މެންބަރު ހުސައިން އިމްރާން ލަޠީފް: ފޮޓޯ/ މަޖިލިސް
ހަބަރު
30 Jun 2024 | 13:22
ދަރަނި މެނޭޖްކުރުމަކީ މިނިވަންކަމާ ގުޅިފައިވާކަމެއް: ޢިމްރާން

ދަރަނި މެނޭޖްކުރުމަކީ މިނިވަންކަމާ ގުޅިފައިވާކަމެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަޠީފް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުނު ދައުލަތުގެ ދަރަނި މެނޭޖްކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ޢިމްރާން ވަނީ ދައުލަތުގެ ދަރަނި މެނޭޖްކުރަންޖެހޭ ސަބަބުތަކާއި އެކަމުގެ މުހިންމު ކަމަށް އަލިއަޅުވާލައްވާފައެވެ. 

އެގޮތުން ވިދާޅުވީ، ގައުމަށް އިޤްތިޞާދީ ލޮޅުންތަކުން އަޔަ ނުދީ، އިޤްތިޞާދު މެނޭޖްކުރުމަށް އެގައުމެއްގެ ދަރަނި މެނޭޖްކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

ދައުލަތުގެ ދަރަނި މެނޭޖް ނުކުރެވިއްޖެނަމަ ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ހިނގައިދާނެ. މީގެ އިތުރުން ދަރަނި މެނޭޖްކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށްވެސް މުހިންމު ކަމެއް. އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ގެއްލިއްޖެނަމަ ބޮންޑް ވިއްކުމަށް ހުރަސް އެޅި، ޕްރައިވެޓް ސެކްޓަރގައި އިންވެސްޓްކުރުމަށް އަންނަ އިންވެސްޓަރުން ފަސްޖެހޭން ފަށާފާނެ. މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަންކަން

މެންބަރު ހުސައިން އިމްރާން ލަޠީފް

ދަރަނި ބޮޑުވެ، ދަރަނި ދައްކަން ހޭދަކުރާ ފައިސާގެ އަދަދު ދައުލަތުގެ އާމްދަނީ އާ ނުބައްދަލު ހިސާބަކަށް ގޮސްފިނަމަ ސްރީލަންކާ ފަދަ ގައުމުތަކަށް ޖެހުނު ހާލަތު ދިވެހިރާއްޖެއަށް ޖެހިދާނެކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، ލަންކާއަށް އެ ހާލުގައި ޖެހުނީ އިގްތިޞާދީ ގޮތުން އެ ގައުމު ވެއްޓުނު އަނދަވަޅުގެ ސަބަބުން ކަމަށެވެ. 

އަޅުގަނޑުމެން ދަރިންނާއި ދަރިންގެ ދަރިންގެ އަތްމައްޗަށް ގައުމު ވާރުތަވާއިރު ކޮންމެ މީހެއްގެ ބޮލުގައި މިލިއަނުން ލޯނު އެޅިގެން ދިޔުމަކީ އެކަކުވެސް ބޭނުންވާނެ ކަމެއް ނޫން.

މެންބަރު ހުސައިން އިމްރާން ލަޠީފް 

މިއާއެކު އިމްރާން ވިދާޅުވީ، ދަރަނި މެނޭޖްކުރުމަކީ މިނިވަންކަމާ ގުޅިފައިވާކަމެއް ކަމަށެވެ. އެގޮތުން، ނިމިދިޔަ ސަރުކާރުގައި ވަކި ގައުމަކަށް އެއްކޮށް ބަރޯސާވެ، އިގްތިޞާދީ ގޮތުން އެބައެއްގެ “އަޅުވެތިކަމަށް” ރާއްޖެ ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. 

ކަންމިހެން ހުރުމުން، ސަރުކާރުން ހުށަހަޅާފައިވާ ދަރަނީގެ ބިލާއެކު ކުރިއަށް އޮތް ތަނުގައި އަންނަ ސަރުކާރުތަކަށްވެސް ޒިންމާދާރުކަމާއެކު ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް އަދި ދަރަނި ނެގުމަށް އުސޫލު ތަކެއް ކަނޑައެޅިގެންދާނެ ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ. 

އަދި ސަރުކާރުން އަޅުއްވަމުން ގެންދަވާ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވެ، ކުރީގެ ސަރުކާރުގައި އޮތް މިންވަރަށްވުރެ ރަނގަޅު ކްރެޑިޓް ރޭޓިންގ އެއް ހޯދާނެކަމީ ޔަގީން ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.