ޓްރަމްޕާއި އުރުދުޣާން
ދުނިޔެ
18 Aug 2026 | 08:41
އީރާނާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އުރުދުޣާން ޓްރަމްޕަށް ގޮވާލައްވައިފި

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި، އީރާނާ އެކު ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައްވައިފިއެވެ.

އަދި ސަރަޙައްދީ ޞުލްޙައަށް ކުރެވޭ މަސައްކަތްތަކަށް އަންކާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ވެސް ވަނީ ދެއްވާފައެވެ.

ތުރުކީގެ ރިޔާސީ ގަނޑުވަރުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެ ޤައުމުގެ ވެރިން ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގައި، ޑިޕްލޮމެސީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެރްދޮގާން ވިދާޅުވި ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ސުލްހައިގެ މަސައްކަތްތަކަށް ތުރުކީން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް އުރުދުޣާން ފާހަގަކުރެއްވިއެވެ.

ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު ސިފައިންގެ ބާރު އޮންނަ އަދި އީރާނާ ބޯޑަރު ހިއްސާކުރާ ތުރުކީން ދަނީ ހަނގުރާމަ ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ. ތުރުކީން އަންނަނީ އެމެރިކާއާއި އީރާނުގެ އިތުރުން މެދުވެރިންގެ ދައުރު އަދާކުރާ ޕާކިސްތާނާއި ޤަޠަރާ ގާތް ގުޅުމެއް ބާއްވަމުންނެވެ.

މި ފޯނު ކޯލު ކުރައްވާފައި މިވަނީ، ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ކުރެވޭ މަސައްކަތްތައް ހުއްޓި، ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ވޮޝިންޓަނުން ދެކޮޅު ހެދުމާ ގުޅިގެން، އީރާނުގެ އަސްކަރިއްޔާ "ހަމަލާގެ" ހާލަތަކަށް ބަދަލުވާނެ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް މަޢުލޫމާތު ދެއްވާފައި ވަނިކޮށެވެ. މީގެއިތުރުން، ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ ޓޭންކަރުތައް ދަތުރުފަތުރު ކުރުން އަލުން ފެށުމަށް ކުރެވޭ މަސައްކަތްތަކަށްވެސް ވަނީ ހުރަސްއެޅިފައެވެ.

ތުރުކީން ވަނީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތައް ކުށްވެރިކޮށްފައެވެ. އަދި ހަމައެއާއެކު، ގަލްފުގެ ޤައުމުތަކަށް އީރާނުން ދޭ ހަމަލާތައް ކުށްވެރިކޮށް، މުހިންމު މި ކަނޑުއޮޅި އަލުން ހުޅުވާލުމަށް ވަނީ ގޮވާލާފައެވެ. ހޯމަ ދުވަހު ތުރުކީގެ ޚާރިޖީ ވަޒީރު ވަނީ މި ކަނޑުއޮޅި ހުޅުވުމާއި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރާ މަޝްވަރާ ކުރައްވާފައެވެ.

ތުރުކީގެ ބަޔާނުގައި ވާގޮތުން، އުރުދުޣާންގެ މި ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުމާއި، ޣައްޒާގެ ޤަތުލްއާއްމާއި، ތުރުކީ، ސައޫދީ ޢަރަބިއްޔާ އަދި ޕާކިސްތާނާ ދެމެދު ސޮއިކުރެވުނު ދިފާޢީ އެއްބަސްވުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ. މި ދިފާޢީ އެއްބަސްވުމަކީ ސަރަޙައްދީ ހަމަޖެހުމާއި ސަލާމަތަށް އެޅުނު "ވަރުގަދަ ފިޔަވަޅެއް" ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

މީގެއިތުރުން، ޓްރަމްޕްގެ ޣައްޒާ ޞުލްޙައިގެ ޕްލޭންގެ ދެވަނަ މަރުހަލާ ތަންފީޒުވާން އޮތް ދަނޑިވަޅެއްގައި، އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ ޙަމަލާތައް އިތުރުކޮށްފައިވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

މި ފޯނު ކޯލާ ގުޅޭގޮތުން ވައިޓް ހައުސްއިން ވަގުތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.