ޣައްޒާގައި ޝަހީދު ކޮށްލެވުނު ނޫސްވެރިންގެ ފޮޓޯ
ދުނިޔެ
10 Dec 2025 | 08:15
ނޫސްވެރިން މެރުމުންވެސް އެއްވަނަ އިސްރާއިލަށް؛ މިއީ އެ ލިސްޓުގެ ކުރީގައި އޮންނަތާ ތިންވަނަ އަހަރު

2025 ވަނަ އަހަރު އެންމެ ގިނަ ނޫސްވެރިން މަރާލާފައިވަނީ ނިރުބަވެރި އިސްރާއިލު ޖަމާޢަތުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އެންމެ ގިނަ ނޫސްވެރިން މަރާލި ބަޔަކަށް އިސްރާއިލު ވި ތިންވަނަ ފަހަރެވެ.

ރިޕޯޓަރުސް ވިތައުޓް ބޯޑަރސް (އާރްއެސްއެފް) އިން އަންގާރަ ދުވަހު ނެރުނު އަހަރީ ރިޕޯޓުގައިވާގޮތުން، ޣައްޒާގައި ނަސްލު ނައްތާލުމަށް އިސްރާއިލުން ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން މިއަހަރު އެކަނިވެސް ފަލަސްތީނުގެ 29 ނޫސްވެރިން ވަނީ ޝަހީދުކޮށްލާފައެވެ.

އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މި އަހަރު ޖުމްލަ 67 ނޫސްވެރިން މަރާލާފައިވާކަމަށް ރިޕޯޓުގައިވާއިރު މިދިޔަ އަހަރު މަރާލާފައިވަނީ 66 ނޫސްވެރިން ކަމަށް ބުނެފައިއެވެ. 

"މިއީ ނޫސްވެރިންނަށް ނަފްރަތުކުރުމުގެ ނަތީޖާ. އެ ނަފުރަތުގެ ސަބަބުން މި އަހަރު 67 ނޫސްވެރިން މަރާލެވުނީ. އެއީ ނޭނގި ނުވަތަ އެކްސިޑެންޓްލީ ވީ ކަމެއް ނޫން. އަދި އެއީ އެހެން ކަމަކާ ގުޅިގެން ކުރި ކަމެއްވެސް ނޫން. އެމީހުން މަރާލާފައިވަނީ އެމީހުންގެ މަސައްކަތުގެ ސަބަބުން. އެމީހުންނަކީ ނޫސްވެރިންނަށް ވީމާ“

އާރްއެސްއެފްގެ ޑިރެކްޓަރ ޖެނެރަލް ތިބޯ ބްރޫޓިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބުރޫޓިން ވަނީ ނޫސްވެރިން ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ ޖަމިއްޔާތަކާ ސަރުކާރުތަކުންވެސް ނުކުޅެދިފައިފައިވާކަން ފާހަގަކޮށްފައެއެވެ.

ނޫސްވެރިންނަށް ދުނިޔޭގައި އެންމެ ނުރައްކާތެރި ދެވަނަ ގައުމަކީ މެކްސިކޯއެވެ. މިދިޔަ އަހަރު އެގައުމުން 9 ނޫސްވެރިން މަރާލާފައިވެއެވެ. އަދި ޔުކްރެއިން 3 ނޫސްވެރިން މަރުވެފައިވާއިރު، ސޫދާނުން މި އަހަރު 4 ނޫސްވެރިން މަރުވެފައިވެއެވެ. އާރްއެސްއެފް އިން ބުނާ ގޮތުގައި، މިގައުމުތަކަކީ ނޫސްވެރިންނަށް ވަރަށް ނުރައްކާތެރި ގައުމުތަކެކެވެ.

މީގެ އިތުރުން މިދިޔަ އަހަރު ނޫސްވެރިން ޖަލަށް ލެވިފައިވާ އަދަދުތައްވެސް އާރްއެސްއެފް އިން އާއްމު ކޮށްފައިވާއިރު ލިސްޓުގެ ކުރީގައި އޮތް ޗައިނާއިން ވަނީ 121 ނޫސްވެރިން ޖަލަށްލާފައެވެ. އަދި ރަޝިޔާއިން 48 ނޫސްވެރިން ޖަލަށްލާފައިވާއިރު މިޔަންމާ އިން 47 ނޫސްވެރިން ޖަލަށްލާފައިވެއެވެ. 2025 ވަނަ އަހަރުގެ ޑިސެމްބަރ 1 ގެ ނިޔަލަށް، 47 ގައުމަކުން 503 ނޫސްވެރިން ހައްޔަރުކޮށްފައިވެއެވެ.

ރިޕޯޓުން ހާމަވި ގޮތުގައި، މިއަހަރު، 37 ގައުމަކުން 135 ނޫސްވެރިން ގެއްލިފައިވާއިރު، 20 ނޫސްވެރިން ވަނީ ރަހީނުކޮށްފައެވެ. މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި މަރުވި 67 ނޫސްވެރިންގެ ތެރެއިން 43 އިންސައްތަ ޝަހީދުކޮށްލާފައިވަނީ އިސްރާއިލުގެ އަސްކަރިއްޔާއިން ކަމަށް އާރްއެސްއެފްއިން ބުނެއެވެ.

ޣައްޒާގައި ނޫސްވެރިންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާއަކީ އޮގަސްޓު 25 ވަނަ ދުވަހު ޣައްޒާގެ ދެކުނުގައިވާ ހޮސްޕިޓަލަކަށް ދެފަހަރެއްގެ މަތިން ދިން ހަމަލާއެކެވެ. މި ހަމަލާގައި 5 ނޫސްވެރިން ޝަހީދުވިއެވެ. އޭގެ ތެރޭގައި އަލްޖަޒީރާގެ ފޮޓޯގްރާފަރ މުހައްމަދު ސަލާމާގެ އިތުރުން ރޮއިޓަރސް އަދި އެސޯސިއޭޓެޑް ޕްރެސްގެ ނޫސް އެޖެންސީތަކަށް މަސައްކަތްކުރާ ނޫސްވެރިން ހިމެނެއެވެ.

ޝަހީދުކޮށްލާފައިވާ އަލްޖަޒީރާގެ ނޫސްވެރިޔާ ޝިރީން އަބޫ އަގްލާގެ ނަމުން ނަންދެވިފައިވާ، ޝިރީން.ޕީއެސް ވެބްސައިޓުގައި ބުނެފައިވާގޮތުން، ޣައްޒާގެ ނަސްލު ނައްތާލުމުގެ ޖަރީމާ ފެށުނުތާ 26 މަސް ދުވަހުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި ގާތްގަނޑަކަށް 300 ނޫސްވެރިންނާއި މީޑިއާގެ މަސައްކަތްތެރިން ވަނީ ޝަހީދުކޮށްލާފައެވެ. އެއީ ކޮންމެ މަހަކަށް ބަލާނަމަ މަހަކު 12 ނޫސްވެރިންނެވެ.

މީޑިއާ ގްރޫޕްތަކާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އެދެމުންދިޔަ ނަމަވެސް، އިޒްރޭލުން ވަނީ ޣައްޒާއަށް ބޭރުގެ ނޫސްވެރިން ވަނުން މަނާކޮށްފައެވެ. ބޭރުގެ ނޫސްވެރިންނަށް ވަނުމުގެ ހުއްދަ އޮންނަނީ އިސްރާއިލުގެ އަސްކަރިއްޔާއިން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރާ ދަތުރުތަކުގައި އެކަންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.