ޣައްޒާ
ދުނިޔެ
07 Dec 2025 | 08:06
”ޤަތުލްޢާއްމު މެދުކަނޑާލުމުގެ އެއްބަސްވުން އޮތީ ”ނާޒުކު ފައްތަރެއްގައި“، އަލުން ފަށާފާނެ“

ހައްދުފަހަނައަޅާފައިވާ އިސްރާއިލުން ޣައްޒާއަށް ދެމުންދިޔަ ހަމަލާ ހުއްޓާލުމަށް އެއްބަސްވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމުމަކާ ގާތްވެފައިވާ ކަމަށާ، އެއާއެކު އަލުން ޤަތުލްޢާއްމު ފެށުމުގެ ބިރު އޮތްކަމަށް ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލް ޘާނީ ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، ގަތުލްއާއްމު މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފެށުމަށް އަދިވެސް ކުރިއެރުމެއް ލިބިފައިނުވާތީ، މިއީ "ނާޒުކު ދަނޑިވަޅެއް" ކަމަށެވެ.

އަދި އެއްބަސްވުމުގައި ހިމެނޭ އިސްރާއީލުގެ ރަހީނުންގެ ތެރެއިން މިހާރު ހަމާސްޖާޢަތުގެ ބާރުގެ ދަށުގައި މިހާރުވަނީ އެންމެ ރަހީނެއްގެ ހަށިގަނޑު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ދޯހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް މުޙައްމަދު އިތުރަށް ވިދާޅުވީ، އެމެރިކާ އިސްކޮށް ބައިނަލްއަޤްވާމީ މެދުވެރިން ދަނީ ދެވަނަ މަރުހަލާއަށް ކުރިއަށް ދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

"އަޅުގަނޑުމެން މި ކޮށްފައިވަނީ ހަމައެކަނި ޕޯޒްއެއް, މެދުކެނޑުމެއް. މިއީ އަދިވެސް ފުރިހަމަ ހަމަލާ ހުއްޓާލުމެއް ކަމަށް އަޅުގަނޑުމެންނަކަށް ނުބެލެވޭނެ." އެމަނިކުފާނު ވިދާޅުވިއެވެ.

ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލް ޘާނީ 

އެއްކޮށް ހަމަލާ ހުއްޓާލުމަކަށް އިސްރާއީލުގެ ސިފައިން މުޅިން ޣައްޒާއިން ފައިބައި، ޣައްޒާގައި ހަމަޖެހުން ގާއިމުވެ، މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުސަތު ލިބުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މި ޝަރުޠުތައް އަދި ފުރިހަމަވެފައިނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ އަހަރަށްވުރެ ގިނަ ދުވަހު ހިނގި މި ޤަތުލްއާއްމުގެ އެންމެ ބޮޑެތި ހަމަލާތައް ހުއްޓުމަކަށް އައި ނަމަވެސް، ޣައްޒާގެ ސިއްޙީ އޮފިޝަލުން ބުނާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި 360 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. އެންމެ ފަހުގެ ހަމަލާގައި، ޣައްޒާ ސިޓީގެ ހުޅަނގު އުތުރުގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ދެ ފަލަސްތީނު މީހުން ޝަހީދުވި ކަމަށް ޝިފާ ހޮސްޕިޓަލުން ރިޕޯޓުކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ