ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ؛ ފޮޓޯ / އެމްއެމްޔޫ
ހަބަރު
24 Sep 2026 | 19:23
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ: އޮޑިޓް

ސަރުކާރުން ޚަރަދުކޮށްގެން 2019 އާއި 2022 އާ ދެމެދު ފުރަތަމަ ޑިގްރީ ސްކީމަށް ވަތް ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރީ 50 އިންސައްތަ ކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓަކުން ހާމަވެއްޖެއެވެ.

އެ ރިޕޯޓުގައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން ކުރިއަށް ގެންދިޔަގޮތް ވަރަށް ރަނގަޅަށް ބަޔާންކޮށްދީފައެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11،641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންކަމަށް ވަނީ ފާހަގަކޮށްފައެވެ.

ބާކީ ތިބި ދަރިވަރުންނަށް ބަލާ އިރު 18 އިންސައްތަ ދަރިވަރުން މިހާރު ވެސް ކިޔެވުން ކުރިއަށް ގެންދެއެވެ. އެ ސްކީމުގެ ތެރެއިން 790 ދަރިވަރުން ކޯސް ފުރިހަމަ ނުކޮށް ވަކިވެފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން 2779 ދަރިވަރެއްގެ މަޢުލޫމާތު ލިބެން ނެތުމުން އެ ދަރިވަރުން ޕްރޮގްރާމް ނިންމިތޯ ނުވަތަ ނޫންތޯ ކަށަވަރު ނުވާ ކަމަށް ވެސް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ސްކީމުގެ ދަށުން ދޫކުރަން ޖެހޭ ހުރިހާ ފައިސާއެއް ހަމައަށް ދެއްކުމުން ދަރިވަރު ކޯސް ނިންމާނެ ކަމަށް ބެލެވުނު ނަމަވެސް ވުޒާރާއިން ފައިސާ ދޫކުރަނީ ކުރިއަށް އޮންނަ ހަ މަހަށް ނުވަތަ ސެމިސްޓާއަކަށް އެޑްވާންސް އުސޫލުން ކަމަށް ވާތީ ފައިސާ ލިބުނު ކޮންމެ ދަރިވަރަކީ ކޯސް ފުރިހަމަކުރި ދަރިވަރެއް ކަމުގައި ނުވެދާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ކޯސް ފުރިހަމަކުރި ދަރިވަރުންނާއި ނުކުރާ ދަރިވަރުންގެ ފުރިހަމަ ތަފާސްހިސާބު ދެނެގަނެވެން ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.