އިޒްރޭލުގެ ހަތިޔާރު މައުރަޒުގެ ތެރެއިން: ފޮޓޯ/ އޭއެފްޕީ
ދުނިޔެ
09 Dec 2025 | 08:30
ޣައްޒާ ޤަތުލްޢާއްމުގެ ވީޑިއޯ ”އިޝްތިހާރުކޮށްގެން“ އިސްރާއިލުން ހަތިޔާރު ވިއްކަނީ

ޣައްޒާގެ މުސްލިމު އަޚުންނާއި އުޚުތުންނާ ދެކޮޅަށް ނިރުބަވެރި އިޒްރޭލުން ހިންގި ގަތުލުއާއްމުގެ ވީޑިއޯ ދައްކައިގެން، ހަމަލާތަކުގައި ބޭނުންކުރާ ހަތިޔާރު ޔޫރަޕާއި އަދި އޭޝިޔާގެ ޤައުމުތަކަށް ވިއްކުމަށް ހުށަހަޅައިފިއެވެ.

އިޒްރޭލުގެ "ޑިފެންސް ޓެކް ވީކް" ގެ ދަށުން މި ހަފްތާގެ ހޯމަ އަދި އަންގާރަ ދުވަހު ގެންދިޔަ މި އިވެންޓްގައި ޣައްޒާއަށް އިޒްރޭލުން ދިން ދެ ހަމަލާއެއްގެ ވީޑިއޯއެއް ދައްކާފައިވާ ކަމަށް ދަ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން އެ ވީޑިއޯއިން ދައްކާފައިވަނީ ހަމަލާދޭ ދެ ޑްރޯނު ޣައްޒާގައިވާ އިމާރާތަކަށް ބޮންއަޅާ މަންޒަރުކަމަށްވެސް ބުނެފައިވެއެވެ.

އިޒްރޭލުގެ ދިފާޢީ ބާރާ، ތެލްއަވީވް ޔުނިވަރސިޓީއާ ގުޅިގެން ކުރިއަށް ގެންދިޔަ މި އިވެންޓުގައި 2,000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި އުޒްބެކިސްތާނާއި، ސިންގަޕޫރާއި، އިންޑިއާ ފަދަ އޭޝިއާގެ ޤައުމުތަކާ، އިޒްރޭލާ ގުޅުން ކަނޑާލާކަމަށް ބުނެ، އޭގެ ދަޅަދައްކާފައިވާ ބައެއް ޔޫރަޕިއަން ޤައުމުތައްވެސް ހިމެނެއެވެ.

އެހެންކަމުން، ޣައްޒާގެ ޤަތުލުޢާއްމާ، ގުޅިގެން އެ ގައުމުތަކުން އިޒްރޭލަށް ފާޑުކިޔަމުން ދިޔަ ފާޑުކިޔުންތަކަކީ ހަމައެކަނި ބޭރުފުށުން ދައްކަމުންދިޔަ ދަޅައެއްކަން މިވަނީ ހާމަވެގެންގޮއްސައެވެ.

އެގޮތުން، ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ އޮފިޝަލުންނަށް ލަންޑަންގައި ބޭއްވުނު ހަތިޔާރުގެ މައުރަޒަކަށް ވަނުން މަނާކުރީ ކަމަށް އިނގިރޭސި ސަރުކާރުން އިއުލާން ކުރިއިރު، އިނގިރޭސި އެމްބަސީގެ އޮފިޝަލުން ވަނީ އިޒްރޭލުގެ މި އިވެންޓަށް ޒިޔާރަތްކޮށް، ޣައްޒާއާއި ލުބްނާނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ބޭނުންކުރެވުނު އިޒްރޭލުގެ ހަތިޔާރުތަކާ އަސްކަރީ ޓެކްނޮލޮޖީތައް ބަލާފައެވެ. އިނގިރޭސިވިލާތުގެ އިޒްރޭލުގައި ހުންނަ އެމްބަސީން ވަނީ އެމްބަސީގެ އޮފިޝަލުން މި އިވެންޓުގައި ބައިވެރިވިކަން ދަ ވޯލް ސްޓްރީޓް ޖާނަލްއަށް ކަށަވަރުކޮށްދީފައެވެ. 

ހަމަ އެހެންމެ، ޣައްޒާޤަތުލް އާއްމާ ގުޅުވައި، ނޯވޭގެ ދުނިޔޭގެ އެންމެ ބޮޑު ސާވަރިން ވެލްތު ފަންޑުން، އެމެރިކާގެ ކޮންސްޓްރަކްޝަން ކުންފުނި ކެޓަރޕިލާ އާއި އިޒްރޭލުގެ ފަސް ބޭންކަކުން އެ ފަންޑުގެ ހިއްސާ ވަކިކުރި ނަމަވެސް، ދަ ވޯލް ސްޓްރީޓް ޖާނަލްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ނޯވޭގެ އޮފިޝަލުންވެސް ވަނީ އިޒުރޭލުގެ މި ހަތިޔާރު މައުރަޒުގައި ބައިވެރިވެފައެވެ.

މީގެ އިތުރުންވެސް ދުނިޔޭގެ ގިނަ ގައުމުތަކަކުން އިޒްރޭލުގެ އަސްކަރީ ހަތިޔާރަށް ވަނީ ބޮޑު ޝައުގުވެރިކަމެއް ދައްކާފައެވެ. އެގޮތުން އިޒްރޭލުގެ ދިފާޢީ ވުޒާރާގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު އިޒްރޭލުގެ ހަތިޔާރު އެކްސްޕޯޓް ވަނީ 14.7 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ މިހާތަނަށް ދުނިޔޭގެ ރެކޯޑެއްކަމަށްވާއިރު، ޢަރަބި ޤައުމުތަކާއެކު އިޒްރޭލުން ހެދި ބައެއް އެއްބަސްވުންތަކުގެ ސަބަބުން އެމީހުންގެ ހަތިޔާރު ވިއްކުމުގެ ވިޔަފާރިއަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

އިޒްރޭލުން މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން 57 އިންސައްތައަކީ ކޮންމެ އެއްބަސްވުމެއްގެ އަގު 100 މިލިއަން ޑޮލަރަށްވުރެ މަތީގެ "މެގާ-ޑީލްސް" ތަކެއްކަމަށް ވާއިރު، ޖޫން މަހު ނެރެފައިވާ ބަޔާނެއްގައި އިޒްރޭލު ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ޣައްޒާ ހިންގި ޤަތުލުޢާއްމު ތަކުގައި އެމީހުން ހޯދި "އޮޕަރޭޝަނަލް ކާމިޔާބީތަކުގެ" ސަބަބުން މި ހަތިޔާރުތަކަށް އޮތް ޑިމާންޑު އިތުރުވެފައިވާ ކަމަށެވެ.

އިޒްރޭލާ ގުޅުން ގާއިމުކުރި ޢަރަބި ޤައުމުތަކަށް ހަތިޔާރު ވިއްކާފައިވާ އިންސައްތަވެސް އެއް އަހަރުތެރޭގައި 3 އިންސައްތައިން 12 އިންސައްތައަށް ވަނީ އިތުރުވެފައެވެ. ނަމަވެސް، އެންމެ ގިނަ ހަތިޔާރު ގަނެފައިވަނީ ޔޫރަޕެވެ. އެގޮތުން މިދިޔަ އަހަރުގެ ހަތިޔާރު އެކްސްޕޯޓްގެ 54 އިންސައްތައަކީ ޔޫރަޕަށް ވިއްކުނު ތަކެއްޗެވެ.

އިޒްރޭލުން އެމީހުންގެ ހަތިޔާރުތައް ޓެސްޓު ކުރާ ”ލެބްރެޓްސް“ ތަކެއްގެ ގޮތުގައި ޣައްޒާގެ މުސްލިމުންނާ މެދު ކަންކަން ކުރާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި އިޒްރޭލުން ހިންގަންފެށި ޤަތުލުޢާއްމުގައި މިހާތަނަށް 70,100 އަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.