އައްޒާގެ ބޮޑު ކައިވެނި ހަފްލާގެ ތެރެއިން: ފޮޓޯ/ އޭބީސީ
ދުނިޔެ
03 Dec 2025 | 07:55
ޣައްޒާއަށް ބޮޑު ”ޢީދެއް“؛ 50 އަށްވުރެ ގިނަ ކައިވެނި އެެއްފަހަރާ

އިޒްރޭލުން ޣައްޒާގައި ހިންގަމުންދިޔަ ޤަތުލްއާއްމުގެ ސަބަބުން ކައިވެނި ނުކުރެވިފައި ތިބި 54 ޖޯޑެއްގެ ބޮޑު ކައިވެނި ހަފްލާއެއް، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގައި ވަރަށް ކުލަގަދަ ކޮށް ބާއްވައިފިއެވެ.

ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ މެދުގައި ބޭއްވުނު މި ކައިވެނި ހަފްލާ ބަލަން އެތައް ހާސް ފަލަސްޠީނުގެ ރައްޔިތުން އެއްވެފައިވާއިރު، ހަލާކުވެފައިވާ އިމާރާތްތަކުގެ ބައިތަކަށް އަރައިގެންވެސް މީހުން ވަނީ މި ހަފްލާގެ މަންޒަރު ބަލާފައެވެ.

ދެ އަހަރު ދުވަހުގެ ޤަތުލްއާއްމަކަށްފަހު، އެކުވެރި އަރަބި ޢިމާރާތް (ޔޫއޭއީ)ގެ އެހީގައި ބޭއްވުނު މި ހަފްލާ އޮތީ ވީ އެންމެ ފުރިހަމައަށް ރާވައި، ތަރުތީބުކޮށްފައެވެ. އެގޮތުން ކައިވެނިކުރި އަންހެނުން ރަތާއި ރަންކުލައިން ޒީނަތްކުރެވިފައި ކުރި ހުދު ހެދުންތަކުގައި ތިބިއިރު، ފިރިހެނުން ތިބީ ކަޅުކުލައިގެ ސޫޓް އަދި މެރޫން ކުލައިގެ ޓައިގައެވެ.

ކައިވެނިކުރި ގިނަ ޖޯޑުތަކާއި ހަފްލާ ބަލަން ތިބި މީހުން ވަނީ ފަލަސްޠީނުގެ ދިދައާއި، މި ކައިވެނީގެ ހަފްލާ އަށް އެހީތެރިވެދިން ޔޫއޭއީގެ ދިދަ ހިފައިގެންނެވެ.

އޭބީސީ ނޫހަށް މައުލޫމާތު ދެމުން، ޣައްޒާގެ 29 އަހަރުގެ އުމަރު ޝަމްސް ބުނީ، ޤަތުލްއާއްމު ފެށުމުގެ ކުރިން އޭނާ ހުރީ ކައިވެނި ކުރަން ތައްޔާރުވެފައި ކަމަށެވެ. އަދި ގަތުލްއާއްމު ފެށުމުން އެކަމުގެ ތެރޭގައިވެސް ކައިވެނި ކުރަން ބޭނުންވި ނަމަވެސް، އޭނާގެ ހުރިހާ މުދަލެއް، ގޭތެރޭގައި ހިފައި ގެންގުޅޭ ހުރިހާ ތަކެއްޗެއް ހަލާކުވެ ފުނޑުފުނޑުވުމުން ކައިވެނިކުރުމުގެ ފުރުސަތު އެއްކޮށް ގެއްލުނު ކަމަށް އޭނާ ބުންޏެވެ.

"ނަމަވެސް އަލްޙަމްދުލިއްލާހި. ޔޫއޭއީގެ އަޚުން މިކަމަށް އެހީތެރިވެދެއްވުމުން، އަލްޙަމްދުލިއްލާހި އަޅުގަނޑުމެންނަށް ކައިވެނި ކުރެވިއްޖެ،" އުމަރު ބުންޏެވެ.

މީގެ އިތުރުން، ކައިވެނި ކުރި އެހެން މީހަކު ކަމުގައިވާ، ނާޢި މޫސާ ބުނީ، މިއީ އެމީހުންގެ އާއިލާތަކަށާއި، މުޅި ޣައްޒާއަށް ވަރަށް މުހިންމު ވަގުތެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔެއްގެ އާއިލާތަކުގެ މީހުން އަދިވެސް ތިބީ ޖަލުގައި، އަނެއް ބަޔަކުތިބީ ޒަޚަމްވެފައި، އަދި އަނެއްބަޔަކު ވަނީ ޝަހީދުވެފައި. ނަމަވެސް މި ދެ އަހަރު ދުވަހުގެ ވޭނީ ދިރިއުޅުމަށްފަހު އަޅުގަނޑުމެންނަށް މިދުވަހު މި އުފާފާޅުކުރުން ހައްގު،" ނާޢި ބުންޏެވެ.

ކައިވެނިކުރި އެއްބަޔަކު ހީކޮށްގެންތިބީ އެ ދުވަސް ދުވަހަކުވެސް ނާންނާނެ ކަމަށެވެ. ނަމަވެސް، މި ކައިވެނިތަކަކީ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ތިބި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ދަތިއުނދަގޫތަކާ ހިތްދަތިކަމަށް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ލުޔެއް ހޯދައިދިން ވަގުތުކޮޅެކެވެ. 

"ގަތުލްއާއްމުގެ ކުރިން، އަހަރެން ދިރިއުޅުނީ ގޭގައެވެ. ނަމަވެސް، ކައިވެނިކޮށްގެން އަހަރުމެން ދިރިއުޅެން ދާން އޮތީ ފޭލިގަނޑެއް، އަހަރެން ބޭނުންވީ ފަރުނީޗަރާއި އެނޫންވެސް ހުރިހާ އެއްޗެއް ހުންނަ އެޕާޓްމަންޓެއްގައި ދިރިއުޅޭން. ނަމަވެސް މިހާރު ހުރިހާ އެއްޗެއް ހަލާކުވެފައިވާތީ، އެކަން ވާކަަށް ނެތް. އެކަމަކު މި ހުރިހާ ކަމަކަށް ކެތްތެތިވާނަން“ 17 އަހަރުގެ އަދީމް އީދު ބުންޏެވެ.

އިސްރާއިލުން ޣައްޒާގައި ހިންގަމުންދިޔަ ގަތުލްއާއްމު މެދުކަނޑާލަން ވެފައިވާ އެއްބަސްވުމުގެ ސަބަބުން، ސްކޫލްތަކާއި ޔުނިވަރސިޓީތަކުގެ ގްރެޖުއޭޝަން ހަފްލާތައް ފަދަ އެހެނިހެން ރަސްމިއްޔާތުތަކާ، މިފަދަ ކައިވެނިތައް ބޭއްވުމުގެ ފުރުސަތު މިވަނީ ލިބިފައެވެ.

އޮކްޓޯބަރު 10 އިން ފެށިގެން ގަތުލްއާއްމު މެދުކަނޑާލުމަށް ވެވުނު އެއްބަސްވުން ތަންފީޒުކުރަން ފެށުނު ނަމަވެސް، ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓިފައެއް ނުވެއެވެ.

އޭގެ ބަހަނާއެއްގެ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަނީ ހަމަލާތައް ދެނީ އެއްބަސްވުން ތަންފީޒުކުރުމުގެ ގޮތުންނާއި، އެއްބަސްވުމާ ޚިލާފުވާ ހަމާސްގެ މުޖާހިދުންނަށް އަމާޒުކޮށް ކަމަށެވެ.

ނަމަވެސް، ފަލަސްތީނުގެ ސިއްޙީ އިދާރާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަތް ހަފުތާއަށްވުރެ ގިނަ ދުވަސްކުރިން ގަތުލްއާއްމު މެދުކަނޑާލުމަށް އެއްބަސްވުމަށް ފަހު، އިސްރާއީލުގެ ހަމަލާތަކުގައި 356 މީހުން ޝަހީދުވެ، 900 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. މިކަމުގެ ސަބަބުން 2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން މަރުވި މީހުންގެ ޖުމްލަ ޢަދަދު 70,000 އިން މައްޗަށް އަރާފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.