ޣައްޒާގައި ކާޑު ބަލި ތަހައްމަލް ކުރަމުންދާ ކުޑަކުއްޖެއް-- ފޮޓޯ/ޔަހޫ
ދުނިޔެ
10 Dec 2025 | 08:29
ޣައްޒާގައި ހަލުވި ކަމާއިއެކު ކާޑު ބަލި ފެތުރެނީ

ކާންނުލިބުމުގެ ސަބަބުން މާބޮޑަށް ހިކި، ދެރަވެ އަތްފަޔާއި، މޫނާއި ބަނޑު ފޮއްސިކުރުވާ ކާޑު ބަލި ހަލުވި ކަމާއި އެކު ޣައްޒާގައި  ފެތުރެމުންދާކަމަށް ރިޕޯޓުކޮށްފިއެވެ. 

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އެޖެންސީ ފޯ ޕަލަސްޓީން ރެފިޔުޖީސް (ޔޫއެންއާރްޑަބްލިޔޫއޭ) އިން 2025 ޖުލައި 15 ވަނަ ދުވަހު ހާމަކުރި ހޯދުންތަކުން ވެސް ޣައްޒާގައި 5 އަހަރުން ދަށުގެ ކޮންމެ 10 ކުއްޖަކުން 1 ކުއްޖަކީ ކާޑު ބަލި ޖެހިފައިވާ ކުއްޖެއްކަން ހޯދިފައިވެއެވެ.

މިއީ 2024ގެ ޖަނަވަރީ މަހުން ފެށިގެން 240،000 އަށްވުރެ ގިނަ ކުދިން ސްކްރީންކޮށްގެން ހޯދާފައިވާ ހޯދުމެކެވެ. ކާޑު ބަލީގެ ރޭޓް މައްޗަށް ގޮސްފައިވަނީ 2025ގެ މާޗް 2 ގައި ޣައްޒާގެ މައްޗަށް އިޒްރޭލުގެ ދަތިކުރުންތައް އިތުރުކުރުމުންނެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އދއާ ގުޅުންހުރި ބަނޑުހައިހޫނުކަން ވަޒަންކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ވަނީ ޣައްޒާގެ އާބާދީގެ ހަތަރުބައި ކުޅަ އެއްބައި ނުވަތަ ބައި މިލިޔަނެއްހާ މީހުންގެ މެދުގައި ޢާންމުވެގެންވާ ބަނޑުހައިހޫނު ކަމުގެ ޙާލަތެއް ފެތުރިފައިވާ ކަމަށް ބުނެފައެވެ. 

ޣައްޒާގައި ކާޑުބަލިޖެހިފައިވާ ކުދިންނަށް ފަރުވާ ދިނުމުގައި އެންމެ އިސް ދައުރެއް ޢަދާކުރާ ޔުނިސެފުން މައުލޫމާތު ދޭގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ކާޑުބަލީގެ އެންމެ ގޯސް މަރުހަލާ ތަޙައްމަލު ކުރަމުންދާ 9،300 ކުޑަކުދިންނަށް ފަރުވާދެވިފައިވެއެވެ. މިއީ އެމެރިކާގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ޢަމަލުކުރަން ފެށި ފަހުން ފަރުވާދޭން ފަށާފައިވާ ކުދިންނެވެ. މި ޢަދަދަކީ މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ކާޑު ބައްޔަށް ފަރުވާ ދީފައިވާ  14،000 ކުޑަކުދިންގެ ޢަދަދަށްވުރެ މަދު ޢަދަދެކެވެ. ނަމަވެސް އޮކްޓޯބަރު މަހުގެ ޢަދަދަކީ މި އަހަރުގެ ކުރީކޮޅު ޣައްޒާގައި ވަގުތީ ގޮތުން ޙަމަލާ ބަދަލުކުރުން ހުއްޓައިލި ދުވަސްވަރާ އަޅާބަލައި އިރު ބޮޑުތަނުން އިތުރު ޢަދަދެކެވެ.

ޔުނިސެފްއިން ވެސް ރިޕޯޓު ކުރާ ގޮތުން، 2025 ގެ މޭ މަހު 5،800 އަށްވުރެ ގިނަ ކުދިންނަށް ކާޑު ބަލި ޖެހިގެން ޑޮކްޓަރަށް ދެއްކިއެވެ. މީގެ ތެރޭގައި 1،000 އަށްވުރެ ގިނަ ކުދިންނަށް ވަނީ ސިވިއާ އެކިއުޓް މަލްނިއުޓްރިޝަން ޖެހިފައިކަމަށް އެ އެޖެންސީން ބުނެއެވެ. މިއީ 2025 ގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 150 އިންސައްތަ އިތުރުވުމެކެވެ. 

ޔުނިސެފްގެ ތަރުޖަމާނު، ޓެސް އިންގްރާމް ވިދާޅުވީ އޮކްޓޯބަރު މަހުގެ ތެރޭގައި އެނދުމަތިކޮށްފައިވާ ކުދިންގެ ޢަދަދު މި އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލައި އިރު 5 ގުނަ އިތުރު ކަމަށެވެ. އަދި އޭނާ ވަނީ އޮކްޓޯބަރު މަހުގެ ޢަދަދަކީ ހައިރާންވާން ޖެހޭހާ މަތީ ޢަދަދެއް ކަމަށް ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޣައްޒާއަށް އެހީގެ ސާމާނު ވަންނަ މިންވަރު އަދިވެސް ނުފުދޭކަން ކަމަށާއި، ސަލާމަތީ ގޮންޖެހުންތަކުގެ ސަބަބުން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ހުރަސްތަކާއި ކުރިމަތި ލާން ޖެހޭކަމަށެވެ. އެހެންކަމުން ޣައްޒާއަށް އެހީ ވެއްދޭނެ ހުރިހާ މަގުތައް ހުޅުވައިލުމަށް ވެސް އޭނާ ގޮވާލައްވާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ