ދިވެހިރާއްޖެއާ ޗައިނާގެ އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާ އެ ގުޅުމުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ހާއްސަކޮށް ދެ ގައުމުގެ މެދުގައި ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ފަހިވަމުންދާ ފުރުސަތުތައް ރައީސް ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ ޗައިނާ އެފްޓީއޭގެ ސަބަބުން އިތުރު ފުރުސަތުތައް ދާނީ ފަހިވަމުން ކަމަށެވެ.
ޗައިނާގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާ
ރާއްޖެއާ ޗައިނާ އޮތީ މާކަނޑުގެ ހުރަހުން ކިތަންމެ ދުރުގައި ނަމަވެސް ދެ ގައުމުގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ އެ ގުޅުން ކުރިއަށް އޮތްތާ އިތުރަށް ބަދަހިވެގެން ދިއުން ކަމުގައި ވިދާޅުވި އެވެ.
ޗައިނާއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅާއެކު ދެ ގުޅުމުގެ އެކުވެރިކަމުގެ އައު ބާބެއް ފެށުނު ކަމުގައި ވެސް ވިދާޅުވި އެވެ. ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑު އެހީތެރިކަމެެއް ދޭ ގައުމެއްކަން ފާހަގަކުރައްވާ އެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists