ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން⁩ ލަތީފް (އިއްމު):ފޮޓޯ/ މަޖިލިސް
ހަބަރު
26 Jun 2024 | 17:52
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހިމާޔަތަށްޓަކައިވެސް ފެނަކައިގެ ޚިޔާނާތުގެ މައްސަލަތައް ބަލަންޖެހޭ: އިމްރާން⁩

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހިމާޔަތަށްޓަކައިވެސް ފެނަކައިގެ ޚިޔާނާތުގެ މައްސަލަތައް ބަލަންޖެހޭ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން⁩ ލަތީފް (އިއްމު) ވިދާޅުވެއްޖެއެވެ. 

ނިމިދިޔަ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި، ފެނަކައިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޢިމްރާން ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކަށް ރާއްޖެއިން ބޭރާއި ރާއްޖޭގެ ވިޔަފާރިތަކުން ކުރަމުން އައި އިތުބާރު ގެއްލިފައިވާ ކަމަށެވެ. 

މިއާއެކު އިމްރާން ވަނީ ފެނަކައިގެ ކުރީގެ އެމްޑީ، އަޙްމަދު ސަޢީދު މުޙައްމަދު، މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ކޮރަޕްޝަން ނައްތާލާނެ ކަމަށް ވިދާޅުވި ނަމަވެސް ކޮރަޕްޝަންގެ އެތަކެއް ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ވިދާޅުވެފައެވެ: 

“ފެނަކައިގެ އެމްޑީ 2019 ވަނަ އަހަރު ވިދާޅުވި، ލޫޕްހޯލްތައް ތިމަންނަމެން ހޯދާނަމޭ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރިހުރިހާ ކަންތައް ތަކެއް ބަންދުކުރަން. އަޅުގަނޑު ދަންނަވާނީ، ލޫޕްހޯލްތައް ހޯދައިގެން، ކޮރަޕްޝަނަށް މަގުފަހިވާ ހުރިހާ ކަމެއް ހޯދާފައި، އެ ލޫޕްހޯލްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ކޮށްގެން އޭނާ މިއަދު އެހުރީ ބޮޑު ވިޔަފާރިވެރި މަހުޖަނަކަށް ވެފައި… ފެނަކަ މިދިޔަ ފަސް އަހަރު ހިންގާފައި ވަނީ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ގައިން ލޭ ބޮއިގެން. 

މެންބަރު ހުސައިން އިމްރާން⁩ ލަތީފް (އިއްމު) 

އިމްރާން ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް، ފެނަކައިގެ 8 ވަރަކަށް މުވައްޒަފުން ވަނީ ސައީދަށް އެހީތެރިވެފައެވެ. 

8 ބޭފުޅުން ނިވާ ފަތްގަނޑަކަށް ހަދައިގެން ހިންގާފައި މިވާ ކޮރަޕްޝަނުގެ މައްސަލަ އެބަޖެހޭ ބަލަން. އެހެން ނޫން ނަމަ 20 ވަނަ މަޖިލީހުން އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރެވޭ ތަނެއް ނުފެންނާނެ. ސަރުކާރުން އެބަ ޖެހޭ ކުދި އަދި މެދުފަންތީގެ ވިޔަފާރުވެރިންގެ ހިމާޔަތުގައިވެސް މިކަން(ފެނަކައިގެ ކޮރަޕްޝަން މައްސަލަ) ބަލަން.

މެންބަރު ހުސައިން އިމްރާން⁩ ލަތީފް (އިއްމު) 

އިމްރާން ވިދާޅުވުގޮތުގައި، ފެނަކަ ސައީދު، ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވަނީ ކުރީ ސަރުކާރުގެ މަތިފަޑީގައި ތިއްބެވި ބޭފުޅުންގެ ހިމާޔަތާއި އެއްބާރުލުމާވެސް އެކީގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.