އެމެރިކާގެ ރައީސް ޓްރަމްޕް
ދުނިޔެ
17 Dec 2025 | 11:17
އިތުރު ހަ ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުން މަނާކޮށްފި، ސީރިޔާއާ ފަލަސްތީނުވެސް ހިމެނޭ

އެމެރިކާއަށް ދަތުރުކުރުމަށް މަނާކުރެވިފައިވާ ގައުމުތަކުގެ ލިސްޓަށް ހަ ގައުމެއް އިތުރުކޮށްފިއެވެ. މި ގައުމުތަކުގެ ތެރޭގައި ފަލަސްތީނާއި ސީރިޔާ ވެސް ހިމެނެއެވެ.

މުސްލިމުންދާ ދެކޮޅަށް ހަރުކަށި އުސޫލުތަކެއް ގެންގުޅޭ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގުމަށް އެގައުމުގެ އިމިގްރޭޝަނުން ނިންމި މި ނިންމުން އާންމުކުރީ އަންގާރަ ދުވަހު ވައިޓް ހައުސްއިންނެވެ.

އެގޮތުން ވައިޓް ހައުސްއިން ނެރުނު ބަޔާނުގައި، އެގައުމަށް ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓަށް އިތުރުކޮށްފައިވަނީ، ފަލަސްތީނު، ބުރުކީނާ ފާސޯ، މާލީ، ނައިޖީރިއާ، ދެކުނު ސޫދާން އަދި ސީރިޔާއެވެ.  އެއާއެކު ޖުމްލަ 18 ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުން މިވަނީ މަނާ ކޮށްފައެވެ. 

އެމެރިކާ އަކީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ގައުމަކަށް ނުވާއިރު، ބޭން ކުރެވުނު ގައުމުގެ ތަކުގެ ލިސްޓުގައިވެސް ފަލަސްތީނު އޭ ލިޔުމުގެ ބަދަލުގައި ލިޔެފައި އޮތީ، 'ފަލަސްތީނު އޮތޯރިޓީގެ ޑޮކިޔުމަންޓްސް' އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަކީ ކޮބައިކަން ހާމަކޮށް ލިޔެފައިވަނީ އެއީ 'ފަލަސްތީނު އޮތޯރިޓީއިން ނެރެފައިވާ ނުވަތަ ތާއީދުކޮށްފައިވާ ދަތުރުފަތުރުގެ ލިޔެކިޔުންތަކުގައި ދަތުރުކުރަން މަސައްކަތްކުރާ ފަރާތްތައް' ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުން މަނާކުރި ސަބަބު ހާމަކޮށް ވައިޓް ހައުސްއިން ބުނެފައިވަނީ "އެމެރިކާއިން ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ގިނަ ޖަމާއަތްތައް ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހަރަކާތްތެރިވާ ކަމަށާއި، އެމީހުން އެމެރިކާގެ ރައްޔިތުން ގަތުލުކޮށްފައިވާ“ ކަމެވެ.

އަދި ފަލަސްތީނުގައި އިސްރާއިލުން ހިންގިޖަރީމާތަކާ ގުޅުވައިވެސް އެމެރިކާއިން ކުށްވެރިކޮށްފައި އޮތީ ފަލަސްތީނެވެ. އެގޮތުން ގަތުލް އާއްމު ހިންގީ އިސްރާއިލުން ކަމަށްވިޔަށް އެ ބަޔާނުގައިވާ ގޮތުން، އެމެރިކާގެ ސަލާމަތަށް ނުރައްކާވަނީ ފަލަސްތީނުގެ ރައްޔިތުންނެވެ. 

މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުން އެމެރިކާ މީހުން މަރާކަމަށް ބުނާއިރު ތަފާސް ހިސާބުތަކުން އެނގޭ ގޮތުން އެމެރިކާގެ ރައްޔިތުން މަރާފައިވަނީ އިސްރާއިލު ޖަމާޢަތުގެ މީހުންނެވެ. އެގޮތުން، އިސްރާއިލުގެ މީހުން ވަނީ މަދުވެގެން ދެ އެމެރިކާ ރައްޔިތުން މަރާލާފައިވާ ކަން އެނގެއެވެ.

މީގެ އިތުރުން ސީރިޔާއިން އެމެރިކާއަށް ދަތުރުފަތުރުކުރުން މަނާކުރިއިރު މިދިޔަ ނޮވެމްބަރު މަހު ސީރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާ ވައިޓް ހައުސްއަށް ކުރި ޒިޔާރަތަށްފަހު ވޮޝިންގޓަންއާއި ދިމިޝްގްއާ ދެމެދު ގުޅުން ބަދަހިވަމުންދާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. 

ވައިޓް ހައުސްއިން ބުނެފައިވަނީ "ސީރިޔާގައި އަދިވެސް ޕާސްޕޯޓު ނުވަތަ ސިވިލް ލިޔެކިޔުންތައް ނެރެން އެކަށީގެންވާ މަރުކަޒީ އިދާރާއެއް ނެތް ކަމަށާއި، އަދި އެކަށީގެންވާ ސްކްރީނިންގ ފިޔަވަޅުތަކެއް ނެތުމުން." އެގައުމުގެ ރައްޔޮތުންވެސް އެމެރިކާއަށް ދަތުރުކުރުން މަނާކުރީއެވެ. 

މީގެ ކުރިންވެސް ޓްރަމްޕްގެ ވެރިކަމުގައި މުސްލިމުން އެމެރިކާއަށް ވަނުން މުޅިން މަނާކުރުމަށް އޭނާ ގޮވާލިއެވެ. އަދި މި ދައުރު ފެށި އިރު، މުސްލިމު ގިނަ ގައުމުތަކަކުން އެމެރިކާއަށް ދަތުރުފަތުރުކުރުމަށް ހުރަސް އެޅިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.