ހެންވޭރު ދެކުނު ދާއިރާގެ މެންބަރުން ޙުސައިން ޢިމްރާން ލަޠީފް: ފޮޓޯ/ މަޖިލިސް
ހަބަރު
24 Apr 2025 | 09:18
ޤާނޫނުގެ އިންސާފާއި ހަމަހަމަ ކަމަކީ ވަކި ފަންތިއަކަށް ނޫނީ އާއިލާއަކަށް ޚާއްސަ އެއްޗެއް ނޫން: ޢިމްރާން

ޤާނޫނުގެ އިންސާފާއި ހަމަހަމަ ކަމަކީ ވަކި ފަންތިއަކަށް/ގިންތިއަކަށް ނުވަތަ ވަކި އާއިލާއަކަށް އަދި ފަރުދަކަށް ހާއްސަ އެއްޗެއް ނޫން ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރުން ޙުސައިން ޢިމްރާން ލަޠީފް ވިދާޅުވެއްޖެއެވެ.

އަންހެނަކު ގެއެެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހާދިސާގައި، އެ އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ރޭގައި މާލޭގެ މަގުތަކުގައި އާއްމުން މުޒާހަރާ ކޮށްފައިވާއިރު، އެ މައްސަލައާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢިމްރާން ވިދާޅުވީ، އެއްވެސް އިންސާނެއް އެމީހެއްގެ ކޮއްކޮއަކަށް، ދައްތަ އަކަށް އަދި އެކުވެރިއަކަށް އިންސާފުން ބޭރު އަނިޔާއެއް ލިބުމަކަށް ނޭދޭނެ ކަމަށެވެ.

އަދި އެފަދަ ކަމެއް ދިމާވުމުން އޭގެ ހަޤީގަތް ހޯދައި އިންސާފު ހޯދުމަށް އެދޭނެ ކަމަށެވެ.

މިއާއެކު މި ވަގުތަކީ، މައްސަލައިގެ އެންމެ ނާޒުކު ވަގުތުކަން ފާހަގަކުރައްވައި، މި ވަގުތު ޤައުމުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ކަން ކުރަމުންދާ ގޮތަކީ ރައްޔިތުން ނުހަނު ގާތުން ބަލަމުންދާނެ ކަންކަން ކަމަށް ވިދާޅުވިއެވެ. 

‏އަޅުގަނޑު އެދެނީ މުއައްސަސާތަކުން މިކަން އެންމެ އިންސާފުވެރިކަމާއިއެކު ބައްލަވައި އިންސާފު ގާއިމް ކޮއްދިނުމަށް. މިސަރުކާރުން މިކަން ސިޔާސީ ނުކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބަ އޮތް.

މެންބަރު ޢިމްރާން ލަޠީފް

މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅޭ މުހިންމު ބައެއް މައުލޫމާތު ނޫސްވެރީންނާއި ހިއްސާކޮށް ހާދިސާގެ ބައެއް މަންޒަރުތައް އިސްކަންދަރު ކޮށީގައި އިހަށް ރޭ އޮތް ބައްދަލްވުމެއްގައި ވަނީ ދައްކާލާފަ އެވެ.

މި ބައްދަލްވުމުގައި ފުލުހުން ފާހަގަކުރި ގޮތުގައި މި ހާދިސާގައި ހިމެނޭ އަންހެން މީހާއާ އޭނާއާއެކު އެ ރޭ އުޅުނު ފިރިހެން މީހާ މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ. ފިރިހެން މީހާ ޕޮޒިޓިވްވީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއަށެވެ

އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގީ އެރޭ ދަންވަރު 4:30 އާއި 5:00 އާ ދެމެދު އެވެ. ފުލުހުން ބުނާ ގޮތުގައި އަންހެން މީހާ ވައްޓާލި ކަމުގެ އެއްވެސް ހެއްކެތް ލިބިފައެއް ނުވެ އެވެ.

މި ހާދިސާގައި ފުރާޅު މައްޗަށް ވެއްޓިފައި ވަނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. ފުލުހުން ވަނީ އެ އަންހެން މީހާގެ ނަން ވެސް ހާމަކޮށްފަ އެވެ. އަންހެން މީހާގެ ނަމަކީ ހައްވާ ޔުމްނާ އެވެ.

އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓިފައި އޮތްކަން ފުލުހަށް ރިޕޯޓް ކުރީ އާންމުންގެ މީހެކެވެ. އެ ރިޕޯޓް ލިބިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 7:23 ގައެވެ. އެމްއެންޑީއެފްގެ ރެސްކިއު ޓީމުގެ އެހީތެރިކަމާއެކު އަންހެން މީހާ ނެގިއިރު ވެސް ހަރަކާތް ހުރި ކަމަށް ފުލުހުން ބުނެ އެވެ.

އެއީ ކާކުކަން ދެނެގަތީ ފޭސް ރެކޮގްނިޝަން މެދުވެރިކޮށެވެ. ފުލުހަށް ހާދިސާގެ ރިޕޯޓް ލިބުނުތާ 30-45 މިނެޓާ ދެމެދު އެއީ ކާކުކަން ދެނެގެންފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.