ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން⁩ ލަތީފް (އިއްމު): ފޮޓޯ/ މަޖިލިސް
ހަބަރު
12 Aug 2024 | 18:59
ގޯއްޗާއި ބެހޭ މައުލޫމާތު ދެއްވުމަށް ވަޒީރަށް ހުރަސްއަޅައި، މާލެ ރައްޔިތުންނަށް އެމްޑީޕީން ދިނީ ބޮޑު ގެއްލުމެއް: ޢިމްރާން

ގޯއްޗާއި ބެހޭ މައުލޫމާތު ދެއްވުމަށް ގެދޮރުވެރިކަމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު ވަޑައިގެންނެވުމުން އެކަމަށް ހުރަސްއަޅުއްވައި، މަޖިލީހުގެ ނިޒާމު ގެއްލުވާލައި، އިދިކޮޅު އެމްޑީޕީން މާލެ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ދީފައިވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން⁩ ލަތީފް (އިއްމު) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަޒީރު ހައިދަރު ވަޑައިގެންނެވުމުން، އެމްޑީޕީ މެންބަރުން ވަނީ ކުރީ ސަރުކާރުން ދިން ގޯތިތައް ހަވާލު ކުރާނެ އިރަކާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ، ގޯތި ދިނުން ލަސްވަނީ ކަނޑުންނާއި ފަޅުން ދީފައި ހުރުމުން ކަމަށާ، އެތަން ހިއްކުމަށްފަހު މި ސަރުކާރުން ގޯތި ދޫކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް، އެ ސަރުކާރުން ކަނޑުންނާއި ފަޅުން ގޯތި ދިން ކަމަށް ވަޒީރު ވިދާޅުވުމުން އެމްޑީޕީ މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވައި އަޑު ގަދަކުރައްވާފައެވެ. 

އެއާއެކު މަޖިލީހުގެ ނިޒާމު ގެއްލި، އެ މެންބަރުންގެ ނަން އިއްވުމަށްފަހު، ރިޔާސަތުންވަނީ ޖަލްސާ މެދު ކަނޑާލާފައެވެ. 

އެކަމަށް އިޝާރާތް ކުރައްވައި، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޢިމްރާން ވިދާޅުވީ، ވަޒީރު ހައިދަރު މަޖިލީހަށް ވަޑައިގެންނެވީ ރައްޔިތުންނަށް ސާފު މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ކަމަށެވެ.

އެހެންނަމަވެސް އިދިކޮޅު މެންބަރުން މަޖިލީހުގައި އަޑު ގަދަ ކުރައްވައި، މަޖިލީހުގެ ތަޅުމުގެ ނިޒާމް ގެއްލުވާލުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް ޢިމްރާން ވިދާޅުވިއެވެ. 

ވަޒީރު މިތަނަށް ވަޑައިގެންނެވީ ސާފު މަޢުލޫމާތުތަކެއް ފޯތުކޮށްދެއްވުމަށް. (ނަމަވެސް) އިދިކޮޅު ބައެއް މެންބަރުން، މިތަނުގައު އަޑުގަދަކޮށް، ނިޒާމް ގެއްލުވާލައި، އެ ކުރި ކަންތަކުގެ ސަބަބުން އާއްމު ރައްޔިތުންނަށް މި ލިބުނީ ވަރަށްބޮޑު ގެއްލުމެއް. އެތައް ދުވަހަކު އަޅުގަނޑުމެން މަޑުކޮށްގެން މި ތިބީ، ސާފު މައުލޫމާތު ހޯދުމަށް. އެ ފުރުސަތު މިއަދު ގެއްލުވާލީ އިދިކޮޅު މެންބަރުން. އެކަމާ އަޅުގަނޑު ހިތާމަ ކުރަން.

ހުސައިން އިމްރާން⁩ ލަތީފް (އިއްމު) 

މިއާއެކު ޢިމްރާން ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ގޯތި ދޫކުރީ ކަނޑާއިން ފަޅުން ކަމަށް، ވަޒީރު ވިދާޅުވުމުން، އެ ހަގީގަތް ގަބޫލުނުކުރައްވައި، އެކަމާއި ރުޅިއަތުވެގެން މަޖިލީހުގެ ނިޒާމް ގެއްލުވާލާނީ “ވަރަށް ފެންވަރު” ދަށްވީމަ ކަމަށެވެ. 

ހާދަހާ ފެންވަރު ދަށްވީމައޭ އެ ބޭފުޅުން ކުރި ކަމެއްގެ ވާހަކަ އެ ބޭފުޅުންނަށް ދެންނެވީމާ ހަޖަމް ނުވާނީ 

ހުސައިން އިމްރާން⁩ ލަތީފް (އިއްމު) 

ޢިމްރާން އިތުރަށް ވިދާޅުވީ ބުއްދި ސަލާމަތުން ހުރި ސަރުކާރަކުން ޖައްވާއި ފަޒާއިން ރައްޔިތުންނަށް ގޯތި ނުދޭނެ ކަމަށެވެ. އަދި އެފަދައިން ކަން ކުރަނީ ކޮން ވޯޓެއް ހޯދުމަށްތޯވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.