ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން⁩ ލަތީފް (އިއްމު): ފޮޓޯ/ މަޖިލިސް
ހަބަރު
14 Nov 2024 | 18:12
މި މަސައްކަތް ކުރަނީ ހައްގުވެރިންނަށް އެ ހައްގެއް ދާއިމީކޮށް ލިބޭނެ މަގުފަހިކޮށްދޭން: ޢިމްރާން

މި ސަރުކާރުން އަދި ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރުންވެސް މަސައްކަތް ކުރައްވަނީ، ހައްގުވެރިންނަށް އެ ހައްގެއް ދާއިމީކޮށް ލިބޭނެ މަގުފަހިކޮށްދެއްވުމަށް ކަމަށް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން⁩ ލަތީފް (އިއްމު) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ޢިމްރާން ވިދާޅުވީ، އާސަންދަ އާއި އެންސްޕާ ރިފޯމް ކުރުމަކީ ދުނިޔޭގެ މާލީ އިދާރާތަކުންވެސް އެތައް ޒަމާނެއް ވަންދެން ކުރަން ބުނަމުން އައި ކަންކަން ކަމަށާ އެއީ ފަސޭހަ ކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، 65 އަހަރުން މަތީގެ މީހުންނަށް ދެވޭ އެލަވަންސް  ދޭ ގޮތް ބަދަލު ވެގެންދާނީވެސް އަންނަ އަހަރުގެ އޭޕްރީލްގެ ފަހުން ކަމަށެވެ. 

މި ބަދަލު ވެގެން އަންނަ އުސޫލުގެ ތެރެއިން، އެންމެ މުއްސަނދި މަހުޖަނު މީހާ މީގެ ބައެއް ކަންކަމުގެ ތެރެއިން އުނިވެގެން ހިނގައިދާނެ. ރިސޯޓް އޯނަރެއް 65 އަހަރުވެފައި ހުންނައިރު، މަޖިލިސް މެންބަރެއް 65 އަހަރުވެފައި ހުންނައިރު، އެނޫންވެސް މާލީ ގޮތުން ތަނަވަސް ބޭފުޅަކު 65 އަހަރުން މަތިވީމާ އެ ލިބޭ އެލަވަންސް ނުލިބިގެން އުޅުނީމާ ގަބޫލެއް ނުކުރެވޭ އެއީ އިޚްލާސްތެރި ވާހަކައެއް ކަމަކަށް

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން⁩ ލަތީފް (އިއްމު)

އިމްރާން ވިދާޅުވީ، ސަރުކާރުން ދޭ އެހީތައް ލިބެންޖެހޭނީ އޭގެ ހައްގުވެރި ފަރާތަށް ކަމަށެވެ. 

އަޅުގަނޑުމެން މިއުޅެނީ ހައްގުވާ ފަރާތަށް އެއްޗެއް ކަނޑާކަށް ނޫން. އަޅުގަނޑުމެންގެ ސަރުކާރަކުން އަދި މި މަޖިލީހުގައި މިތިބަ އަޅުގަނޑުމެންގެ އެއްވެސް މެންބަރަކު، ހައްގުވާ އެއްވެސް ފަރާތަކަށް ލިބޭ އެންސްޕާ އާސަންދަ  ކަނޑާކަށް ވޯޓެއް ނުދޭނެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހައްގުވެރިންނަށް އެ ހައްގެއް ދާއިމީކޮށް ލިބޭނެ މަގެއް ތަނަވަސްކުރަން. 

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން⁩ ލަތީފް (އިއްމު)

އެގޮތުން އިމްރާން ވަނީ އާސަންދައާއި އެންސްޕާއަށް ކަނޑައަޅާ ބަޖެޓް މަދު މަސްތަކެއްގެ ތެރޭގައި ހުސްވާކަން ފާހަގަކުރައްވައި، އެހެން އެކަން ވާން ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ. އަދި ވަށާޖެހޭ ގޮތަކަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، އެހީ ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަކީ ސަރުކާރުގެ މަގުސަދު ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.