މަޖިލީހުގެ ޖަލްސާގައު އިމްރާން ވާހަކަ ދައްކަވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
04 Jun 2024 | 12:09
19ވަނަ މަޖިލީހުން ބިމާއި ބެހޭ ގާނުނު ފާސްކުރީ، ކަނޑުފަޅުން ގޯތި ދިން އުސޫލުން: އިމްރާން

ނިމިދިޔަ، އެމްޑީޕީ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން، ބިމާއި ބެހޭ ގާނޫނު ފާސްކޮށްފައި އޮތީ، އެމްޑީޕީ ސަރުކާރުގައި ރައްޔިތުންނަށް ކަނޑު ފަޅުން ގޯތި ދިން އުސޫލުން ކަމަށް ހެންވޭރު ދެކުނު ދާއުރާގެ މެންބަރު ހުސައިން އިމްރާން ލަތީފް (އިއްމު) ވިދާޅުވެއްޖެއެވެ. 

ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ގޯތިތައް ވަކި މުއްދަތެއްގެ ތެރޭ އަަވަހަށް ދޫކުރަން ލާޒިމުވާ ގޮތަށް ބިމާބެހޭ ޤާނޫނަށް އެމްޑީޕީން އިސްލާހު ހުށަހެޅި ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޭޕްރީލް މަހުގެ 29 ގައެވެ. އޭރު އެ ބިލު ފާސްކުރީ އެމްޑީޕީ މެންބަރުންގެ އަޣުލަބިއްޔަތު ކޮންޓްރޯލްކުރި މަޖިލީހުންނެވެ.

އެ ބިލް ފާސްކޮށް ރައީސަށް ފޮނުއްވުމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގު ނުކުރައްވައި މިދިޔަ މަހުގެ 16 ވަނަ ދުވަހު އަނބުރާ ފޮނުވާލައިފައިވާއިރު މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޖަލްސާގައި އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު އިމްރާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒަކީ ހައިސިއްޔަތެއް ލިބިލެއްވި ކޮންމެ ފަހަރަކު ރައްޔިތުންނަށް ކުރިމަތުވެފައިވާ އެންމެ ބޮޑު މައްސަލަ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. 

އެގޮތުން، ހައުސިން މިނިސްޓަރ ކަމުގައި ހުންނަވައި، ބިން ހިއްކައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރެއްވުމަށް މަހާ ޖައްރާފް ގެނެސް މަސައްކަތް ފެއްޓެވި ކަމަށާ، މާލޭ މޭޔަރ ކަމުގައި ހުންނަވައިގެންވެސް އެ މަސައްކަތް ކުރިއަށް ގެންދެވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް، އޭރުގެ ސަރުކާރުގެ ފިއްތުންތަކާއި ހުރެ އެކަމަށް ގޮންޖެހުންތަކާއު ކުރިމަތިލާން ޖެހިވަޑައިގެންނެވިކަން އިމްރާން ފާހަގަ ކުރެއްވިއެވެ. 

ހައިސިއްޔަތެއް ލިބިލެއްވި ކޮންމެ ފަހަރަކު ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އަޅުގަނޑުމެންނަށް ގޯތިގެދޮރުގެ ފަސޭހަކމާއި ގޯތި ގެދޮރު ދިވެހިންނަށް ހަމަހަމަ އުސޫލެއްގެ ތެރެއިން ލިބޭނެ މަގަށް މަސައްކަތް ކުރައްވާފައި 

ހުސައިން އިމްރާން ލަތީފް (އިއްމު)

މިއާއެކު އިމްރާން ވަނީ ނިމިދިޔަ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރީ އިންތިޚާބަށް ކަޑަ ޖަހާ އުސޫލުން ކަމަށާ، ބިމާއި ބެހޭ ގާނޫނަށްވެސް އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން އިސްލާހު ގެނައީ ކަނޑުފަޅުން ގޯތި ދިން އުސޫލުން ކަމަށް ވުދާޅުވެ އެ ސަރުކާރާއި ނިމިދޔަ މަޖިލީހަށް ފާޑުވުދާޅުވެފައެވެ. 

މި ގާނުނުވެސް، (ބިމާއިބެހޭ ގާނޫނު) 19 ވަނަ މަޖިލީހުން ފާސްކޮފައިވަނީ ހަމަ ކަނޑުފަޅުން ގޯތި ދިން އުސޫލުން. ކޮޅެއް މެދެއް ނުފެނޭ. އެހެންވީމާ މި ގާނުނު އަޅުގަނޑަށް ފެންނަނީ މުރާޖާ ކުރަން، ނޫނީ މަޖިލީހުން ބޭރުކުރަން. 

ހުސައިން އިމްރާން ލަތީފް (އިއްމު)

އިމްރާން ވަނީ، ބިމާއި ބެހޭ ގާނޫނު މަޖިލީހުން ބޭރުކޮށް އަލުން ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް އައު އިސްލާހެއް 20 ވަނަ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.