ޣައްޒާ... ފޮޓޯ: ރޮއިޓާސް
ހަބަރު
23 Sep 2026 | 20:41
ސުލްޙައިގެ ބޯޑުން ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް އިޢުލާނުކުރަނީ

އިސްރާއީލުގެ އިސްތިއުމާރީ ހަމަލާތަކުގައި ބޮޑެތި ގެއްލުންތައް ލިބިފައިވާ ޣައްޒާ އަލުން ބިނާކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް އެކުލަވާލައި ހާމަކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދި ސުލްޙައިގެ ބޯޑުން ނިންމައިފިއެވެ.

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ. ޖުމްލަ 66 މަޝްރޫޢެއް ހިމެނޭ މި ހުށަހެޅުމުގައި ޣައްޒާގެ ރައްޔިތުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމާއި ހަނގުރާމައިގެ ތެރޭގައި ޖަމާވެފައިވާ ކުނިބުނި ނެގުމާއި ހަލާކުވެފައިވާ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތައް މަރާމާތުކުރުން ހިމެނެއެވެ.

އެ ޕްލޭނުގައި ޣައްޒާގެ އިޤްތިޞާދު ކޮޅަށް ޖެހުމަށާއި ބައިނަލްއަޤުވާމީ ޞުލްޙަ ބަލަހައްޓާ ފައުޖެއް ޤާއިމުކުރުމަށް ހިނގާނެ ޚަރަދުތައް ވެސް ހިމަނާފައިވެއެވެ.

ހަމައެހެންމެ ސަރަޙައްދީ ރޮނގު ހުރަސްކުރާ މައި މަގުތައް ހެދުމާއި ކެނޑިފައި އޮތް ފެނާއި ކަރަންޓުގެ ޚިދުމަތް އިޢާދަކުރުމާއި 25000 ސޯލާ ޕަވާ ކިޓު ބެހުމާއި އާރާސްތުކުރާ ސަރަޙައްދުތަކުގެ ބިމު އަޑީގައި ހުރި ޓަނަލްތައް ދާއިމީކޮށް ބެއްދުން ވެސް ރާވާފައިވެއެވެ. މި ޕްލޭނާ ގުޅޭ ރަސްމީ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް ވައިޓް ހައުސް އާއި ޚާރިޖީ ވުޒާރާއިން ވަނީ މަޢުލޫމާތު ދިނުމަށް އިންކާރުކޮށްފައެވެ.

އިސްތިއުމާރީ އިސްރާއީލުގެ ހަމަލާތަކުން ޣައްޒާއަށް ލިބުނު މާއްދީ ގެއްލުން އެކަނި ވެސް 35.2 ބިލިއަން ޑޮލަރަށް އަރައެވެ.

ކުރިއަށް އޮތް ދިހަ އަހަރު ތެރޭ ޣައްޒާ އެއްކޮށް އާރާސްތުކޮށް ޢާންމު ޙާލަތަށް ގެނައުމަށް 71.4 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ޖުލައި މަހުގެ ފަހުކޮޅު ސުލްޙައިގެ އެއްބަސްވުމެއް ޓްރަމްޕް އިޢުލާނުކުރި ނަމަވެސް، އިސްރާއީލާއި ޙަމާސް ޖަމާޢަތާ ދެމެދު ޝަރުޠުތަކާ މެދު އެއްބަސްވުމަކަށް ނާދެވި އެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެހެން ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ ޣައްޒާގެ ޞުލްޙަ ބަލަހައްޓާ ފައުޖަށް 206 މިލިއަނަށް ވުރެ ގިނަ ޑޮލަރު ފޮނުވަމުންދާ ކަމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް އަންގާފައެވެ.

މުޅި ޕްލޭނަށް ބޭނުންވާ 2.45 ބިލިއަން ޑޮލަރު ސުލްޙައިގެ ބޯޑަށާއި ފަލަޞްޠީނުގެ ސަރުކާރަށް އަދި އެއްކޮށް ލިބިފައި ނުވި ނަމަވެސް ސިޔާސީ ހުރަސްތައް ނައްތައިލެވިއްޖެ ނަމަ ބައިނަލްއަޤުވާމީ ފަރާތްތަކާއި އެހީދޭ ޤައުމުތަކުން އެ ފައިސާ ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ