ލޯންޗެއް- ފޮޓޯ/ އެލައިޑް
ވިޔަފާރި
05 Jul 2026 | 12:27
އެލައިޑް މެރިން ހަލް އިންޝުއަރެންސް؛ ކަނޑު އުޅަނދުފަހަރަށް ފުރިހަމަ ރައްކާތެރިކަން

ދިވެހިރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު، ދަތުރުފަތުރާއި އިގްތިސާދީ ގިނަ މަސައްކަތްތަކެއް ކަނޑުމަތީގައި ކުރާ ގައުމަކަށް ވުމުން، ކަނޑު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަކީ ކޮންމެ އުޅަނދުވެރިއަކަށްމެ ނުހަނު މުހިންމު ކަމެކެވެ.

އެލައިޑް އިންޝުއަރެންސްގެ "މެރިން ހަލް" އިންޝުއަރެންސް އަކީ ކަނޑު ދަތުރުފަތުރުގެ މަސައްކަތްތަކުގައި ދިމާވާ އެކި ހާދިސާތަކުގެ ސަބަބުން އޮނނިގަނޑަށާއި (ހަލްއަށާއި)، އިންޖީނަށާއި، މެޝިނަރީ އަދި އުޅަނދުގައި ހުންނަ އެހެނިހެން ސާމާނުތަކަށް ލިބޭ ގެއްލުންތަކުން މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތުގެ ދަށުން "ސްމާޓް ކޯޓް" މެދުވެރިކޮށް އަގުތައް ބަލާލުމުގެ ފުރުސަތު ލިބިގެންދެއެވެ.

އިންޝުއަރެންސް ކަވަރޭޖްގެ ބާވަތްތައް

އެލައިޑް މެރިން ހަލް އިންޝުއަރެންސްގެ ދަށުން މައިގަނޑު ދެ ބާވަތެއްގެ ކަވަރޭޖް އިޚްތިޔާރު ކުރެވެއެވެ. އެއީ:

އިންސްޓިޓިއުޓް ޓައިމް ކްލޯސަސް ހަލްސް - ޓޯޓަލް ލޮސް އޮންލީ: މި ކަވަރޭޖްގެ ދަށުން ބަދަލުދެވޭނީ އުޅަނދު އެއްކޮށް ހަލާކުވެއްޖެ ނަމަ ނުވަތަ މަރާމާތު ނުކުރެވޭ ވަރަށް ގެއްލުންވެއްޖެ ހާލަތްތަކުގައި އެކަންޏެވެ.

އިންސްޓިޓިއުޓް ޓައިމް ކްލޯސަސް ހަލްސް – ފުލް ކަވަރ: މި ކަވަރޭޖަކީ އުޅަނދަށް ލިބޭ ކުދި އަދި ބޮޑެތި ހުރިހާ ގެއްލުންތަކެއް ހިމެނޭހެން ފޯރުކޮށްދޭ ފުރިހަމަ ރައްކާތެރިކަމެކެވެ.

މި ދެ ކަވަރޭޖްގެ ތެރޭގައިވެސް "ސެލްވޭޖް" ނުވަތަ އުޅަނދު ސަލާމަތްކުރުމަށް ހިނގާ ޚަރަދުތަކާއި، ގެއްލުން ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ޚަރަދުތައް ހިމެނެއެވެ.

ކަވަރުކޮށްދޭ މައިގަނޑު ހާދިސާތައް

މި އިންޝުއަރެންސްގެ ދަށުން ތިރީގައިވާ ކަންކަމުން ލިބޭ ގެއްލުންތަކަށް ބަދަލު ލިބިދެއެވެ.

- ކަނޑުމަތީގައި ދިމާވާ ހާދިސާތަކުން ލިބޭ ގެއްލުންތަށް

- ކަނޑު ފޭރުމުގެ އަމަލުތައް

- އަލިފާނުގެ ހާދިސާތަކާއި ގޮވުންތައް

- އުޅަނދު ސަލާމަތް ކުރުމަށް މުދާ ކަނޑަށް އުކާލުން

- މަތިންދާބޯޓު ފަދަ އެއްޗެއް ޖެހުން ނުވަތަ ބަނދަރުގެ ވަސީލަތެއްގައި ޖެހި ހިނގާ ހާދިސާތައް

- ބިންހެލުން ނުވަތަ ހޮނު އެޅުން

- މުދާ ބަރުކުރުމުގައި ނުވަތަ ބޭލުމުގައި ދިމާވާ އެކްސިޑެންޓްތައް

- ބޮއިލަރު ގޮވުން، ޝާފްޓް ބިންދައިގެން ދިއުން ނުވަތަ އިންޖީނުގެ މައްސަލައެއްގެ ސަބަބުން ދިމާވާ ކަންކަން

- ފަޅުވެރިންގެ ނުވަތަ މަރާމާތުކުރާ ފަރާތްތަކުގެ އިހުމާލުން ލިބޭ ގެއްލުންތައް

އިޚްތިޔާރީ ކަވަރޭޖް

މީގެ އިތުރުން، އިތުރު ޕްރީމިއަމްއަކާއެކު "ޕަސެންޖަރ ލައިބިލިޓީ" ނެގުމުގެ ފުރުސަތު އޮވެއެވެ. މީގެ ދަށުން އުޅަނދުން ދަތުރުކުރާ ފަސިންޖަރުންގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ލިބޭ އަނިޔާތަކާއި، އެމީހުންގެ މުދަލަށް ލިބޭ ގެއްލުންތަކަށް ބަދަލުދެވޭނެއެވެ.

އިސްތިސްނާވާ ކަންކަން

ހަނގުރާމައާއި ހަޅުތާލުގެ ސަބަބުން ލިބޭ ގެއްލުންތަކާއި، ގަސްތުގައިދޭ ގެއްލުންތަކުގެ އިތުރުން ނިއުކްލިއަރ ހަތިޔާރު ފަދަ ވަސީލަތްތަކުން ލިބޭ ގެއްލުންތަކަށް މި އިންޝުއަރެންސްގެ ދަށުން ބަދަލެއް ނުލިބޭނެއެވެ.

ކްލެއިމް ހުށަހެޅުމާއި މުހިންމު އިރުޝާދުތައް

ހާދިސާއެއް ދިމާވެއްޖެނަމަ ލަސްނުކޮށް އެލައިޑަށް އެންގުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން 1600 އަށް ގުޅައިގެން ނުވަތަ އަށް އީމެއިލްކޮށްގެން އެންގިދާނެއެވެ. [email protected]

ސަމާލުކަންދޭންވީ ކަންތައްތައް

- ގެއްލުން ކުޑަކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުން.

- އަލިފާނުގެ ހާދިސާ، ވައްކަން ނުވަތަ އެކްސިޑެންޓެއް ހިނގައިފިނަމަ ފުލުހުންނަށް އަންގައި ރިޕޯޓް ކުރުން.

- އިންޝުއަރެންސް ކުންފުނީގެ ހުއްދައާ ނުލައި މަރާމާތުގެ މަސައްކަތް ނުފެށުން.

- ހަލާކުވި ތަކެތި އިންސްޕެކްޓް ކުރެވެންދެން ރައްކާތެރިކޮށް ބެލެހެއްޓުން.

- ކުންފުނީގެ ލިޔުމުން ލިބޭ ހުއްދައަކާ ނުލައި، އެއްވެސް ފަރާތަކަށް ބަދަލުދޭނެ ކަމުގެ ޔަގީންކަން ނުދިނުން.

ކަނޑު ދަތުރުފަތުރަކީ ގުދުރަތީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ގިނަ ގޮންޖެހުންތަކެއް ހުރި މަސައްކަތަކަށް ވީހިނދު، އެލައިޑް މެރިން ހަލް އިންޝުއަރެންސަކީ އުޅަނދުވެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިއީ އުޅަނދަށް ލިބޭ ގެއްލުންތަކުން ކުރިމަތިވެދާނެ ބޮޑު މާލީ ބުރައިން ސަލާމަތްވެ، ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރުގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް އޮތް އެންމެ އިތުބާރު ހުރި މަގެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Sep 2026
ޑްރަގް ނެޓްވޯކެއްގެ އިސް ދެ މީހަކު 17.7 ކިލޯގެ ޑްރަގާއެކު ހައްޔަރުކޮށްފި
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އާއި ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ.
04 Sep 2026
ތޭރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލައެއް
03 Sep 2026
ސްރީލަންކާ ބަލިކޮށް ރާއްޖޭގެ ޒުވާން ޓީމް، އޭޝިއަންކަޕް ކޮލިފައިން ފޭސްގެ ޖާގައެއް ހޯދައިފި
މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާއިރު، އެއްވެސް މެޗެއްގައި ރާއްޖޭގެ ބައިކޮޅަށް ލަނޑެއް ވަދެފައި ނުވާކަން ފާހަގަކޮށްލެވެއެވެ
03 Sep 2026
މަސްތުވާތަކެއްޗާއި އެކު މާލެއިން ތިން ޒުވާނަކު ހައްޔަރުކޮށްފި
03 Sep 2026
އަސްކޮއި ގްރޫޕުން ލަނޑުދިން ބަޔަކަށް ފައިސާ ދައްކަން ކޯޓުގެ ހުކުމެއް
ސިވިލްކޯޓުގެ ހުކުމްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން 7 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ހަލާސްކުރަންޖެހޭ ކަމަށެވެ. މި ދައުވާގައި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދަން ދައުވާކުރި 42،000 ރުފިޔާ ނަގައިދިނުމަށް އެދިފައެއް ނުވެއެވެ
03 Sep 2026
ސިނަމާލެ ބްރިޖް ހައިވޭ އެންމެ ބާރުބޮޑު ގަޑީގައި އެކްސިޑެންޓެއް
ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލެއް އެކްސިޑެންޓްވެފައިވާއިރު، މަގުގައި އިށި އިނދެލައިގެން އަންހެނަކު ބޮލުގައި ހިފަހައްޓާލައިގެން އިނެވެ
03 Sep 2026
5 މިލިއަން ގަސް ޕްރޮގްރާމަށް ކެރެލާއިން ހާހަކަށްވުރެ ގިނަ ގަސް ހަދިޔާކޮށްފި
މި އެހީގެ ދަށުން ހަދިޔާކުރުމަށް ނިންމާފައިވާ ގަސްތަކުގެ ތެރޭގައި 500 އަނބު ގަހާއި 500 ޓީކް ގަސް ހިމެނެއެވެ.
03 Sep 2026
މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވަން ފުލުހުންގެ ހަރަކާތްތަކެއް
މިއަދު ވަނީ ސްކޫލްތައް ކައިރީގައި މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ.