މިއަދުގެ ޖަލްސާގައި އިމްރާން ވާހަކަދައްކަވަނީ- ފޮޓޯ/ މަޖިލިސް
ހަބަރު
05 Oct 2026 | 13:46
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެކޭ؛ މިހާރު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު: ޢިމްރާން

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމް މިއަދުގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައެވެ.

މެންބަރު އިމްރާންގެ ވާހަކައިގައި ވަނީ ކުރީގެ އެމްޑީޕީ ސަރުކާރުން ހިންގި މާލީ މުއާމަލާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޤާނޫނާ ޚިލާފަށް އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކޮށްގެން ފައިސާގެ ނިޒާމުގެ ތެރެއަށް ދޫކޮށްލިއިރު މީކާއީލް ކޮބައިތޯ އިމްރާން ސުވާލު އުފެއްދެވިއެވެ. މީގެއިތުރުން ނ. އަތޮޅުގެ ފަޅުތައް ވިއްކައިގެންނާއި، ތަންތަން 99 އަހަރަށް ކުއްޔަށް ދީގެން ލިބުނު ފައިސާއިން ގިރާވަރު ފަޅުވެސް އެއްކޮށް ނުހިއްކުނު ކަމަށާއި، އެ ފައިސާއަށް ވީގޮތެއް އޭރު އެ ބޭފުޅުން ނުބެއްލެވި ކަމަށް އިމްރާން ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީން ކުރިން ފާފު އަތޮޅުގައި ހިންގަން އުޅުނު ބޮޑު އިންވެސްޓްމަންޓް ވެސް ރާއްޖެއިން ބޭރުކޮށްލި ކަމަށާއި، މިހާރުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖެއަށް ފައިދާއެއް ވާން އުޅޭ ކޮންމެ ކަމަކަށް ހުރަސްއަޅަން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ދިވެހިރާއްޖެއަށް އެއްވެސް ފައިދާއެއް ހުރިކަމެއް މިބޭފުޅުން ބޭނުމެއްނުވާނެ. ދިވެހި ރައްޔިތުންނަށް ދިވެހި ދައުލަތަށް ފައިސާއެއް ލިބޭކަށް ބޭނުމެއްނުވާނެ. މިއަދާ ހަމައަށް އީގަލް ހިލްސްގެ މަޝްރޫއު މިތާ ފެށުމަށްޓަކައި އެއްބަސްވުމެއް އަދި ޤާއިމެއްނުކުރެވޭ. އެއްބަސްވުމަކަށް ކުރެވުމުންދާ މަޝްވަރާތަކެއްގެ މައްޗަށް މިހާރު ވާހަކަ ދެކެވެމުން މިދަނީ. މިބޭފުޅުންނަކަށް ހަޖަމެއްނުވޭ،" 

އިމްރާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށުމުން އިހަށްދުވަހު "އެއީ އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެ ބޭފުޅުންގެ އަމިއްލަ ދުލުން ރަސްމާލެއަކީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

"މިއަދު އެބޭފުޅާގެ ހުދު އަމިއްލަ އަނގައިން މިއަދު އެ ވިދާޅުވީ ދިވެހިރާއްޖޭގެ ދިވެހި ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލޭ ރަސްމާލެއަކީ. މީ އަޅުގަނޑުމެން މި ދައްކާ ވާހަކަ. މި ރައުސުލްމާލުގެ ބޭނުން މި ޕީއެންސީއިން ކުރާނީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް،" 

އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން، މި ސަރުކާރަކީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ސަރުކާރެއްކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، މި މަޝްރޫއާ ގުޅިގެން ސޮއިކުރެވޭނީ ދެފުށް ފެންނަ ވަރަށް ހާމަކަން ބޮޑު އެއްބަސްވުމެއް ކަމަށެވެ. އަދި އިސްލާމްދީނާއި ގައުމުގެ އެއްބައިވަންތަކަމަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް މަޖިލީހުން ފާސްނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އޭނާ ދެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.