށް މި ޓެކްނޮލޮޖީގެ އަސާސީ ހުނަރުތައް ދަސްކޮށްދޭން ފަށައިފިއެވެ. ދިވެހިރާއްޖެއަށް ބަލާއިރު ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް ބޮޑެތި ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް ސާނަވީ މަރުހަލާގެ ކިޔެވުމުގެ ތެރެއަށް އޭއައި މާއްދާއެއް ރަސްމީކޮށް ހިމެނުމާ ހަމައަށް އަދި ވާޞިލެއް ނުވެވެއެވެ. މި ލިޔުމުގައި ބަލައިލާނީ ދުނިޔެ މިކަމުގައި ގޮސްފައިވާ ހިސާބާއި ރާއްޖެއިން މިހާތަނަށް އެޅި ފިޔަވަޅުތަކާއި ކުރިއަށް އޮތީ ކޮން ކަމެއްތޯއެވެ.