ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް: ފޮޓޯ/ މަޖިލިސް
ހަބަރު
24 Jun 2024 | 18:32
ސިއްޙީ ޚިދުމަތުގެ ބިލާއެކު މި ނިޒާމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެ: އިމްރާން

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިއްޙީ ޚިދުމަތުގެ ބިލާއެކު، ސިއްޙީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ސިއްޙީ ނިޒާމުގެ ބޮޑެތި މައްސަލަތައް ހައްލުކުރެވިގެންދާނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ވިދާޅުވެއްޖެއެވެ. 

ޢިމްރާން މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން އައު މަޖިލީހަށް ހުށަހެޅުއްވި ފުރަތަމަ ބިލް، ސިއްހީ ޚިދުމަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީވެސް އިމްރާނެވެ.

“މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ސިއްޙީ ޚިދުމަތް ދިނުމުގެ ނިޒާމާއި، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން، ދުޅަހެޔޮ ސިއްހަތަކަށް ވާސިލްވެ ދެމިތިބުމަށްޓަކައި ބަލިތަކާއި ސިއްހަތަށް ލިބޭ އެހެންވެސް ގެއްލުންތަކުން އެމީހުން ދުރުވެ ތިބުމަށާއި، ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް އަދި ފަރުވާ ދެމެހެއްޓެނިވި އުސޫލަކުން، އެކަށީގެންވާ ރައްކާތެރި ކަމާއި އަދި ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ ވަށާޖެގޭ ސިއްހީ ފަރުވާގެ ނިޒާމެއް ކަމުގައި ހެދުމަށްޓަކައި ޕްރިވެންޓިވް ކެއަރ ގެ ޚިދުމަތް އެ ނިޒާމްގެ ތެރެއިން ދެވޭނެގޮތް ހަމަޖައްސައި އެ ޚިދުމަތް ފޯރުކޮށްދެވުމުގެ މިންގަނޑުތަކާއު އުސޫލުތައް ކަނޑައެޅުމަށް” ބިލު ހުށަހަޅުއްވަމުން އިމްރާން ވިދާޅުވިއެވެ. 

މިއާއެކު އިމްރާން ވިދާޅުވީ، މި ބިލަކީ ސިއްހީ ނިޒާމާއި ގުޅޭ ބިލެއް ނަމަވެސް، އެއީ ރާއްޖޭގެ ތަރައްގީއަށްވެސް މުހިންމު ބިލެއް ކަމަށެވެ. އެގޮތުން، ރާއްޖޭގައި އިތުރުވަމުންދާ އާބާދީއަކީ ސިއްހީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ރާއްޖޭގައި އިތުރުވަމުންދާ ބަލިތައް ދެނެގަނެވި، އެކަމަށް އޮތް ހައްލު ދެނެގަތުމަށް ފަސޭހަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބިލްގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ޖިސްމާނީ، ނަފްސާނީ، އިންފާޓިލިޓީއާއި ކެންސަރ، ސްޓްރޯކް ހިތުގެ އަދި ކިޑްނީ ބަލިތައްފަދަ އާދަޔާ ޚިލާފަށް އިތުރުވަމުންދާ ބަލިތައް ދެނެގަނެ، އޭގެ ސަބަބުތައް ދެނެގަނެ، އެކަންކަމަށް އޮތް ހައްލު ހޯދުމަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް ވެގެންދާނެ. މީގެ އިތުރުން ރާއްޖެއަށް އެތެރެވަމުންދާ ބޭހާއި ސިއްހީދާއިރާއަށް ބޭނުންވާ އިކުއިޕްމަންޓަކީ އެންމެ ރަނގަޅު ތަކެތިކަން ކަނޑައެޅިގެންދާނެ. ޖުމްލަކޮށް ދަންނަވާ ނަމަ، އަޅުގަނޑުމެންގެ ސިއްހީ ނިޒާމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދަން މި ބިލުގެ ސަބަބުން ފަސޭހަވެގެންދާނެ.

މެންބަރު ޙުސައިން އިމްރާން ލަޠީފް ވިދާޅުވިއެވެ.

އެހެންކަމުން އޭނާ ވަނީ އެ ބިލު ވޭހާވެސް އަވަހަށް ތަންފީޒު ކުރެވިގެން ދިޔުމަށް އެދިވަޑައިގެންފައެވެ.

މި ބިލް މިހާރު ވަނީ މަޖިލީހަށް ބަލައިގަނެ އިޖްތިމާޢީ ކޮމިޓީއަށް ފޮނުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.