ޣައްޒާގެ ކުދިންތަކެއް
ހަބަރު
30 Dec 2025 | 08:23
ފެންވަޅެއް ބިނާކޮށްގެން ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ފުރުސަތު

ފެންވަޅެއް ބިނާ ކޮށްގެން ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އިން "ތަޖްރީ" ގެ ނަމުގައި ހިންގާ ޞަދަޤާ ޖާރިޔާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ދިރިއުޅެމުންދާ މުސްލިމުންނަށް ފެންވަޅު ބިނާ ކޮށްދިނުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލާފައިވާއިރު، މިހާރު އެ ކެންޕެއިންގެ ދަށުން ޣައްޒާގައިވެސް ފެންވަޅު ބިނާ ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. 

މި ހެޔޮ މަސައްކަތުގައި ބައިވެރިވެ، ޞަދަޤާ ޖާރިޔާގެ ޘަވާބު ހާސިލް ކުރުމަށް އެދޭ ފަރާތްތަކުން، "ތަޖްރީ" އަށް އެހީވުމަށް ތިރީގައިވާ އެކައުންޓައް ފަްިސާ ޖަމާކުރުމުން އެކަން ހަމަޖެހިގެންދާނެ ކަމަށް އައިއޭސީން ބުނެއެވެ.

ބީއެމްއެލް އިސްލާމިކް: 7770000062742

އިސްލާމިކްބޭންކް: 90101555002111002

އެކައުންޓް ލޭބަލް: Sadaqa Jaariya

އައިއޭސީގެ "ތަޖްރީ" ކެންޕެއިންގެ ތެރެއިން ދެމިގެން ދަނިވި ޞަދަޤާތުގެ އެތައް ޕްރޮޖެކްޓްތަކެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ. މި ކެންޕެއިންގެ ދަށުން އެމީހެއް ނުވަތަ އެމީހެއްގެ ޢާއިލާގެ މީހެއްގެ ނަމުގައިވެސް ފެންވަޅު ބިނާ ކުރުމުގެ ފުރުސަތު އޮވެއެވެ. މިއީ ތިމާ ނުވަތަ އެ ގާތްތިމާގެ ފަރާތް ނޫނީ ރަހުމަތްތެރިޔާ މަރުވެދިޔުމަށްފަހުވެސް ޘަވާބު ލިބިލިބި ހުންނާނެ ދިމެގެންދާ ޞަދަޤާތެކެވެ.

"ތަޖްރީ" ގެ ހާއްސަ ކަމަކީ އެމީހަކަށް ދެވުނު މިންވަރެއް ދީގެން މި ޕްރޮޖެކްޓްތަކުގައި ބައިވެރި ވެވުމުގެ ފުރުޞަތު ހުޅުވާލެވިފައިވުމެވެ.

އިސްރާއިލުން ޣައްޒާގައި ހިންގި އަދި ހިންގަމުންދާ ޤަތުލުޢާއްމާ ގުޅިގެން އެތައް ބައެއްގެ ގެދޮރު ގެއްލި، ދަތިހާލުގައި ދިރިއުޅެމުންދާއިރު، އެ މުސްލިމު އަޚުންނާއި އުޚުތުންނަށް ސާފު ބޯފެން ލިބުންވެސް ވަނީ ވަރަށް ދަތި ކަމަކަށް ވެފައެވެ.

އޭގެ ސަބަބުން ޑީހައިޑްރޭޓް ވުމާއި، ސާފު ބޯފެން ނުލިބުމުގެ ސަބަބުން ޖެހޭ ބަލިތައްވެސް ފެތުރިފައިވާކަމަށް ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

އައިއޭސީގެ މި މަޝްރޫޢުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

އައިއޭސީން ބުނެފައިވާ ގޮތުގައި، އެ ޖަމިއްޔާއިން ހިންގާ ޕްރޮޖެކްޓްތަކުގެ އަގުތައް ހެދިފައިވާނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭ ގޮތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.