އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
03 Aug 2026 | 22:50
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު

ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ވާހަކަތައް ދައްކަނީ އެއްވެސްކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށް ސަރުކާރުގެ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބާޒާރުގައި ތަކެތީގެ އަގުބޮޑުވެ ރައްޔިތުންނަށް ތަކްލީފަކަށް ވެއްޖެކަން ފާހަގަކޮށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންގެންދާ ވާހަކަތަކާ ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ، ބާޒާރުގައި ތަކެތި އަގުބޮޑުކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ދައްކަމުންގެންދާ ވާހަކަތައް ސާފް ނުވާކަމަށެވެ. އެގޮތުން މިނިސްޓަރު ސައީދު ވަނީ ބައެއް ފަރާތްތަކުން އަގުބޮޑުަކަމަށް ފާހަގަކުރި ބައެއް ތަކެތި ބާޒާރުގައި އެފަރާތްތަކުން ފާހަގަކުރި އަގުތަކަށްވުރެ ހެޔޮއަގުގައި ލިބެންހުރިކަމާއި ލިބެންހުރި ތަންތަންވެސް ކިޔާދެއްވާފައެވެ.

މީގެ އިތުރުން ބައެއް ޤައުމުތަކަށްވުރެ މިއަދުވެސް ރާއްޖޭގައި ނިސްބަތުން ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ އަގުހެޔޮކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ އިންޑިއާ، ޔޫއޭއީ އަދި ސިންގަޕޫރުގައި ތެލުގެ އަގުތައް ލިބެންހުރި މިންވަރާއި ރާއްޖޭގައި އާންމުނަށް ތެއޮ ވިއްކާއަގާ ގުޅޭގޮތުން ވހަކަ ދައްކަވާފައެވެ. އެގޮތުން ސިންގަޕޫރު އަދި އިންޑިއާއަށްވުރެ ރާއްޖޭގައި ޕެޓްރޯލްގެ އަގު ހެޔޮކަން މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ވިސްނުމަކީ އޮގަސްޓް 12 އަދި 13 މި ދެ ދުވަހު ޤައުމު ހަލަބޮލިކުރުން ކަމަށާއި މިއީ ކޮންމެ އަހަރަކުވެސް އެފަރާތްތަކުން ކުރަމުން އަންނަ ކަމެއްކަމަށެވެ. ސަރުކާރުގެ އިގްތިސާދީ ކަންކަމަށް އިދިކޮޅުފަރާތްތަކުން ހަޖޫ ޖަހަމުންދާއިރު، ކަންކަނ ްކުރަންވީ ރަނގަޅު ގޮތުގެ ވާހަކަ އެފަރާތްތަކަށް ބުނެ ނުދެވޭކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.