މުދައްރިސުންނަކީ ދަރީންގެ މުސްތަޤުބަލާއި ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތްތައް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
އެ ބޭފުޅުންގެ ހީވާގިކަމާއި ޚިދުމަތަށް ޝުކުރު ހައްޤު ކަމަށާއި މެދުނުކެނޑި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވެފައިވެއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ތައުލީމީ ދާއިރާއަށް އާ ގޮންޖެހުންތައް ކުރިމަތިވެ އެ ފަންނު ބަދަލުވަމުން ދާ ހިނދު މުދައްރިސުންނަށް ފުރިހަމަ ޤަދަރާއި ބާރު ލިބޭނެ ގޮތް ހަމަޖެއްސުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
ކޮންމެ އަހަރެއްގެ ވެސް ދުނިޔޭގެ ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް އެ ދާއިރާ ހަރުދަނާ ކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށެވެ.
ފާހަގަކޮށްލެވޭ ގޮތެއްގައި މިއަހަރަކީ ދުނިޔޭ ޓީޗަރުންގެ ދުވަސް ފާހަގަކުރާތާ 60 އަހަރު ފުރޭ އަހަރެވެ. އެގޮތުން މިއަހަރު ޔުނެސްކޯގެ ޓީޗަރުންގެ ދުވަހުގެ ތީމަކީ "ސްޓޭންޑިންގ ވިތް ޓީޗާރސް" (ޓީޗަރުންނާ އެކީ ދެމިހުރުން) އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists