ފަލަސްތީން
17 Dec 2025
އިތުރު 6 ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުން މަނާކޮށްފި
އެމެރިކާއަށް ދަތުރުކުރުމަށް މަނާކުރެވިފައިވާ ގައުމުތަކުގެ ލިސްޓަށް ހަ ގައުމެއް އިތުރުކޮށްފިއެވެ. މި ގައުމުތަކުގެ ތެރޭގައި ފަލަސްތީނާއި ސީރިޔާ ވެސް ހިމެނެއެވެ.
17 Dec 2025
ހުޅަނގު އައްސޭރީގައި އިސްރާއިލުން ވަޒަންވެރިވާން ނިންމުން ކުށްވެރިކޮށްފި
ހައްދުފަހަނައަޅާފައިވާ އިސްރާއިލުން ގަދަކަމުން ވަޒަންވެރުވެގަނެގެން ދިރިއުޅެމުންދާ ހުޅަނގު އައްސޭރީގެ 19 ސަރަޙައްދެއްގައި އެމީހުން ވަޒަންވެރިކުރުވުމަށް އިސްރާއީލުގެ ކެބިނެޓުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
10 Dec 2025
ޣައްޒާގައި ހަލުވި ކަމާއިއެކު ކާޑު ބަލި ފެތުރެނީ
ކާންނުލިބުމުގެ ސަބަބުން މާބޮޑަށް ހިކި، ދެރަވެ އަތްފަޔާއި، މޫނާއި ބަނޑު ފޮއްސިކުރުވާ ކާޑު ބަލި ހަލުވި ކަމާއި އެކު ޣައްޒާގައި ފެތުރެމުންދާކަމަށް ރިޕޯޓުކޮށްފިއެވެ.
10 Dec 2025
މިއަހަރުވެސް، ނޫސްވެރިން މެރުމުން އެއްވަނާގައި އޮތީ އިސްރާއިލު
2025 ވަނަ އަހަރު އެންމެ ގިނަ ނޫސްވެރިން މަރާލާފައިވަނީ ނިރުބަވެރި އިސްރާއިލު ޖަމާޢަތުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އެންމެ ގިނަ ނޫސްވެރިން މަރާލި ބަޔަކަށް އިސްރާއިލު ވި ތިންވަނަ ފަހަރެވެ.
09 Dec 2025
ޣައްޒާ ޤަތުލްޢާއްމުގެ ވީޑިއޯ ”އިޝްތިހާރުކޮށް“ އިސްރާއިލުން ހަތިޔާރު ވިއްކަނީ
ޣައްޒާގެ މުސްލިމު އަޚުންނާއި އުޚުތުންނާ ދެކޮޅަށް ނިރުބަވެރި އިޒްރޭލުން ހިންގި ގަތުލުއާއްމުގެ ވީޑިއޯ ދައްކައިގެން، ހަމަލާތަކުގައި ބޭނުންކުރާ ހަތިޔާރު ޔޫރަޕާއި އަދި އޭޝިޔާގެ ޤައުމުތަކަށް ވިއްކުމަށް ހުށަހަޅައިފިއެވެ.
07 Dec 2025
ޤަތުލްޢާއްމު މެދުކަނޑާލުމުގެ އެއްބަސްވުން އޮތީ ”ނާޒުކު ފައްތަރެއްގައި“
ހައްދުފަހަނައަޅާފައިވާ އިސްރާއިލުން ޣައްޒާއަށް ދެމުންދިޔަ ހަމަލާ ހުއްޓާލުމަށް އެއްބަސްވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމުމަކާ ގާތްވެފައިވާ ކަމަށާ، އެއާއެކު އަލުން ޤަތުލްޢާއްމު ފެށުމުގެ ބިރު އޮތްކަމަށް ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލް ޘާނީ ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.
03 Dec 2025
ޣައްޒާއަށް ބޮޑު ”ޢީދެއް“؛ 50 އަށްވުރެ ގިނަ ކައިވެނި އެެއްފަހަރާ
އިޒްރޭލުން ޣައްޒާގައި ހިންގަމުންދިޔަ ޤަތުލްއާއްމުގެ ސަބަބުން ކައިވެނި ނުކުރެވިފައި ތިބި 54 ޖޯޑެއްގެ ބޮޑު ކައިވެނި ހަފްލާއެއް، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގައި ވަރަށް ކުލަގަދަ ކޮށް ބާއްވައިފިއެވެ.
28 Nov 2025
ފިނިން ޣައްޒާގެ މި ކުދިން ރައްކާތެރި ކުރުމަށް އެދެނީ ދީލަތި އެހީއަށް
މިދުވަސްވަރަކީ ފަލަސްތީނަށް ފިނި މޫސުމު ދުވަސްވަރު ކަމަށްވާއިރު، ހާލުގައި ޖެހިފައިވާ މީހުންނާއި ކުދިން ފިނިން ރައްކާތެރި ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.