12 Aug 2024
ގޯއްޗާއި ބެހޭ މައުލޫމާތު ދެއްވުމަށް ހުރަސްއަޅައި، ދިނީ ބޮޑު ގެއްލުމެއް
ގޯއްޗާއި ބެހޭ މައުލޫމާތު ދެއްވުމަށް ގެދޮރުވެރިކަމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު ވަޑައިގެންނެވުމުން އެކަމަށް ހުރަސްއަޅުއްވައި، މަޖިލީހުގެ ނިޒާމު ގެއްލުވާލައި، އިދިކޮޅު އެމްޑީޕީން މާލެ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ދީފައިވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް (އިއްމު) ވިދާޅުވެއްޖެއެވެ.